ކ. މާލެ
|
22 މެއި 2020 | ހުކުރު 23:50
ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ)ގެ ތަރުޖަމާން މަބްރޫކް އަޒީޒް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ
ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ)ގެ ތަރުޖަމާން މަބްރޫކް އަޒީޒް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ
އެންއީއޯސީ
އޭޑީކޭގައި ޓެސްޓް ހަދަން ފެށުން
އޭޑީކޭއިން ޓެސްޓުތައް ހަދާނީ އާސަންދައިގެ ތެރެއިން އަގު ދީގެން: މަބްރޫކް
 
އޭޑީކޭއިން ދުވާލަކަށް 500 ޓެސްޓު ހެދޭނެ
 
އެކަން ކުރާއިރު އޭޑީކޭއަށް އަގެއް ދޭނެ
 
އޭޑީކޭއިން ޓެސްޓްތައް ހަދަން ފަށާނީ އާދީއްތަ ދުވަހު

އޭޑީކޭގައި ކޮވިޑް-19 އަށް ޓެސްޓްކުރެވޭނީ އަގެއް ދީފައި ކަމަށާއި އެކަން ކުރާނީ އާސަންދައިގެ ތެރެއިން ކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

ދަރުބާރުގޭގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާން މަބްރޫކް ވިދާޅުވީ އޭޑީކޭ އިން ޓެސްޓުތައް ހަދަން ފަށާނީ އަންނަ އާދިއްތަ ދުވަހުން ފެށިގެންކަމަށެވެ. އަދި އެކަން ކުރާއިރު އޭޑީކޭއަށް އަގެއް ދޭނެކަމަށާއި، އާސަންދައިގެ ތެރެއިން އެކަން ކުރުމުގެ އިންތިޒާމް ސަރުކާރުން ހަމަޖައްސާފައިވާކަމަށް މަބްރޫކް ވިދާޅުވި އެވެ.

މި ހިދުމަތް ހޯދަން އޭޑީކޭ އަށް ދައްކަންޖެހޭ އަގު ހާމަކުރައްވާނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ. އޭޑީކޭއިން ޓެސްޓުތައް ހެދިނަމަވެސް، ސާމްޕަލްތައް ނަގާނީ އެންއީއޯސީގެ ޓީމުތަކުން ކަމަށް މަބްރޫކް ވިދާޅުވި އެވެ.

އޭޑީކޭއިން ދުވާލަކަށް 500 ޓެސްޓު ހެދޭނެކަމަށް އެންއީއޯސީން ހާމަކޮށްފައިވާއިރު، ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް އޭޑީކޭގައި މިހާރު ބަހައްޓާފައިވާ މެޝިނުން މެދުކެނޑުމެއްނެތި ޓެސްޓުތައް ހެދުމުގެ މަސައްކަތްކުރަމުން ގެންދާނެ ކަމަށް އެޑީކޭގެ ޖެނަރަލް މެނޭޖަރ އަހްމަދު އައްފާލް ވެސް މީގެ ކުރިން ވިދާޅުވެފަ އެވެ.

އެގޮތުން ހޮސްޕިޓަލުގައި ޢާންމު ރައްޔިތުންނަށް ވީހާވެސް ފުޅާދާއިރާއެއްގައި ޚިދުމަތް ދެވޭތޯ މަސައްކަތްކުރަމުންދާ ކަމަށާއި އެގޮތަށް އަންނަ ބަލި މީހުން ވެސް ކޮވިޑް-19 އަށް ޓެސްޓު ކުރެވޭނެ އިންތިޒާމެއް ހަމަޖެހިފައި އޮންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވެފަ އެވެ.

މިވަގުތު އޭޑީކޭގެ އަމާޒަކީ ސަރުކާރަށް ޓެސްޓިން ކެޕޭސިޓީ އިތުރު ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމެވެ. އަދި ކުރިޔަށް އޮތްތަނުގައި އެހެން ގޮތްގޮތުން ވެސް އެހީތެރިކަން ފޯރުކޮށްދެމުން ދާނެކަމަށް އޭޑީކޭއިން ވަނީ ބުނެފަ އެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް