ކ. މާލެ
|
22 މެއި 2020 | ހުކުރު 22:49
ނ. މަނަދޫ މަތިން ނަގާފައިވާ މަންޒަރެއް: ކޮމިއުނިޓީ ސްޕްރެޑެއް ވަނީ ފެނިފައި
ނ. މަނަދޫ މަތިން ނަގާފައިވާ މަންޒަރެއް: ކޮމިއުނިޓީ ސްޕްރެޑެއް ވަނީ ފެނިފައި
މަނަދޫ ކައުންސިލް
ކޮވިޑް-19: ނ. މަނަދޫ ކޮމިއުނިޓީ ސްޕްރެޑް
މަނަދޫން ނެގި ސާމްޕަލްތަކުގެ ނަތީޖާ ނެގެޓިވް!
 
މަނަދޫ މޮނިޓަރިންގެ ހާލަތަށް ލެވުނީ، މެއި މަހުގެ 1 ގައި
 
އެކްޓިވް ސަރވައިލަންސްގެ ގޮތުގައި 30 ސާމްޕަލް ނެގުނު
 
ހުރިހާ ސާމްޕަލް ތަކުގެ ނަތީޖާ ނެގެޓިވް

ނ. މަނަދޫ އިން ނެގި ހުރިހާ ސާމްޕަލްތަކުގެ ނަތީޖާ ނެގެޓިވްކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) އިން ހާމަކޮށްފި އެވެ.

ދަރުބާރުގޭގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ މަނަދޫގައި ފުރަތަމަ ޕޮޒިޓިވް ކޭހާ ގުޅިގެން އެކްޓިވް ސަރވައިލަންސްގެ ގޮތުގައި 30 ސާމްޕަލް، ރީ ސާމްޕަލިންގްއަށް އެއް ސާމްޕަލް އަދި ޑައިރެކްޓް ކޮންޓެކްސްގެ ގޮތުގައި 55 ސާމްޕަލެއް ނެގިފައިވާކަމަށެވެ. އެ ހުރިހާ ސާމްޕަލް އެއްގެ ނަތީޖާ ނެގެޓިވްކަމަށް މަބްރޫކް ވަނީ ވިދާޅުވެފަ އެވެ.

މަނަދޫއިން އިން ވަނީ ޖުމްލަ 9 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. ، އެ މީހުންނަކީ އެ ރަށުން އެންމެ ފުރަތަމަ ޕޮޒިޓިވްވި އަންހެން މީހާއާއި ކޮންޓެކްޓްވި 34 މީހުންގެ ތެރޭގައި ހިމެނޭ މީހުންނެވެ. މަނަދޫ މޮނިޓަރިންގެ ހާލަތަށް ލެވުނީ، މެއި މަހުގެ 1 ވަނަ ދުވަހުގަ އެވެ. ރާއްޖެޓީވީއަށް މީގެކުރިން ދެއްވި އިންޓަވިއުއެއްގައި އެ ރަށު ކައުންސިލްގެ ރައީސް މުހައްމަދު އުމަރު ވަނީ ފަހުން ނެގުނު ހުރިހާ ސާމްޕަލްތަކުގެ ނަތީޖާ ނެގެޓިވްކަމަށް ވިދާޅުވެފަ އެވެ.

އަދި ނަތީޖާ ނެގެޓިވްކަމުގައި ވިޔަސް، އެ ފަރާތްތައް ކަރަންޓީންއިން ދޫކުރެވޭނީ 14 ދުވަސް ހަމަކޮށް ނަގާ ސާމްޕަލްތަކުގެ ނަތީޖާ ނެގެޓިވް ވުމުންކަމަށް އޭނާ ވިދާޅުވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް