ކ. މާލެ
|
22 މެއި 2020 | ހުކުރު 22:45
ކުރު ފިލްމު \"ކުޑަކުޑަ ބާރު\"ގެ ޕޯސްޓަރ
ކުރު ފިލްމު "ކުޑަކުޑަ ބާރު"ގެ ޕޯސްޓަރ
އިންސްޓަގްރާމް
ކުޑަކުޑަ ބާރު
ކުޑަކުޑަ ބާރު: މާނަ ފުން މެސެޖަކާއެކު ސަމާލުކަމަށް
 
ފިލްމު ރިލީޒްކޮށްފައި ވަނީ ހުކުރު ދުވަހު ޔޫޓިއުބް މެދުވެރިކޮށް
 
މި ފިލްމު ލިޔެ އެޑިޓްކޮށް ޑައިރެކްޓްކޮށްފައި ވަނީ އަޒްމީލް
 
ފިލްމު ހަދާފައިވަނީ ބޮލީވުޑް އިން ކޮވިޑް 19 އާއި ގުޅިގެން ނެރުނު ކުރު ފިލްމު "ފެމިލީ" އިން އިންސްޕަޔާ ވެގެން

ކޮވިޑް 19 އާއި ގުޅިގެން ރައްޔިތުންގެ ހޭލުންތެރިކުރުމަށް ދިވެހި ފިލްމީ ފަންނާނުން "ކުޑަ ކުޑަ ބާރު"ގެ ނަމުގައި ކުރު ފިލްމެއް ރިލީޒްކޮށްފި އެވެ.

ފިލްމީ ތަރި އަޒްމީލްގެ އިސްނެގުމާއި އެކު ތަފާތު އެތަކެއް މެސެޖްތަކެއް ދެވިގެންދާ މި ކުރު ފިލިމް ރިލީޒްކޮށްފައި ވަނީ ހުކުރު ދުވަހު ޔޫޓިބް މެދުވެރިކޮށެވެ. މުޅި މާލެ ލޮކްޑައުންއަކަށް ގޮސްފާވައިވާ މި ދަނޑިވަޅުގައި، ފިލްމީ ފަންނާނުން ކުރަމުންދިޔަ މަސައްކަތްތައް ވަނީ ހުއްޓިފައި ވަނިކޮށް ނެރުނު މި ފިލްމުން ފިލްމީ ދާއިރާގެ ގިނަ ފަންނާނުން ފެނިގެންދެވެ.

މި ކުރު ފިލްމުގައި، ކުރީގެ މަޝްހޫރު އެކްޓަރު ރީކޯ މޫސާ މަނިކް، ޖުމައިޙް، ސައީދު، ނިއުމާ، އާރިފާ، އަޒޫ، ޝަރާ، ރިޝްމީ، އައިންތު، އަފީފާ، ހަސަން މަނިކް، ރަވީ، އަޒޭ ފެނިގެންދެވެ. މި ފިލްމު ލިޔެ އެޑިޓްކޮށް ޑައިރެކްޓްކޮށްފައި ވަނީ އަޒްމީލްއެވެ.

ފިލްމުން ފެނިގެންދަނީ ކޮވިޑް 19 އާއި ގުޅިގެން މާލެ ލޮކްޑައުންއަކަށް ގޮސްފައިވާ ވަނިކޮށް، އެއްޗެއް ގަންނަން އެޕާޓުމެންޓެއްގައި އުޅޭ މީހަކު ބޭރަށް ދިއުމާއި ގުޅިގެން އެނާ ލަސްވެގެން ކަންތައް ވާ ގޮތެވެ. އަދި ބޭރަށް ދިޔަ މީހާ ލަސްވުމުން އެ ގޭގެ އެހެން އެޕާޓުމެންޓުތަކުގައި އުޅޭ މީހުންނާއި ގާތް ރައްޓެހިންނާއި އަވަށްޓެރިން ކައިރީ އޭނާގެ ޙަބަރެއް ވިތޯ ސުވާލުކުރުމުން، ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއި ރައްޔިތުންގެ ސަލާމަތްތެރިކަމާއި ގުޅޭ ގޮތުން ތަފާތު މެސެޖްތަށް ދެމުންދާތަނެވެ.

މި ފިލްމު ޝޫޓް ކޮށްފައި ވަނީ، އެ ފަންނާނެން ދިރިއުޅޭ އެޕާޓްމެންޓުގައި އެވެ.

ކޮވިޑް 19 އާއި ގުޅިގެން އިންޑިއާ ވެސް ލޮކްޑައުންއަކަށް ގޮސްފައިވާއިރު، އެގަމުގެ ބޮލީވުޑްގެ ފަންނާނުންވެސް ދަނީ ތަފާތު ކުރު ފިލްމުތަކާއި އަދި ވީޑިއޯތަށް ހަދަމުނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ދިވެހި ފަންނާނުން ވެސް މި ކުރުފިލްމް ހަދާފައިވަނީ ބޮލީވުޑްގެ ފަންނާނުން ހަދާފައިވާ ކުރު ފިލްމު "ފެމިލީ" އިން އިންސްޕަޔަރ ވެގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
100%
0%
0%
0%
0%
0%
ކޮމެންޓް