އާދީއްތަ 09 އޯގަސްޓު 2020
12 އަހުލިހަ
1441 ޒުލްޙައްޖު 19
ފަތިސް 04:47
އިރުއަރާ 06:02
މެންދުރު 12:15
އަސްރު 15:32
އިރުއޮއްސޭ 18:22
އިޝާ 19:36
ފިތުރު ޒަކާތް ބެހުން

ފިތުރު ޒަކާތް ބަހަމުން ގެންދަނީ މި ހާލަތަށް ރިޢާޔަތްކޮށެއް ނޫން: އިސްލާމިކް މިނިސްޓަރ

  • ޒަކާރުގެ ގޮތުގައި 6 މިލިއަނެއްހާ ރުފިޔާ ލިބިފައިވޭ
  • އީދު ނަމާދުގެ ކުރިން އެއްކޮށް ބަހާ ނިންމާނެ

ކ. މާލެ | 23 މެއި 2020 | ހޮނިހިރު 01:19 | 3,075

ފާިތުވި އަހަރެއްގައި ޒަކާތް ބެހުން ކުރިއަށް ދަނީ - ޝުއައިބް މުހައްމަދު އިގްބާލް

ފިތުރު ޒަކާތް ބެހުމަށްޓަކައި ފަޤީރުންގެ ލިސްޓު ތައްޔާރު ކޮށްފައިވާނީ ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަށް ދިމާވެފައިވާ ޙާލަތަށް ރިޢާޔަތްކޮށް ނޫން ކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ. އަޙްމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެ ޓީވީން ގެނެސްދިން ޚާއްޞަ ކަވަރޭޖަށް މަޢުލޫމާތު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ފިޠުރު ޒަކާތް ބަހަމުން ގެންދަނީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ތައްޔާރު ކޮށްފައިވާ ލިސްޓަކަށް ރިޢާޔަތްކޮށް ކަމަށެވެ.

އެއީ ރާއްޖޭގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ހުރިހާ ރަށަކުން އެ ބޭފުޅުން ދޭ މަޢުލޫމާތު ވެރިފައި ކޮށްގެން ހަދާފައިވާ ރަނގަޅު ލިސްޓެއް އެއީ. އެ އަހަރު ދެ ފަހަރަކަށް ހުޅުވާލައިގެން އަޅުގަނޑުމެން އެކަން ކުރިން

~ މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް/ ޑރ. އަޙްމަދު ޒާހިރު

ކޮވިޑް-19 އާ ގުޅިގެން ދިމާވެފައިވާ މި ޙާލަތަށް ރިޢާޔަތްކޮށް ޙާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުން ދަނީ ސަރުކާރުގެ އެހެނިހެން މުއައްސަސާ ތަކާއި ގުޅިގެން ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ މި އަހަރުގެ ފިޠުރު ޒަކާތް ދެއްކުމުގެ އިންތިޒާމުތައް ހަމަޖައްސާފައި ވާނީ ބޭންކުތައް މެދުވެރިކޮށާއި، ދިރާގާއި، އުރީދޫ މެދުވެރިކޮށް އެސްއެމްއެސްގެ ޒަރީއާއިން ކަމަށެވެ. މާލޭ ޞަރަޙައްދުގައި ފަޤީރުންގެ ގޮތުގައި ނަން ނޯޓުކޮށްފައިވާ ފަރާތްތަކުގެ އެކައުންޓްތައް ވެރިފައިކޮށް އެ އެކައުންޓްތަކަށް ފައިސާ ޖަމާކޮށް ދީފައިވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

އަދި އެކައުންޓްތައް ވެރިފައި ނުވާ ފަރާތްތަކުގެ ފައިސާ ޙަވާލު ކުރުންވެސް ހުކުރު ދުވަހުގެ ރެއާއި ހަމައަށް ބޮޑުބައެއް ނިންމާލެވި ފައިވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

އަތޮޅު ތެރޭގައި ތިބި ޒަކާތް ޙައްޤުވާ ފަރާތްތަކުގެ ބޭންކް އެކަންއުންޓްތައް ހޯދާ އެ ފައިސާ ރައްދު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ މި އަހަރުގެ ފިޠުރު ޒަކާތުގެ ގޮތުގައި 6 މިލިއަނެއްހާ ރުފިޔާ ލިބިފައިވާ ކަމަށާއި އެފައިސާ ޙައްޤުވާ ފަރާތްތަކަށް ޢީދު ނަމާދުގެ ކުރިން އެއްކޮށް ބަހާ ނިންމާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.