ކ. މާލެ
|
23 މެއި 2020 | ހޮނިހިރު 05:27
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، އަދި ޓްރާންސްޕޯޓު މިނިސްޓަރ އައިޝަތު ނަހުލާ، މަޖިލީހުގެ ޖަލްސާއެއްގައި
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، އަދި ޓްރާންސްޕޯޓު މިނިސްޓަރ އައިޝަތު ނަހުލާ، މަޖިލީހުގެ ޖަލްސާއެއްގައި
މަޖިލިސް
ބަނދަރު މައްސަލަ: މިނިސްޓަރާއި ސުވާލުކުރުން
ބަނދަރުތަކުގެ މައްސަލައިގައި މިނިސްޓަރ ނަހުލާ ކޮމެޓީއަށް ހާޒިރު ކުރުމަށް ޖާބިރު ހުށަހަޅުއްވައިފި
 
މަސްދޯނި ފަހަރުގައި ބިދޭސީން މަސައްކަތް ކުރުން މަނާކުރެވިފައިވާއިރު މިކަންވެސް ބޮޑުކޮށް ކުރަމުންދާކަން ފާހަަގަވެފައިވާކަމަށް
 
ރަށްރަށަށް އަރާ ފޭބުމުގެ ދަތިކަން ނައްތާލުމަކީ ރައީސް ސޯލިހުގެ ސަރުކާރުގެ އެއްމެ މުހިންމު އެއް ވައުދުކަން ފާހަގަކުރެއްވި

މަގާމުގެ ޒިންމާ އަދާ ނުކުރެވޭ ކަމަށް ވިދާޅުވެ، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ ސަރުކާރުގެ މައްސޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ހާޒިރު ކުރުމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހަޅުއްވައިފި އެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގެ މުޤައްރިރު މުޙައްމަދު ފަލާޙް އަށް އެޑްރެސް ކުރައްވާ މެމްބަރު ޖާބިރު ފޮނުއްވި ސިޓީގައި ވަނީ ރާއްޖޭގެ ރަށްރަށަށް އަރާ ފޭބުމުގެ ދަތިކަން ނައްތާލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އެއްމެ މުހިންމު އެއް ވައުދު ކަމަށެވެ. އެހެންނަމަވެސް، ރައްރަށުގައި މިހާރު ހެދިފައިވާ ބަނދަރުތައް ބޭނުންކުރުމުގައި އެއްވެސް ހަމައެއް ލަމައެއް ނެތްކަން މެމްބަރަށް ތަޖުރިބާކުރެވިފައިވާ ކަމަށް ސިޓީގައި ވެއެވެ.

މީގެ އިތުރުން މަސްދޯނި ފަހަރުގައި ބިދޭސީން މަސައްކަތް ކުރުން މަނާކުރެވިފައިވާއިރު މިކަންވެސް ބޮޑުކޮށް ކުރަމުންދާކަން ފާހަަގަވެފައިވާ ކަމަށް މެމްބަރުގެ ސިޓީގައި ވެއެވެ.

މެމްބަރުގެ ސިޓީގައި ވިދާޅުވީ މިހެން މިކަންކަން ދިމާ ވަނީ ރަށްރަށުގެ ބަނދަރުތައް ބޭނުންކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީއިން ހަދަންޖެހޭ ޤަވާއިދާއި އުސޫލްތައް ފުރިހަމަ ނުވުމުންކަމަށެވެ. އެހެން ކަމުން، މެމްބަރު ވަނީ މިކަން މިގޮތަށް ދިމާވާ ސަބަބު ބެލުމަށް މިނިސްޓަރ ނަހުލާއާއި ސުވާލުކުރުމަށް ކޮމެޓީއަށް ހާޒިރުކުރެއްވުމަށް ހުށަހަޅުއްވާފަ އެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް