ހޮނިހިރު 06 ޖޫން 2020
04 މިއަހެލި
1441 ޝައްވާލް 14
ފަތިސް 04:34
އިރުއަރާ 05:52
މެންދުރު 12:08
އަސްރު 15:32
އިރުއޮއްސޭ 18:17
އިޝާ 19:35
ޑީނަމޯ ޑްރެސްޑެންގެ ކުޅުންތެރިން ޕޮޒިޓިވްވުން

ޑީނަމޯ ޑްރެސްޑެންގެ އިތުރު ދެ މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެއްޖެ

  • އެ ކްލަބުގެ ސްކޮޑު އެއްކޮށް މީގެ ކުރިން ވަނީ އައިސޮލޭޝަނަށް ބަދަލުކޮށްފައި
  • ޖަރުމަންގެ ދެވަނަ ޑިވިޝަނުގެ ކުޅުން މިދިޔަ ހޮނިހިރު ދުވަހު ވަނީ ފަށާފައި

ކ. މާލެ | 22 މެއި 2020 | ހުކުރު 20:42 | 1,624

ޑީނަމޯ ޑްރެސްޑެންގެ ކުޅުންތެރިން: މުޅި ސްކޮޑު މީގެ ކުރިން ވަނީ އައިސޮލޭޝަނަށް ބަދަލުކޮށްފައި - ގެޓީ އިމޭޖާސް

ޖަރުމަންގެ ދެވަނަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ޑީނަމޯ ޑްރެސްޑެންގެ އިތުރު ދެ މީހަކު ކޮރޯނާވައިރަސް (ކޮވިޑް-19) ށް ޕޮޒިޓިވް ވެއްޖެ އެވެ.

މީގެ ކުރިން އެ ކްލަބުގެ ދެ ކުޅުންތެރިއަކު ކޮވިޑް-19 ށް ޕޮޒިޓިވްވުމާ ގުޅިގެން މިމަހުގެ ނުވަވަނަ ދުވަހު އެ ކްލަބުގެ ސްކޮޑު އެއްކޮށް ވަނީ އައިސޮލޭޝަނަށް ބަދަލުކޮށްފައެވެ. އައިސޮލޭޝަނަށް ބަދަލުކުރި ފަހުން އެ ކްލަބުގެ އިތުރު ކުޅުންތެރިއަކާއި އޮފިޝަލަކު ވަނީ ކޮވިޑް-19 ށް ޕޮޒިޓިވް ވެފައެވެ.

އެ ކްލަބުން ބުނީ ފަހުން ވައިރަހަށް ޕޮޒިޓިވްވި މީހުންގެ ކަންކަން މިހާރު ބަލަމުންދާ ކަމަށާއި، ވައިރަހަށް ނެގެޓިވްވި ކުޅުންތެރިންނާއެކު އަންނަ ހޮނިހިރު ދުވަހު ފަރިތަކުރުންތައް ފަށާނެ ކަމަށެވެ.

މިމަހުގެ ނުވަވަނަ ދުވަހު ޑީނަމޯ ޑްރެސްޑެންގެ ސްކޮޑު އެއްކޮށް އައިސޮލޭޝަނަށް ބަދަލުކުރިއިރު، މިދިޔަ ހޮނިހިރު ދުވަހު ޖަރުމަންގައި ވަނީ ފުޓްބޯޅަ ހަރަކާތްތައް ފަށާފައެވެ. އެގޮތުން ހޮނިހިރު ދުވަހު ދެވަނަ ޑިވިޝަންގެ ކުޅުންވެސް ފަށާފައިވާއިރު، ޑީނަމޯ ޑްރެސްޑެން ކުޅެން ހުރި މެޗުތައް ވަނީ ފަސްކޮށްފައެވެ.

ޖަރުމަންގައި ފުޓްބޯޅަ ހަރަކާތްތައް އަލުން ފެށުމުގެ ކުރިން ދެ ޑިވިޝަނުގެ ހުރިހާ ކުޅުންތެރިން ވަނީ ކޮވިޑް-19 ށް ޓެސްޓު ކޮށްފައެވެ. އަދި އަލުން މެޗުތައް ފެށީ ޓީމުތަކުން އަމަލުކުރަންޖެހޭ އުސޫލުތަކެއް ކަނޑައެޅުމަށް ފަހު އެވެ. އެ ގޮތުން މެޗު ފެށުމުގެ ކުރިން ސަލާން ކުރުން މަނާ ކޮށްފައިވާއިރު، ބެންޗުގައި ތިބޭ ކުޅުންތެރިންގެ ދެމެދުގައި ވެސް އެކަށީގެންވާ ދުރުމިނެއް ބަހައްޓަން ވަނީ އަންގާފައެވެ. އަދި މެޗު ކުޅޭ ބޯޅަތައް ޑިސްއިންފެކްޓް ކުރުމުގެ އިތުރުން، ލަނޑު ޖެހުމަށްފަހު ކުޅުންތެރިން ގައިގޯޅިވެ އުފާފާޅު ނުކުރަން ވަނީ ލަފާ ދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން | ރިވިއު ކުރީ: ހުސައިން ފަރިޔާޒް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.