ކ. މާލެ
|
22 މެއި 2020 | ހުކުރު 19:58
ދާދި ފަހުން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން ޔުވެންޓަސްގެ ފޯވާޑް ޕައުލޯ ޑިބާލާ
ދާދި ފަހުން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން ޔުވެންޓަސްގެ ފޯވާޑް ޕައުލޯ ޑިބާލާ
ގެޓީ އިމޭޖަސް
ޔުވެންޓަސްގެ ކުޅުންތެރިން ޓެސްޓުކުރުން
ޔުވެންޓަސްގެ ހުރިހާ ކުޅުންތެރިން ކޮރޯނާވައިރަހަށް ނެގެޓިވް
 
އޮގަސްޓް 20 ގެ ކުރިން އިޓާލިއަން ލީގު ނިންމަން ވަނީ ހިފާފައި
 
ޔުވެންޓަސްގެ ކުޅުންތެރިން ވަނީ އެކުގައި ތަމްރީނުތައް ފަށާފައި

ކޮރޯނާވައިރަސް (ކޮވިޑް-19) ށް ޔުވެންޓަސްގެ ހުރިހާ ކުޅުންތެރިން ނެގެޓިވް ވެފައިވާ ކަމަށް އެ ކްލަބުން ބުނެފި އެވެ.

މީގެ ކުރިން ޖޫން މަހުގެ 13 ވަނަ ދުވަހު އިޓާލިއަން ލީގު އަލުން ފަށަން ކްލަބުތަކުން ރުހުން ދިން ނަމަވެސް، ޖޫން މަހުގެ 14 ވަނަ ދުވަހުގެ ކުރިން ލީގު އަލުން ނުފެށޭނެ ކަން ވަނީ ޔަގީންވެފައެވެ. އިޓާލިއަން ލީގު އަލުން ފެށުމާމެދު ސަރުކާރުން ވަކި ގޮތެއް ކަނޑައަޅާނީ މިމަހުގެ 28 ވަނަ ދުވަހު އޮންނަ ބައްދަލުވުމުގައި ކަމަށް އިޓަލީގެ ކުޅިވަރާ ބެހޭ ވަޒީރު ވިންޗެންޒޯ ސްޕަޑަފޯރާ މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ލީގު އަލުން ފަށަން ތައްޔާރުވަމުންދާތީ، ޔުވެންޓަސްގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ކޮވިޑް-19 ށް ޓެސްޓު ކޮށްފައެވެ. އެ ކްލަބުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ވައިރަހަށް ޓެސްޓު ކޮށްފައިވާ ކަމަށާއި، ހުރިހާ ޓެސްޓެއްގެ ނަތީޖާ ނެގެޓިވް ވެފައިވާ ކަމަށެވެ. އެއާއެކު ޔުވެންޓަސް އިން ވަނީ ކުޅުންތެރިން އެކުގައި ތަމްރީނުތައް ފަށާފައެވެ.

ޔުވެންޓަސްގެ ފަރިތަކުރުންތަކުގައި އެންމެ ފަހުން ބައިވެރިވި ކުޅުންތެރިއަކީ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އިޓަލީ ފުރަބންދުގެ ހާލަތަށް ދިޔައިރު ރޮނާލްޑޯ، އޭނާގެ މަންމަ ބަލިވުމުން ޕޯޗުގަލަށް ދިޔައިރު، މިމަހުގެ ކުރީކޮޅު ވަނީ އެނބުރި އިޓަލީއަށް ގޮސްފައެވެ. އޭނާ ފަރިތަކުރުންތަކަށް ނުކުތީ 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ހަމަކުރުމަށްފަހު ކޮވިޑް-19 ށް ނެގެޓިވް ވުމުންނެވެ.

މީގެ ކުރިން މާޗު މަހުގެ ތެރޭގައި ޔުވެންޓަސް އިން ކޮވިޑް-19 ށް ޕޮޒިޓިވްވީ ފޯވާޑް ޕައުލޯ ޑިބާލާ، މިޑްފީލްޑަރު ބްލައިސް މަޓުއިޑީ އަދި ޑިފެންޑަރު ޑެނިއަލީ ރުގާނީ އެވެ. އެ ތިން ކުޅުންތެރިން ވެސް މިހާރު ވަނީ ވައިރަހުން ރަނގަޅުވެފައެވެ.

ޖޫން މަހު އިޓާލިއަން ލީގު އަލުން ފެށުމަށް މަސައްކަތް ކުރަމުން އަންނައިރު، އޮގަސްޓް މަހުގެ 20 ވަނަ ދުވަހުގެ ކުރިން ލީގު އެއްކޮށް ފުރިހަމަ ކުރަން ވަނީ އަމާޒު ހިފާފައެވެ. މީގެ ކުރިން އިޓަލީގެ ސަރުކާރުން ވަނީ މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން ކުޅުންތެރިން އެކުގައި ތަމްރީނުތައް ހެދުމުގެ ހުއްދަ ދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް