ކ. މާލެ
|
22 މެއި 2020 | ހުކުރު 22:06
ޢާޔަތުﷲ ޚާމަނާއީ - ޚާމަނާއީއަކީ އިސްރާއީލާއި އެމެރިކާގެ ހަތުރުވެރިއެއް
ޢާޔަތުﷲ ޚާމަނާއީ - ޚާމަނާއީއަކީ އިސްރާއީލާއި އެމެރިކާގެ ހަތުރުވެރިއެއް
އަލް-އަހެދް ނިއުސް
އިރާނުން އިސްރަޢީލަށް ބަހުގެ ޙަމަލާ ދިނުން
ޒަޔަނިސްޓް އިސްރާއީލަކީ ޞަރަޙައްދަށް އޮތް ނުރައްކަލެއް، އެ ނައްތާލަން ޖެހޭ: އާޔަތުﷲ ޚާމަނާއި
 
ޚާމަނާއީ ވަނީ ފަލަޞްޠީނުގެ ހަނގުރާމަވެރިންނަށް އެހީތެރިވެދޭނެ ކަމުގެ ޔަޤީންކަން އަރުވާފައި
 
ޚާމަނާއީ ވަނީ އިސްރާއީލާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް ގޮވާލާފައި
 
އިސްރައީލަކީ އެމެރިކާގެ 'ގޮނޑި ކޮއްކޮ' ސަރުކާރެއްގެ ވެރި ޤައުމެއް: ޚާމަނާއީ

ޔަހޫދީ ދައުލަތް އިސްރާއީލަކީ މެދުއިރުމަތީގެ ޞަރަޙައްދަށް އޮތް ނުރައްކާތެރި، ގެއްލުންދެނިވި، ވަބާއެއް ކަމަށް ސިފަކުރައްވާ އިސްރާއީލު ނައްތާލާނެކަމުގެ އިންޒާރު އިރާނުގެ ސުޕްރީމް ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީ ދެއްވައިފި އެވެ.

ޤުދުސް ދުވަހުގެ މުނާސަބަތުގައި ދައުލަތުގެ ޓީވީގެ ޒަރީއާއިން ދެއްވި ޚިޠާބެއްގައި ޚާމަނާއީ ވިދާޅުވީ، އިސްރޭލަކީ އެމެރިކާގެ ސިޔާސަތުތައް ތަންފީޒުކުރާ އެެމެރިކާގެ 'ގޮނޑި ކޮއްކޮ" ސަރުކާރެއްގެ ވެރި ޔަހޫދީ އަނިޔާވެރި ދައުލަތެއް ކަމަށެވެ. އަދި މެދުއިރުމަތީގައި އިސްރާއީލުގެ ހަމަޖެހުމަކީ، އެމެރިކާގެ އެންމެ ބޮޑު އެދުންކަަމަށްވާއިރު، އިސްރާއިލުގެ މަޞްލަޙަތު ދަމަހައްޓަން އެމެރިކާއިން ކޮންމެ ފަދަކަމަ ކަމަށް ކޮށްފާނެކަމަށް ޚާމަނާއީ ވިދާޅުވި އެވެ.

އެހެންކަމުން އިސްރާއީލު ފަދަ ނުރައްކާތެރި ގެއްލުން ބޮޑު ޤައުމެއް ޞަރަޙައްދުގައި އޮތުމުގެ ބަދަލުގައި އެ ނައްތާލުން މާ އެދެވިގެންވާކަމަށް ޚާމަނާއީ ވިދާޅުވި އެވެ. ޚާމަނާއީގެ ވާހަކަފުޅުގައި ވަނީ ފަލަޞްޠީނުގެ ހަނގުރާމަވެރި ގްރޫޕުތަކަށް އިރާނުން ވާގިވެރިވެދޭކަން ހާމަކުރައްވާ، ދިފާޢުގައި އިސްރާއީލާއި ދެކޮޅަށް 'ޖިހާދު' ކުރުމުގައި ދެމިތިބުމަށް ގޮވާލާފަ އެވެ.

ޚާމަނާއީ ވިދާޅުވީ ފަލަޞްޠީނު ދައުލަތެއްގެ ގޮތުގައި ދެމިއޮތުމަށް ކުރަމުންދާ ޖިހާދަކީ ﷲގެ މަގުގައި ކުރެވޭ ޖިހާދެއް ކަމަށާއި ފަލަޞްޠީނުގެ ބިންތައް ހިމާޔަތްކުރުމަށް ޖިހާދު ކުރުމަކީ ފަލަޞްޠީނުގެ ރައްޔިތުންގެ ބޮލުގައި ދީނީ ގޮތުން އެޅިފައިވާ ޒިންމާއެއް ކަމަށެވެ. އަދި ހަނގުރާމައިގެ މައިދާނުގައި އެއްބަޔަކު އަނެއް ބަޔަކަށް އެއްބައިވެ އިސްރާއީލާއި ދެކޮޅަށް ކުރާ ހަނގުރާމަ ފުޅާކޮށް ކާމިޔާބު ކުރުމަށް މަސައްކަތްކުރުމަށް ޚާމަނާއީ ހަނގުރާމަވެރި ގްރޫޕުތަކަށް ނަޞޭޙަތްތެރިވިއެވެ. ފަޚުރުވެރިކަމާއެކު އިރާނުން ފަލަޞްޠީނުގެ ހަނގުރާމަވެރި ގްރޫޕުތަކައް އެންމެ ފުރިހަމަޔަށް އެހީތެރިވެދޭނެކަމުގެ ޔަޤީންކަން ޚާމަނާއީ ވަނީ އަރުވާފަ އެވެ.

ޚާމަނާއީގެ ވާހަކަފުޅު ނިންމަވާލެއްވީ އެމެރިކާއިން އަވަހާރަކޮށްލާފައިވާ އިރާނުގެ އަސްކަރީ ލީޑަރު ޤާސިމް ސުލައިމާނީއަށް ހެޔޮދުޢާ ކުރުމަށް އެންމެހައި ރައްޔިތުންނަށް ގޮވާލައްވަމުންނެވެ. އިރާނު އަސްކަރިއްޔާގެ ޤުދުސް ފޯރސްގެ ކޮމާންޑާރު ޤާސިމް އެމެރިކާގެ ޙަމަލާއެއްގައި އަވަހާރަކޮށްލާފައިވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އިރާޤުގަ އެވެ.

ކޮންމެ ރަމަޟާން މަހެއްގެ ފަހު ހުކުރު ދުވަސް އިރާނުގައި ފާހަގަކުރަމުން ދަނީ ޤުދުސް ދުވަހުގެ ގޮތުގަ އެވެ. އެއީ، ފަލަޞްޠީނުގެ ރައްޔިތުންނާއިއެކު ހިތްވަރުދިނުމުގެ ގޮތުންނާއި އިސްރާއީލަށް އޮންނަ ހަތުރިވެރިކަން ހާމަކުރުމުގެ ގޮތުން ފާހަގަކުރަމުން އަންނަ ދުވަހެކެވެ. ކޮވިޑް-19ގެ ޚާއްޞަ ޙާލަތާއި ގުޅިގެން އިރާނުން މިއަހަރު ޤުދުސް ދުވަހުގެ ރަސްމީ ޙަރަކާތްތައް ނުބާއްވަ އެވެ.

އާންމު ގޮތެއްގައި އެހެން އަހަރުތަކުގައި އިރާނު ސަރުކާރުން އިންތިޒާމުކޮށްގެން ޤުދުސް ދުވަސް ފާހަގަ ކުރުމަށް އިސްރާއީލާއި އެމެެރިކާއަށް ނަފްރަތުގެ ބަސް ރައްދުކޮށް، އަޑު އުފުލާ، އެ ދެ ދައުލަތް ނިމުމަކަށް ގެންނަން ގޮވާލާ މުޒާހަރާ ކުރެއެވެ. އަދި މުޒާހަރާ ތަކުގައި ދެޤައުމުގެ ދިދަވެސް ފާޅުގައި އަންދާ ހަދައެވެ.

އިރާނަކީ މެދުއިރުމަތީގެ ޤައުމަތަށް ބަލާއިރު ކޮވިޑް-19ގެ ނުރައްކާ އެންމެ ބޮޑު ޤައުމެވެ. އެޤައުމުން މިހާނަތަށް 131,652 މީހުން ވައިރަސްއަށް ޕޮޒިޓިވްވެ، 7,300 މީހުން ވަނީ މަރުވެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް