ކ. މާލެ
|
22 މެއި 2020 | ހުކުރު 18:48
ސައުދީގެ ރަސްމީ ފައިސާ: ބޭންކު ނޫޓަކީ ކޮވިޑް-19 ފެތުރޭ އެއް ވަޞީލަތުގެ ގޮތުގައި ވަނީ ބެލެވިފައި
ސައުދީގެ ރަސްމީ ފައިސާ: ބޭންކު ނޫޓަކީ ކޮވިޑް-19 ފެތުރޭ އެއް ވަޞީލަތުގެ ގޮތުގައި ވަނީ ބެލެވިފައި
ސައުދީ ގެޒެޓް
ސައުދީން ފައިސާ ކަރަންޓީން ކުރުން
އެންމެ ފަހުން ސައުދީން ބޭންކު ނޫޓު ވެސް ކަރަންޓީން ކުރަނީ
 
ކަރަންޓީން މުއްދަތައް ފަހު މަނިޓަރީ އޮތޯރިޓީން ފެންވަރުދަށް ނޫޓުތައް ނައްތާލުމަށް ވަނީ ނިންމާފައި
 
ނޫޓުތައް ކަރަންޓީޏް ކުރުމަށްފަހު ސްޓެރެލައިޒް ކުރުމަށް ވަނީ ނިންމާފައި
 
ބޭންކު ނޫޓާއި ފައިސާ ފޮތި ކަރަންޓީން ކުރަން ނިންމީ 14-20 ދުވަހުގެ މުއްދަތަކަށް

ކޮވިޑް-19ން ރައްކާތެރިވުމުގެ ފިޔަވަޅެއްގެގޮތުން ސަޢުދީ ޢަރަބިއްޔާގައި ފައިސާ ނޫޓާއި، ފައިސާ ފޮތި ކަރަންޓީން ކުރަން ނިންމައިފި އެވެ.

ކޮވިޑް-19ގެ ނުރައްކާ ބޮޑުވެ ސައުދީގެ އެކި ދާއިރާތަކުން އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން، އެ ޤައުމުގެ މާލީ އިދާރާތަކުންވެސް މިހާރު ވަނީ ކަންކަން ތަންފީޒު ކުރަން ފަށާފަ އެވެ. އެގޮތުން، އެންމެ ހައިރާން ކުރުވަނިވި ކަމެއްގެ ގޮތުގައި ފެނިގެންދިޔައީ އެޤައުމުގެ ބޭންކު ނޫޓާއި، ފައިސާ ފޮތި ކަރަންޓީންކޮށް އައިސޮލޭޓް ކުރަން އެޤައުމުގެ މަރުކަޒީ ބޭންކުން ނިންމި ނިންމުމެވެ.

އެޤައުމުގެ މަނިޓަރީ އޮތޯރީޓީން ބުނެފައިވަނީ 14 ދުވަހާއި 20 ދުވަހުގެ މުއްދަތަކަށް ބައިނަލްއަޤުވާމީ އަދި މަދަނީ ފައިސާގެ މުޢާމަލާތްތަކުން ލިބޭ ފައިސާ ކަރަންޓީންކޮށް އައިސޮލޭޓުކުރަން ނިންމާފައިވާ ކަމަށެވެ. ކަރަންޓީން ކުރަން ނުވަތަ އައިސޮލޭޓް ކުރާނެ މުއްދަތު ކަނޑައަޅާނީ އެ ފައިސާ ލިބޭ ތަނެއްގެ ޙާލަތައް ބެލުމަށް ފަހުގައި ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި ފައިސާ ސްޓެރެލައިޒް ކުރާނެކަމަށްވެސް އެ އޮތޯރިޓީން ބުނެފައި ވެއެވެ.

ފައިސާ އައިސޮލޭޓް ކުރުމަށް އެއޮތޯރިޓީން ނިންމާފައި ވަނީ އެކަމަށް ޚާއްޞަ ކޮށްޓެއްގައެވެ. އަދި ސްޓެރެލައިޒްކުރުމަށްފަހު ބޭންކު ނޯޓުތައް ވަކި ކުރާނެކަމަށް ބުނެފައިވެއެވެ. ނޫޓުތަކައް ވަކި ކުރާއިރު ބަލާނީ އޭގެ ފެންވަރާއި، ސާފުތާހިރު މިންވަރަށްކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ. އަދި އެ މިންގަނޑަށް ނުފެތޭ ބޭންކު ނޫޓުތައް ނައްތާލަން ވަނީ ނިންމާފަ އެވެ.

ސައުދީ ޢަރަބިއްޔާގެ މަނިޓަރީ އޮތޯރީޓީން ބުނެފައިވަނީ، އެ ބޭންކުގެ ނިންމުން ތަންފީޒު ކުރުމަށް އެޤައުމުގެ ހުރިހައި މާލީ އިދާރާތަކަށް އިރުޝާދު ދީފައިވާ ކަމަށެވެ. އަދި އެ އިދާރާތަކުގެ މުޢާމަލާތްތަކުގައި ބޭނުން ކުރާ ފައިސާގެ ނޫޓަކީ ނުވަތަ ފައިސާ ފޮއްޗަކީ ސާފު ތާހިރު އެއްޗެއްކަން ކަށަވަރު ކުރުމަށް ވަނީ އަންގާފަ އެވެ.

ސައުދީ އަރަބިއްޔާގައި މިހާތަނަށް އާއިރު 65،077 މީހުން ވައިރަސްއަށް ޕޮޒިޓިވްވެ 351 މީހުން ވަނީ މަރުވެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް