ކ. މާލެ
|
22 މެއި 2020 | ހުކުރު 15:12
އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) ގެ ރައީސް ތޯމަސް ބާކް: އަންނަ އަހަރު އޮލިމްޕިކްސް ކެންސަލް ކުރުން އެކަށީގެންވޭ
އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) ގެ ރައީސް ތޯމަސް ބާކް: އަންނަ އަހަރު އޮލިމްޕިކްސް ކެންސަލް ކުރުން އެކަށީގެންވޭ
ގެޓީ އިމޭޖަސް
އޮލިމްޕިކްސް ކެންސަލް ކުރުން
އޮލިމްޕިކްސް ކެންސަލް ކުރުމަކީ އެކަށީގެންވާ ކަމެއް: އައިއޯސީގެ ރައީސް
 
މީގެ ކުރިން އޮލިމްޕިކްސް ކެންސަލް ކުރަން ޖެހިދާނެ ކަމަށް އޯގަނައިޒިން ކޮމިޓީގެ ރައީސް ޔޮޝީރޯ މޯރީ ވެސް ވަނީ ވިދާޅުވެފައި
 
އޮލިމްޕިކްސް ބޭއްވުމަށް މިހާރު ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ ޖުލައި 23 ން އޮގަސްޓް 8 ށް

އަންނަ އަހަރުގެ ޖުލައި މަހު ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި ބޭއްވުމަށް ތާވަލުކޮށްފައިވާ އޮލިމްޕިކް ގޭމްސް ކެންސަލް ކުރަން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) ގެ ރައީސް ތޯމަސް ބާކް ވިދާޅުވެއްޖެ އެވެ.

ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން އޮލިމްޕިކް ގޭމްސް އަންނަ އަހަރަށް ފަސްކުރުމަށް އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން ނިންމީ ގިނަ ގައުމުތަކުން އެކަމަށް ގޮވާލުމުންނެވެ. މިއަހަރުގެ އޮލިމްޕިކްސް ޓޯކިޔޯގައި ބޭއްވުމަށް ކުރިން ތާވަލުކޮށްފައި އޮތީ ޖުލައި 24 ން އޮގަސްޓް 9 ށެވެ. އެކަމަކު މިހާރު ވަނީ އަންނަ އަހަރުގެ ޖުލައި 23 ން އޮގަސްޓް 8 ށް އޮލިމްޕިކްސް ބާއްވަން ތާވަލު ކޮށްފައެވެ. ޕެރަލިމްޕިކްސް ބާއްވަން ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ އޮގަސްޓް 24 ން ސެޕްޓެމްބަރު 5 ށެވެ.

އައިއޯސީގެ ރައީސް ބާކް ވިދާޅުވީ، މި ދަނޑިވަޅުގައި ދުނިޔޭގެ ހުރިހާ ކުޅިވަރު ކަލަންޑަރެއް އިރުއިރުކޮޅާ ބަދަލުކުރުން އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން މިހާރު ފަސްކޮށްފައިވާ ތާވަލާއި އެއްގޮތަށް އަންނަ އަހަރު ގޭމްސް ނުބޭއްވިއްޖެ ނަމަ، ދެން ޖެހޭނީ އޮލިމްޕިކްސް ކެންސަލް ކުރަން ކަމަށްވެސް ވިދާޅުވި އެވެ.

އައިއޯސީގެ ރައީސް މިހެން ވިދާޅުވިއިރު، ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު އަދި އޮލިމްޕިކްސް އޯގަނައިޒިން ކޮމިޓީގެ ޗެއަރމަން ޔޮޝީރޯ މޯރީ މީގެ ކުރިން ވިދާޅުވީ އަންނަ އަހަރުވެސް ހާލަތު ރަނގަޅު ނުވެއްޖެނަމަ، ގޭމްސް އިތުރަށް ފަސްނުކޮށް، ކެންސަލް ކުރާނެ ކަމަށެވެ.

މީގެ ކުރިން ބައިނަލްއަގުވާމީ ސިއްހީ ތަޖުރިބާކާރެއް ކަމަށްވާ ޕްރޮފެސާ ދޭވީ ސްރިދާރު ވަނީ އަންނަ އަހަރުވެސް އޮލިމްޕިކް ގޭމްސް ބޭއްވުން ނާދިރު ކަމަށާއި، ގޭމްސް ކުރިއަށް ގެންދެވޭނީ ކޮވިޑް-19 ށް ވެކްސިނެއް އުފެއްދިގެން ކަމަށް ވިދާޅުވެފައެވެ. އަދި ޖަޕާނުގެ މެޑިކަލް އެސޯސިއޭޝަނުން ވެސް ވަނީ އަންނަ އަހަރު ގޭމްސް ބޭއްވުމަކީ ބޮޑު ޗެލެންޖަކަށް ވާނެ ކަމަށް ބުނެފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް