ބުރާސްފަތި 01 އޮކްޓޯބަރ 2020
11 އަތަ
1442 ސަފަރު 13
ފަތިސް 04:41
އިރުއަރާ 05:52
މެންދުރު 12:00
އަސްރު 15:08
އިރުއޮއްސޭ 18:00
އިޝާ 19:11
ރޯދަ ބަދިގެ 1441

ޕީނަޓް ބަޓަރ ގޭގައި ތައްޔާރުކޮށްލަން ބޭނުންތަ؟

  • ޕީނަޓް ހިމުންކުރާއިރު އެމީހަކަށް ކަމުދާ ވަރަަކަށް ހިމުންކޮށްލެވިދާނެ

ކ. މާލެ | 22 މެއި 2020 | ހުކުރު 15:13 | 1,841

ޕީނަޓް ބަޓަރ - މިއީ ގޭގައި އަމިއްލައަށް ވެސް ތައްޔާރުކޮށްލެވިދާނެ އެއްޗެއް - ކުކިންގލައިޓް.ކޮމް

ބޭނުންވާ ތަކެތި

  • 200 ގުރާމް ރޯސްޓެޑް ޕީނަޓްސް
  • ½ ލޮނު
  • ½ ބްރައުން ޝުގަރ
  • ½ ސަމުސާ ސަންފްލާވަރ އޮއިލް

ތައްޔާރުކުރާނެ ގޮތް

ފުރަތަމަ ޕީނަޓްސްގެ ތޮށި ނޮޅާލާށެވެ. ދެން ހަވާދު ފުނޑާ މިކްސަރު ތަށީގެ ތެރެއަށް އަޅާފައި، ފުނޑާލާށެވެ. ފުނޑާނީ އެއްފަހަރާ ޕީނަޓްސް ފުނޑުވާ ގޮތަކަށް ނޫނެއެވެ. މަޑުމަޑުން މިކްސަރު ޖައްސަމުން ހިމުން ކުރަމުންނެވެ.

ދެން ހިމުންވުމުން، އޭގެ ތެރެއަށް ލޮނު، ތެޔޮ، ބްރައުން ޝުގަރ އެޅުމަށް ފަހު އަނެއްކާވެސް ހިމުން ކޮށްލާށެވެ. އެއްކޮށް އޮމާން ވުމުން، ބޭނުންނަމަ އޭގެ މައްޗަށް އިރުތަށް ޕީނަޓް އަޅާފަ 6 ސިކުންތު ފުނޑު ކޮށްލެވިދާނެ އެވެ. އޭރަށް ހުންނާނީ ޕީނަޓް ފުށްފުށް ޖެހޭގޮތަށެއެވެ. ދެ ގޮތަށް ވެސް ބޭނުން ކޮށްލެވިދާނެ އެވެ. އެއަށްފަހު، ފުޅިއަކަށް އަޅާފައި، ފިނިކޮށްލާށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.