ކ. މާލެ
|
22 މެއި 2020 | ހުކުރު 11:28
ކަސްޓަޑް ކްރީމް ޑޯނަޓް
ކަސްޓަޑް ކްރީމް ޑޯނަޓް
ސްޓާޓްސް އެޓް ސިކްސްޓީ.ކޮމް
ރޯދަ ބަދިގެ 1441
ކަސްޓަޑް ކްރީމް ޑޯނަޓް
 
އީސްޓު ބޭނުން ނުކޮށް މި ޑޯނަޓް ތައްޔާރު ކޮށްލެވިދާނެ

ބޭނުންވާ ތަކެތި

  • 3 ބިސް
  • ⅓ ޖޯޑު ހަކުރު
  • ⅓ ކްރީމް
  • 1 ޖޯޑު މިލްކު
  • 1 ސަމުސާ ކޯރން ފްލަރ
  • 25 ގްރާމު ބަޓަރ

ކްރީމް ތައްޔާރު ކުރާނެ ގޮތް

ބިސް، ހަކުރު، ކްރީމް، ކިރު، ކޯންފްލަރ، އަޅައިގެން ގިރާލުމަށް ފަހު އުނދުން މަތީގައި، އޮލަވަންދެން ކައްކާށެވެ. އޮލަވުމުން ބަޓަރު އަޅައިގެން އޮމާންވަންދެން އަނެއްކާވެސް ކައްކާށެވެ.

ފުށްގަނޑު މޮޑެން ބޭނުންވާ ތަކެތި

  • 1 ބިސް
  • ¼ ޖޯޑު ހަކުރު
  • 175މލ ފެން
  • 3 ޖޯޑު ފުށް
  • 2 ސަމުސާ ބޭކިންގ ޕައުޑަރ
  • ½ ލޮނު
  • 3/4 ޖޯޑު ހިކި ކިރު
  • 3 ސަމުސާ ތެޔޮ

ތައްޔާރު ކުރާނެ ގޮތް

ބިސް، ހަކުރު، ފެން އަޅައިގެން އެއްކޮށްލުމަށް ފަހު، ފުށާއި، ބޭކިންގ ޕައުޑަރ، ލޮނު، ހަކުރު، ތެޔޮ އަޅައިގެން ފުށްގަނޑު މޮޑެލާށެވެ. އޮމާން ވަންދެން މޮޑެލުމަށް ފަހު، ތައްޓަކަށްލާ ރެޕް ކުރުމަށް ފަހު، 1 ގަޑި އިރު ބަހައްޓާށެވެ.

ގަޑި ހަމަވުމުން، އެހާ ތުނި ނުވާގޮތަށް ދަމާލާފައި، ޑޯނަޓް ބައްޓަމަށް ބޭނުންވާ ސައިޒަކަށް ކަފާލާށެވެ. ދެން މަޑު ގިނީގައި މޮށިކުލަ އަރަންދެން ތެލުލާށެވެ. ތެލުލާ ނިމުމުން ހަކުރު އެއްޗަކަށް ލާފައި، ހަކުރު ހާކާލުމަށް ފަހު، ޑޯނަޓްގެ ތެެރެއަށް ކްރީމް އެޅޭ ވަރަށް ކުޑަކޮށް ކަފާލާފައި ކްރީމް އަޅާލާށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
100%
0%
0%
0%
0%
ކޮމެންޓް