ކ. މާލެ
|
22 މެއި 2020 | ހުކުރު 11:46
ބީފް ކަރީ ވިތް ޕޮޓޭޓޯ
ބީފް ކަރީ ވިތް ޕޮޓޭޓޯ
ސްޓާޓްސް އެޓް ސިކްސްޓީ.ކޮމް
ރޯދަ ބަދިގެ 1441
ބީފް ކަރީ ވިތު ޕޮޓޭޓޯ
 
ބީފް ރިހަ އާއި ރޮއްޓާއި ވަރަށް މީރުވާނެ

ބީފް މެރިނޭޓް ކުރަން ބޭނުންވާ ތަކެތި

  • 1 ކިލޯ ބީފް
  • ¼ ރީނދޫ
  • 1 ސަމުސާ ލޮނު
  • 1 ހިކަނދި ފަތް
  • 1 ސަމުސާ ޔޯގަޓް
  • 1 ސަމުސާ ޗިލީ ޕައުޑަރ

ބީފް މެރިނޭޓް ކުރާނެ ގޮތް

ތައްޓެއްގެ ތެރެއަށް، ބީފް، ރީނދޫ، ލޮނު، ޔޯގަޓް، ޗިލީ ޕައުޑަރ އަޅައިގެން ރަނގަޅަށް އެއްކޮށްލާފައި 30 މިނެޓު ވަންދެން ބަހައްޓާށެވެ.

ރިހަ ކެއްކުމަށް ބޭނުންވާ ތަކެތި

  • 1 ސަމުސާ ދިރި
  • 4 ގްރީން ޗިލީ
  • 2 ހިކަނދިފަތް
  • 3 ލޮނުމެދު (ހިމުންކޮށް ކޮށާފައި)
  • ½ އިންޗި އިނގުރު (ޗަސްކޮށް ކުދިކޮށް ކޮށާފައި)
  • 3 ފިޔާ (ކުދިކޮށް ކިއުބްކޮށް ކޮށާފައި)
  • ލޮނު (ރަހަލާވަރަށް)
  • ½ ރީނދޫ
  • 3 ސަމުސާ ޗިލީ ޕައުޑަރ
  • 4 ސަމުސާ ކޮރިއަންޑަރ ޕައުޑަރ
  • 1 ސަމުސާ ގަރަމް މަސާލާ
  • ½ ޕެޕަރ ޕައުޑަރ
  • 1 ރޯ ޓޯމަޓޯ ( ކިއުބްކޮށް ކޮށާފައި)
  • 1 އަލުވި (ކިއުބްކޮށް ކޮށާފައި)
  • ކޮކްނަޓް މިލްކު
  • ½ ޕެޕަރ ޕައުޑަރ
  • ½ ގަރަމް މަސާލާ
  • ½ ކޮކްނަޓް އޮއިލް
  • ކޮރިއަންޑަރ ލީވްސް
  • 1 ސަމުސާ ބަޓަރު

ރިހަ ކައްކާނެ ގޮތް

ތެއްޔެއްގެ ތެރެއަށް އެއް ސަމުސާ ބަޓަރު އެޅުމަށް ފަހު، ދިރި، ގްރީން ޗިލީ، ލޮނުމެދު، އިނގުރު، ހިކަނދިފަތް، ފިޔާ، އަޅައިގެން މަޑު މޮށިކުލައެއް އަރަންދެން ހަނާ ކުރާށެވެ. ދެން ރީނދޫ، ޗިލީ ޕައުޑަރ، ކޮރިއަންޑަރ ޕައުޑަރ، 1 ސަމުސާ ގަރަމް މަސާލާ، ½ ޕެޕަރ ޕައުޑަރ، އަޅައިގެން އެއްކޮށްލާށެވެ. އެއްކުރާތާ 1 މިނެޓު ފަހުން، ފެން ފޮދެއް އަޅާލާށެވެ.

ދެން ޓޯމަޓޯ އަޅާފައި، މަތި ޖަހައިގެން ކައްކާށެވެ. ޓޮމާޓޯތައް މަޑުވެ ޗަސް ވުމުން، ކުރިން މެރިނޭޓް ކުރި ބީފް، ތެލި ތެރެއަށް އަޅާލާށެވެ. ދެން 20 މިނެޓް ވަންދެން މަތި ޖަހައިގެން ކައްކާށެވެ. ދޭތެރެއަކުން ހަލާލަން ވާނެއެވެ. މި ގޮތަށް ބީފް ރޯފިލަން ދެން ކެއްކުމަށް ފަހު، އޭގެ ތެރެއަށް އަލުވި އަޅަލާށެވެ.

އެއަށްފަހު، ފެނާއި، ލޮނު، ކާށިކިރު، އަޅައިގެން މަޑު ގިނީގައި 8 މިނެޓު ވަންދެން ކައްކާލާށެވެ. 8 މިނެޓު ވުމުން ބީފް ތެރެއަށް ½ ސަމުސާ ޕެޕަރ ޕައުޑަރ، ½ ސަމުސާ ގަރަމް މަސާލާ އަޅައިގެން 1 މިނެޓު ވަރު ކައްކާލާށެވެ. ދެން ކޮރިއަންޑަރ ލީވްސް، ހިކަނދިފަތް 'ކޮކްނަޓް އޮއިލް' އަޅައިގެން ކުޑަކޮށް އެއްކޮލާށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
100%
0%
0%
ކޮމެންޓް