ކ. މާލެ
|
22 މެއި 2020 | ހުކުރު 07:01
ދިރާގުން \"ދިރާގުޕްލޭ\"ގެ ޕްރޮމޭޝަނަލް ޕޯސްޓަރެއް
ދިރާގުން "ދިރާގުޕްލޭ"ގެ ޕްރޮމޭޝަނަލް ޕޯސްޓަރެއް
ދިރާގު
ދިރާގުޕްލޭ ތައާރަފްކުރުން
ދިރާގުޕްލޭގެ ނަމުގައި މުޅިން އާ މުނިފޫހިފިލުވުމުގެ ސްޓްރީމިންގ މޮބައިލް އެޕްލިކޭޝަނެއް
 
މި އެޕްލިކޭޝަނަކީ ތަފާތު ވައްތަރުގެ ގިނަ ކޮންޓެންޓް ހެޔޮ އަގެއްގައި އެއްތަނަކުން ބަލާލެވޭނެ އެޕްލިކޭޝަނެއް

ދިރާގުން "ދިރާގުޕްލޭ"ގެ ނަމުގައި މުޅިން އާ މުނިފޫހިފިލުވުމުގެ ސްޓްރީމިންގ މޮބައިލް އެޕްލިކޭޝަނެއް ތަޢާރަފުކޮށްފިއެވެ.

ދިރާގުން ބުނިގޮތުގައި މި އެޕްލިކޭޝަނަކީ ތަފާތު ވައްތަރުގެ ގިނަ ކޮންޓެންޓް ހެޔޮ އަގެއްގައި އެއްތަނަކުން ބަލާލަން ބޭނުންވާ ފަރާތްތަކަށް ޚާއްސަކޮށްގެން ތަޢާރަފުކޮށްފައިވާ ޚިދުމަތެކެވެ. އެގޮތުން މި ދުވަސްވަރަކީ ގިނަ ބަޔަކު ގޭގައި، ލޮކްޑައުންގެ ހާލަތުގައި ނުވަތަ އިޖުތިމާއީ ގައިދުރުކޮށްގެން ތިބެންޖެހިފައިވާ ދުވަސްވަރަކަށްވުމުން، މުނިފޫހިފިލުވުމަށް އޮންލައިން ސްޓްރީމިން ޚިދުމަތްތަކުގެ ބޭނުން ވަނީ ވަރަށް ބޮޑަށް ޖެހިފައިކަމަށް ދިރާގުން ބުންްޏެވެ.

ދިރާގުން އަލަށް ތައާރަފުކުރި މި އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ލައިވް ޓީވީ، އަދި ވީޑިއޯ އޮން ޑިމާންޑްގެ ތަފާތު ގިނަ ކޮންޓެންޓް މޯބައިލް ޑިވައިސްތަކުން ކޮންމެ ވަގުތަކު، ކޮންމެތާކު ބަލާލެވޭނެކަމަށް އެ ކުންފުނިން ބުނެ އެވެ.

ދިރާގު ޕްލޭގައި ހިމެނޭ ބައެއް ފީޗަރތަކުގެ ތެރޭގައި:

  • މަލްޓިޕްލް ސްކްރީންސް: އެންމެ ސަބްސްކްރިޕްޝަނަކުން، އެއްފަހަރާ އެކި ޑިވައިސްތަކުން ދިރާގު ޕްލޭ އެޕް ބޭނުން ކުރެވޭނެވެ.
  • ރިކޯޑިންގ: މި ފީޗަރ އިން ޕްރޮގުރާމްތައް ރިކޯޑްކޮށް، ކުރީބައިގައި ރިކޯޑް ކުރުމަށް ޝެޑިއުލްވެސް ކުރެވޭނެއެވެ.
  • ކެޗްއަޕް: މި ފީޗަރ މެދުވެރިކޮށް ހަދާންނެތިގެން ބޭނުންވާ ޕްރޮގުރާމެއް އެއް ބަލާނުލެވިއްޖެ ހާލަތެއްގައި އަލުން އެ ޕްރޮގުރާމެއް ބަލާލެވޭނެއެވެ.
  • ރީސްޓަރޓް: މި ފީޗަރ މެދުވެރިކޮށް މިހާރު ބަލަމުން ގެންދާ ޕްރޮގުރާމެއް ބަލަމުން ދާ އިރު އަލުން އެ ޕްރޮގުރާމެއް ފަށައިގެން ބަލާލެވޭނެއެވެ.

ދިރާގު ޕްލޭ މިހާރު ހުޅުވާލާފައިވަނީ ދިރާގު މޯބައިލް ކަސްޓަމަރުންނަށް އެކަންޔެވެ.

ދިރާގުން ބުނީ ޕެކޭޖް ސަބްސްކްރިޕްޝަނަކާއެކު ބޭނުން ކުރެވޭ މި އެޕްގައި އިންޓްރޮޑަކްޓަރީ އޮފަރއެއްގެގޮތުން "ޕްލޭ" ޕެކޭޖް މުޅިން ހިލޭ އެއް މަސްދުވަހަށް ލިބިގެންދާނެކަމަށެވެ. މި ޕްކޭޖް ހިލޭ އެކްޓިވޭޓް ކުރެވޭނީ 15 ޖޫން 2020ގެ ނިޔަލަށެވެ. އެއަށް ފަހު ކަސްޓަމަރުންނަށް މި ޕެކޭޖް މަހަކު އެންމެ 30 ރުފިޔާއަށް ބޭނުންކުރެވޭނެކަމަށް ދިރާގުންް ބުންޏެވެ. މި ޕްކޭޖްގައި ކަސްޓަމަރުންނަށް މިހާރުވެސް 23 ޗެނަލް ބަލާލެވޭނެކަމަށާއި، ޕެކޭޖްގެ ވެލިޑިޓީއަކީ އެކްޓީވޭޓް ކުރާތާ 30 ދުވަސްކަމަށް އެ ކުންފުނިން ބުންްޏެވެ.

ދިރާގުޕްލޭ މިހާރުވެސް ޕްލޭ ސްޓޯރުންނާއި އެޕް ސްޓޯރއިން ހިލޭ ޑައުންލޯޑްކޮށްލެވޭނެއެވެ.

ދިރާގުން ބުނިގޮތުގައި އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރަމުން ދަނީ ކަސްޓަމަރުންނަށް ފޯރުކޮށްދޭ މުނިފޫހިފިލުމުގެ ޚިދުމަތްތައް އިތުރަށް ފުރިހަމަކޮށް މުއްސަދިކުރުމަށެވެ. އެގޮތުން ހަބަރު، ކުޅިވަރު އަދި ލައިފްސްޓައިލް ކޮންޓެންޓް ފަސޭހަކާއެކު ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންކަމަށް ދިރާގުން ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް