ކ. މާލެ
|
22 މެއި 2020 | ހުކުރު 06:55
ކޮވިޑް-19 ވެކްސިނެއް ރަމްޒުކޮށްދޭ ފޮޓޯއެއް
ކޮވިޑް-19 ވެކްސިނެއް ރަމްޒުކޮށްދޭ ފޮޓޯއެއް
ރޮއިޓަރސް
ހަރވަރޑްގެ ކޮވިޑް-19 ދިރާސާ
ކޮވިޑް-19 އަށް ދިފާއުވުމުގެ ބާރު ރާމާމަކުނު ތަކެއްގެ ގައިގައި އުފެދިއްޖެ: ހަރވަރޑް ދިރާސާ
 
އިންސާނުންގެ ގައިގައި އިމިއުނިޓީ އުފެދޭކަން ޔަގީނެއް ނުވޭ
 
ބައެއް ވެކްސިންތައް ވެސް މަސައްކަތްކޮށްފައިވޭ
 
ރާމާމަކުނުތަކުގެ ގައިގައި އިމިއުނިޓީ އުފެދުނުކަން ދިރާސާތަކުން ވަނީ ޔަގީންކުރެވިފައި

ކޮވިޑް-19 އިން ދިފާއުވުމުގެ ބާރު (އިމިއުނިޓީ) ރާމާމަކުނުތަކެއްގެ ހަށިގަނޑުގެ ތެރޭގައި އުފެދިއްޖެ ކަމަށް ހަރވަރޑް ޔުނިވަރސިޓީގެ ދިރާސާ އަކުން ދައްކައިފި އެވެ.

ދިރާސާކުރި ފަރާތްތަކުން ސައިންސް ޖަރނަލް ގައި ޝާއިއުކޮށްފައިވާ ރިޕޯޓަކާ ހަވާލާދީ ސްޓޭންޑަރޑް ޔޫކޭ ނޫހުގައި ވަނީ، މި ދިރާސާގައި ނުވަ ރާމާމަކުނެއް ބޭނުންކޮށްފައި ވެއެވެ. އަދި އެ ރާމާމަކުނުތަކުގެ ހަށިގަނޑަށް، ކޮވިޑް-19 ޖެހޭ ޖަރާސީމު ފޮނުވާލެވުނެވެ. އެސޮރުމެންގެ ބަލި ފަސޭހަވުމުން، އަލުން ހަށިގަނޑުގެ ތެރެއަށް އަލުން ޖަރާސީމު ފޮނުވާލެވުނެވެ. ނަމަވެސް، ދެވަނަ ފަހަރަކަށް އެއްވެސް ރާމާމަކުނަކަށް ކޮވިޑް-19 ޖެހިފައެއް ނުވެ އެވެ.

މިއީ ބަލި ޖެހޭ ދިރޭތަކެތީގެ ހަށިގަނޑުގައި، ބައްޔަށް އިމިއުނިޓީ އުފެދޭކަމަށް ލިބުނު ފުރަތަމަ ސައިންޓިފިކް ހެއްކެވެ. މިއީ މީގެ ކުރިން ސައިންސްވެރިން މިހެން ލަފާކޮށްފައިވީ ނަމަވެސް، މިހާތަނަށް މިކަމަށް ބާރުދޭނެ ސައިންޓިފިކް ހެއްކެއް ހޯދިފައެއް ނުވެ އެވެ.

ބައެއް ވެކްސިންތައް ވެސް މަސައްކަތްކުރޭ: ހަރވަރޑް ދިރާސާ

ހަރވަރޑްގެ ސައިންސްވެރިންގެ ޓީމުން ކުރި އެހެން ދިރާސާގައި، ކޮވިޑުން ރައްކާތެރިވުމަށް އަޖުމަބަލަމުން އަންނަ ބައެއް ކަހަލަ ވެކްސިންތައް ވެސް ވަނީ ޓެސްޓުކޮށްފަ އެވެ.

ވެކްސިންތައް ޓެސްޓުކުރުމަށް 25 ރާމާމަކުނެއްގެ ގަޔަށް ތަފާތު ހަ ވައްތަރެއްގެ ވެކްސިނެއް ވަނީ ފޮނުވާލާފައެވެ. ވެކްސިން ޖެހުމަށް ފަހު ދޫކޮށްލި ރާމާމަކުނުތަކަށް ޖަރާސީމު ޖެއްސުމުން ވެސް، ބަލިން ރައްކާތެރިކަން ލިބުނެވެ.

އޭގެ ތެރެއިން އަށް ރާމާމަކުނެއްގެ ހަށިގަނޑުން ވައިރަހުގެ އެއްވެސް އަސަރެއް ފެނިފައެއް ނުވެ އެވެ. މިއީ މިހާތަނަށް ކުރެވުނު އެންމެ ކާމިޔާބު ވެކްސިން ދިރާސާ އެވެ. މީގެ ކުރިން ބައެއް ސައިންސްވެރިން ކުރި ދިރާސާތައް ވަނީ ނާކާމިޔާބު ވެފަ އެވެ.

ދިރާސާގެ ހޯދުންތަކަކުން އެއްވެސް ކަމެއް ޔަގީނެއްނުވޭ

ދިރާސާކުރި ޓީމުގައި ހިމެނޭ ހަރވަރޑް ގެ ވައިރޮލިޖީ އެންޑް ވެކްސިން ރިސަރޗް ސެންޓަރުގެ ޑރ. ޑޭން ބަރޫޗް ބުނީ، ދިރާސާގެ ހޯދުންތަކުން، އިންސާނުންގެ އިމިއުނިޓީ އުފެދޭ ކަމެއް ނުވަތަ ދިފާއުކުރަނީ ކިހާ މުއްދަތެއްކަން ޔަގީންނުކުރެވުނު ނަމަވެސް، ހޯދުންތަކާއި ގުޅިގެން ކޮންމެވެސް ވަރެއްގެ ހިތްހަމަޖެއްހުމެއް ލިބިއްޖެ ކަމަށެވެ. އަދި މި ހޯދުންތަކުގެ އަލީގައި އެއްކުރެވިފައިވާ ޑޭޓާތަކަކީ، ސައިންސްވެރިން ބަލައިގަންނާނެ ކުރިއެރުމެއް ކަމަށް އޭނާ ބުންޏެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް