ބުރާސްފަތި 04 ޖޫން 2020
02 މިއަހެލި
1441 ޝައްވާލް 12
ފަތިސް 04:34
އިރުއަރާ 05:52
މެންދުރު 12:08
އަސްރު 15:31
އިރުއޮއްސޭ 18:17
އިޝާ 19:34
ކޮވިޑް-19: ފިޔަވަޅުތަކަށް ލުއި ދިނުން

މިހާތަނަށް ލޮކްޑައުންއަށް ލުއިތަކެއް ދިނުމަށް ނިންމާފައިވަނީ ޔޫރަޕުގެ ކޮން ގައުމުތަކަކުން؟

  • ޒިޔާރާތްކުރަން ފަރާތްތަކުން މެޑިކަލް ސެޓްފިކެޓެއް ގެންނަން ޖެހޭ
  • ސެޓްފިކެޓެއް ނެތް ނަމަ، 14 ދުވަހުގެ މުއްދަތަށް އައިސޮލޭޓްވާން ޖެހޭ

ކ. މާލެ | 22 މެއި 2020 | ހުކުރު 04:55 | 3,056

އިޓަލީގައި ފިހާރަތައް ހުޅުވާލުމުން މީހުން ފިހާރަތަކަށް ވިޔަފާރި ކުރަން ނިކުމެ - އަލްޖަޒީރާ

ކޮވިޑް-19 ކޮންޓްރޯލް ކުރެވުމާއި ގުޅިގެން ޔޫރަޕުގެ ބައެއް ގައުމުތަކުން ވަނީ ލޮކްޑައުންއާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ކޮންމެވެސް ވަރެއްގެ ލުއިތަކެއް ދިނުމަށް ނިންމާފަ އެވެ. އެގައުމުތަކުން ދަނީ ފަތުރުވެރިކަމުގެ ދޮރުތައް ހުޅުވާލުމަށް ތައްޔާރީތަކެއް ވަމުންނެވެ.

ބައެއް ގައުމުތަކުގެ ބޯޑަރުތައް ހުޅުވާލާނެ ކަމަށް ބެލެވެނީ ޖޫންމަހުގެ މެދުތެރޭގަ އެވެ. އެގޮތުން، އެ ގައުމުތަކަށް ޒިޔާރާތްކުރަން ފަރާތްތަކުން މެޑިކަލް ސެޓްފިކެޓެއް ގެނައުމަށް އެ ގައުމުތަކުން ވަނީ އުސޫލުތައް އެކުލަވާލާފަ އެވެ. މެޑިކަލް ސެޓްފިކެޓެއް ނެތް ނަމަ، 14 ދުވަހުގެ މުއްދަތަށް އައިސޮލޭޓްވާން ޖެހެ އެވެ.

ޔޫރަޕުގެ ގިނަ ގައުމުތަކުން މިހާރު ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތްތައް ފެށި ނަމަވެސް، މީހުން ގިނައިން އެއްވެ އުޅޭ ހަރަކާތްތައް ނުބޭއްވުމަށް ވަނީ ނިންމާފަ އެވެ. އަދި ބޭރަށް ނުކުންނައިރު، މާސްކު އެޅުމަކީ މަޖުބޫރުކަމެއްގެ ގޮތުގައި އެގައުމުތަކުން ވަނީ ނިންމާފަ އެވެ.

މިހާރުވެސް ގިނަ ގައުމުތަކުން، ކެފޭ ރެސްޓޯރެންޓުތައް ހުޅުވާލުމަށް ހުއްދަދީފައިވާއިރު، އެތަންތަނުން ޚިދުމަތްދެވެނީ ވަކި ވަރަކަށް ކެޕޭސިޓީ ދަށްކޮށްގެންނެވެ. މީގެއިތުރުން، ގިނަ ގައުމުތަކުގެ ދާރުލްއާސާރުތަކާއި ފަތުރުވެރިންގެ މެދުގައި މަގުބޫލު ތަންތަން ވަނީ ހުޅުވާލާފައެވެ. ނަމަވެސް އެތަންތަނުގައި އުޅޭއިރުވެސް، ގައިދުރުކަމަށް ސަމާލުކަމެއް ދޭން ޖެހެއެވެ. އަދި ކޮންމެ ތަނެއްގައި އަތް ދޮވެވޭނެ އިންތިޒާމް ހަމަޖައްސާފައިވާއިރު، ހޭންޑް ސެނިޓައިޒަރވެސް އެތަންތަނުން ލިބޭ ގޮތް އެގައުމުތަކުން ދަނީ ހަމަޖައްސަމުންނެވެ.

ލޮކްޑައުންގެ ފިޔަވަޅުތަކަސް ލުއިތަކެއް ދިނުމަށް ނިންމާފައިވާ ޔޫރަޕުގެ ބައެއް ގައުމުތަކުގެ ތެރޭގައި، އޮސްޓްރިއާ، ބެލްޖިއަމް، ބުލްގޭރިއާ، ކްރޮއޭޝިއާ، ސައިޕްރަސް، ޗެކް ރިޕަބްލިކް، ޑެންމަރކް، އެސްޓޯނިއާ، ލިތުއޭނިއާ، ފިންލެންޑް، ފްރާންސް، ޖަރުމަން ވިލާތް ހިމެނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.