ކ. މާލެ
|
22 މެއި 2020 | ހުކުރު 01:43
ހުކުރު ދުވަހު ހަނދު ފެނުމުގެ ފުރުސަތެއް ނެތް
ހުކުރު ދުވަހު ހަނދު ފެނުމުގެ ފުރުސަތެއް ނެތް
މުހައްމަދު ޝަރުހާން
މިއަހަރުގެ ފިތުރު އީދު
ފިތުރު އީދު ވާނީ އާދީއްތަ ދުވަސް!
 
މިއީ 30 ދުވަހުގެ ރޯދަ މަހެއް
 
އިސްލާމީ އެއްވެސް ގައުމަކަށް ހަނދު ފެނުމުގެ ފުރުސަތެއް ނެތް
 
ހުކުރު ދުވަހު ރާއްޖެއަށް އިރު އޮއްސުމުގެ 13 މިނެޓް ކުރިން ހަނދު އޮއްސޭ

ރަމަޟާން މަހުގެ 29 ހަމަ ކޮށް ޝައްވާލު މަހުގެ ހަނދު ބެލުމަށް ދުނިޔޭގެ މުސްލިމުން ހުކުރު ދުވަހުގެ އިރު އޮއްސޭއިރަށް ތައްޔާރު ވަމުން ދާއިރު، ފަލަކީ ހިސާބުތަކަށް ބަލާއިރު، މެއި މަހުގެ 22 ވާ ހުކުރު ދުވަހު، ޝައްވާލު މަހުގެ ހަނދު ފެނުމުގެ ފުރުސަތެއް ނެތެވެ.

ފަލަކީ އިލްމްވެރިންގެ ހިސާބުތަކަށް ބަލާއިރު، ރަމަޟާން މަހުގެ 29 ވާ ހުކުރު ދުވަހު އިރު އޮއްސުމުގެ ކުރިން ހަނދު އޮއްސޭނެއެވެ. އެހެން ކަމުން އިރު އޮއްސޭ ފަހުން ހަނދު ފެނުމުގެ ފުރުސަތެއް ނޯންނާނެއެވެ.

ދިވެހި ރާއްޖެއަށް ހުކުރު ދުވަހު ހަނދު އޮއްސޭނީ އެދުވަހުގެ 18:01 ގައެވެ. އަނެއް ކޮޅުން ހުކުރު ދުވަހު ރާއްޖެއަށް އިރު އޮއްސޭނީ އޭގެ މާފަހުން 18:14 ގައެވެ. އެހެން ކަމުން ރާއްޖެއަށް އިރު އޮއްސުމުގެ 13 މިނެޓް ކުރިން ހަނދު އޮއްސޭނެ ކަމަށް ފަލަކީ ހިސާބުތަކުން ހާމަ ވެއެވެ.

މުސްލިމް ގައުމުތައް ކަމުގައިވާ ސައުދީ އަރަބިއްޔާ އާއި މިސްރާއި، އިންޑޮނީޝިއާ އާއި ތުރުކީ ވިލާތް އަދި މޮރޮކޯ އަށް ވެސް ހުކުރު ދުވަހު، އިރު އޮއްސުމުގެ ކުރިން ހަނދު އޮއްސޭނެ ކަމަށް ހިސާބުތަކުން ފެންނާތީ އެއިން ގައުމަކަށް ވެސް ހުކުރު ދުވަހު ޝައްވާލު މަހުގެ ހަނދު ފެނުމުގެ ފުރުސަތެއް ނެތެވެ.

ރާއްޖެއެކޭ އެއް ގޮތަށް ސައުދީ އަރަބިއްޔާ އަށް ވެސް އިރު އޮއްސުމުގެ 13 މިނެޓް ކުރިން ހަނދު އޮއްސޭނެ ކަމަށް މަޖްމާހް ޔުނިވަރސިޓީގައި ހުންނަ ފަލަކީ އޮބްޒަވޭޓަރީގެ ސައިންސްވެރިން ހާމަ ކޮށްފައިވެއެވެ. އާދީއްތަ ދުވަހަށް ބަލާއިރު، ހަނދު އޮއްސޭނީ، އިރު އޮއްސޭތާ 45 މިނެޓް ފަހުން ކަމަށް ވެސް ސައިންޓިފިކް ހިސާބުތަކުން ހާމަ ވެއެވެ.

އެހެން ކަމުން، މި އަހަރުގެ ރަމަޟާން މަހަކީ 30 ދުވަހުގެ މަހެކެވެ. އެހެން ކަމުން ފަލަކީ ހިސާބުތަކުން ސާބިތުވާ ގޮތުން އީދު ވާނީ މެއި މަހުގެ 24 ވާ އާދީއްތަ ދުވަހެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
12%
62%
2%
7%
2%
14%
ކޮމެންޓް