އާދީއްތަ 12 ޖުލައި 2020
12 ފުނޯސް
1441 ޒުލްގައިދާ 21
ފަތިސް 04:42
އިރުއަރާ 06:00
މެންދުރު 12:15
އަސްރު 15:38
އިރުއޮއްސޭ 18:24
އިޝާ 19:41
ރައީސް ޔާމީންގެ އުފަންދުވަސް

ޔާމީނަށް އުފަންދުވަހުގެ ތަހުނިޔާ ފޮނުވާފައިވާ ޓްވީޓްތަކެއް ރައީސް ނަޝީދު ރީޓްވީޓް ކުރައްވައިފި

  • އިދިކޮޅުގައި ދެ މަޖިލިސް މެމްބަރެއްގެ ޓްވީޓް ރީޓްވީޓް ކުރެއްވި
  • ރީޓްވީޓް ކުރައްވާފއި ވަނީ އެ މަނިކުފާނުގެ ވެރިފައިޑް އެކައުންޓުން
  • ރީޓްވީޓް ކުރެއްވި ސަބަބު ސާފެއް ނުވޭ

ކ. މާލެ | 22 މެއި 2020 | ހުކުރު 01:04 | 7,908

ރައީސް ޔާމީން ވެރިކަމުގެ ހުވާކުރެއްވި ދުވަހު ރައީސް ނަޝީދު ސަލާމް ކުރައްވަނީ - ރައީސް އޮފީސް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އުފަންދުވަހުގެ މުނާސަބަތުގައި ކޮށްފައިވާ ޓްވީޓްތަކެއް، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރީޓްވީޓް ކުރައްވައިފި އެވެ.

ރައީސް ނަޝީދު މި ޓްވީޓްތައް ރީޓްވީޓް ކުރައްވާފައިވަނީ އެ މަނިކުފާނުގެ ވެރިފައިޑް އެކައުންޓުންނެވެ. ރައީސް ނަޝީދު ރީޓްވީޓް ކުރައްވާފައިވަނީ، ސަރުކާރާ އިދިކޮޅު ޕާޓީއަށް ނިސްބަތް ވެވަޑައިގަންނަވާ މަޖިލިސް މެމްބަރުންތަކެއް ކުރައްވާފައިވާ ޓްވީޓްތަކެކެވެ.

މީގެ ތެރޭގައި ހިމެނެނީ، ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު އާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކުރެއްވި ޓްވީޓްތަކެވެ. ރައީސް ނަޝީދު މި ޓްވީޓްތައް ރީޓްވީޓް ކުރެއްވި ސަބަބު މިހާތަނަށް ސާފުވެފައެއް ނުވެ އެވެ.

ސިޔާސީ މައިދާނުގައި ވަރަށް ވާދަވެރި ދެ ބޭފުޅުންގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ރައީސް ނަޝީދު އާއި ރައީސް ޔާމީން އަކީ މިހާރު ރާއްޖޭގައި ތިއްބެވި އެންމެ ނުފޫޒުގަދަ ސިޔާސީ ދެ ލީޑަރުން ކަމަށް ގިނަ ބަޔަކު ދެކެއެވެ. ރާއްޖޭގެ މައި ދެ ޕާޓީ ކަމުގައިވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަދި ޕްރޮގްރެސިވް ޕާޓީ އޮފް ދަ މޯލްޑިވްސް (ޕީޕީއެމް) ގެ ފިކުރަކީ ވެސް މި ދެ ބޭފުޅުންގެ ސިޔާސީ ވިސްނުމުގެ މައްޗަށް ބިނާވެފައިވާ ފިކުރެކެވެ.

ރައީސް ޔާމީންގެ މައްޗަށް ކޮރަޕްޝަނުގެ މައްސަލައެއް ސާބިތުގެ ޖަލަށް ލުމާއި ގުޅިގެން، މިހާތަނަށް ރައީސް ނަޝީދު އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ. ނަމަވެސް، ވާދަވެރި ސިޔާސީ މައިދާނުގައި، މީގެ ކުރިން ދެ ބޭފުޅުން ވެސް ވަނީ އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް އަމާޒުކޮށް ހޫނު ބަހުގެ ހަމަލާތައް ބަދަލު ކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ރާއްޖެ އެމްވީ

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.