ކ. މާލެ
|
22 މެއި 2020 | ހުކުރު 01:49
ފޭސްބުކުން ތައާރަފް ކުރި އާ ފީޗާ، \" ފޭސްބުކް އެވެޓާ\"
ފޭސްބުކުން ތައާރަފް ކުރި އާ ފީޗާ، " ފޭސްބުކް އެވެޓާ"
ގޫގުލް
ފޭސްބުކް އެވެޓާ
ފޭސްބުކްގެ ކެއަރ ރިއެކްޓަށް ފަހު މިފަހަރު "ފޭސްބުކް އެވެޓާ"
 
ދާދި ފަހުން ފޭސްބުކުން ވަނީ "ކެއަރ ރިއެކްޓް" ވެސް ތައާރަފުކޮށްފައި
 
މި ފީޗާ އެމެރިކާގައި ފޭސްބުކް ބޭނުން ކުރާ ފަރާތްތަކަށް މިހާރު ލިބޭނެ
 
ފޭސްބުކް އެވެޓާ އަކީ ސްނެޕްޗެޓްގެ ބިޓްމޯޖީ އާ އެއްގޮތަށް އެމީހެއްގެ އަމިއްލަ ކާޓޫން ހެދޭ ފީޗާ އެއް

ފޭސްބުކުން މިވަނީ ކެއަރ ރިއެކްޓް އަށްފަހު އަނެއްކަވެސް އާ ފީޗާ އެއް ތައާރަފު ކޮށްފައެވެ. އެއީ ފޭސްބުކް "އެވެޓާ" އެވެ.

ފޭސްބުކް އެވެޓާ އަކީ ސްނެޕްޗެޓްގައި ހުންނަ "ބިޓްމޯޖީ" އާ ދާދި އެއްގޮތަށް އެމީހެއްގެ އަމިއްލަ ކާޓޫން ހެދޭނެ ފީޗާ އެކެވެ. އެވެޓާ ބޭނުން ކުރެވޭނީ ކޮމެންޓް ކުރުމަށާއި ފޭސްބުކް ސްޓޯރީސްގައި އަދި މެސެންޖާގައި ސްޓިކާއެއްގެ ގޮތުގަ އެވެ.

ފޭސްބުކްގެ މި ފީޗާ ވަނީ 2019 ވަނަ އަހަރުގައި ޔޫރަޕްގެ ބައެއް ގައުމުތަކުގައި ޓެސްޓު ކޮށްފަ އެވެ.

މި ފީޗާ އެމެރިކާގައި ފޭސްބުކް ބޭނުން ކުރާ ފަރާތްތަކަށް މިހާރު ވަނީ ލިބިފައިވާ އިރު ފޭސްބުކް އެޕްލިކޭޝަންގެ ހެޑް، ފިޑްޖީ ސައިމޯ ބުނީ ކުރިއަށް އޮތް ތަނުގައި ގިނަ ގައުމުތަކަށް މި ފީޗާ ލިބޭނެކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ މި ފީޗާ ގެ ސަބަބުން އާއިލާ އާއި ރަހުމަތްތެރިންގެ ދެމެދުގައި އޮންނަ ގުޅުން ބަދަހިކޮށްދޭނެ ކަމަށެވެ.

ފޭސްބުކަށް މި ފީޗާ އަންނަ އިރު ދާދި ފަހުން ފޭސްބުކުން ތައާރަފް ކުރި "ކެއަރ ރިއެކްޓް" ވަނީ ގިނަ ބަޔަކަށް ކަމުގޮސް މި ރިއެކްޓްގެ ފޯރި ވަނީ ފޭސްބުކްގައި ގަދަވެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
28%
21%
3%
24%
7%
17%
ކޮމެންޓް