ކ. މާލެ
|
21 މެއި 2020 | ބުރާސްފަތި 22:40
ސަންޓޯސް ލަގޫނާގެ ކުޅުންތެރިން: 8 ކުޅުންތެރިއަކު ވަނީ ކޮވިޑް-19 ށް ޕޮޒިޓިވް ވެފައި
ސަންޓޯސް ލަގޫނާގެ ކުޅުންތެރިން: 8 ކުޅުންތެރިއަކު ވަނީ ކޮވިޑް-19 ށް ޕޮޒިޓިވް ވެފައި
އޭޕީ
ސަންޓޯސް ލަގޫނާގެ ކުޅުންތެރިން ޕޮޒިޓިވްވުން
މެކްސިކޯ ލީގުގެ ސަންޓޯސް ލަގޫނާ އިން 8 ކުޅުންތެރިއަކު ކޮރޯނާވައިރަހަށް ޕޮޒިޓިވް
 
އެ ކުޅުންތެރިންގެ ހާލު ރަނގަޅު ކަމަށް ވަނީ ބުނެފައި
 
އެ ކުޅުންތެރިންގެ ނަންތައް ހާމަކޮށްފައެއް ނުވޭ

މެކްސިކޯގެ ފުރަތަމަ ޑިވިޝަން ކަމަށްވާ ލީގާ އެމްއެކްސްގައި ވާދަކުރަމުން އަންނަ ސަންޓޯސް ލަގޫނާގެ 8 ކުޅުންތެރިއަކު ކޮރޯނާވައިރަސް (ކޮވިޑް-19) ށް ޕޮޒިޓިވް ވެއްޖެ އެވެ.

މެކްސިކޯ ލީގުން ވަނީ ސަންޓޯސް ލަގޫނާ އިން 8 ކުޅުންތެރިއަކު ކޮވިޑް-19 ށް ޕޮޒިޓިވްވިކަން ހާމަކޮށްފައެވެ. އެ ލީގުން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަންޓޯސް ލަގޫނާގެ 8 ކުޅުންތެރިއަކު ވައިރަހަށް ޕޮޒިޓިވްވި ނަމަވެސް، އެ ހުރިހާ ކުޅުންތެރިންގެވެސް ހާލު ރަނގަޅު ކަމަށެވެ. އަދި އެ ކުޅުންތެރިން ޕޮޒިޓިވްވި ނަމަވެސް، އެ ކުޅުންތެރިންގެ ހަށިގަނޑުން ވައިރަހުގެ އަލާމާތެއް ފެނިފައިނުވާ ކަމަށްވެސް ވަނީ ބުނެފައެވެ.

ސަންޓޯސް ލަގޫނާގެ 8 ކުޅުންތެރިއަކު ކޮވިޑް-19 ށް ޕޮޒިޓިވްވިކަން މެކްސިކޯ ލީގުން ހާމަކުރި ނަމަވެސް، އެ ކުޅުންތެރިންގެ ނަންތައް ހާމަކޮށްފައެއް ނުވެއެވެ.

ސަންޓޯސް ލަގޫނާގެ 8 ކުޅުންތެރިއަކު ކޮވިޑް-19 ށް ޕޮޒިޓިވްވުމުން، އެ ކްލަބުގެ ރައީސް ވަނީ މި ސީޒަންގެ މެކްސިކޯ ލީގު ކުރިއަށް ގެންދަން ބޭނުންނުވާ ކަމަށް ބުނެފައެވެ.

ކޮވިޑް-19 އާ ގުޅިގެން މެކްސިކޯ ލީގު މެދުކަނޑާލީ މާޗު މަހުގެ 15 ވަނަ ދުވަހު އެވެ. ޖުލައި މަހު ލީގު އަލުން ފެށުމަށް ކްލަބުތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް