ކ. މާލެ
|
21 މެއި 2020 | ބުރާސްފަތި 20:18
ނ. މަނަދޫ މަތިން ނަގާފައިވާ ފޮޓޯއެއް
ނ. މަނަދޫ މަތިން ނަގާފައިވާ ފޮޓޯއެއް
ރާއްޖެއެމްވީ
ކޮވިޑް-19 ޖެހުނު މީހަކު ނިޔާވުން
ކޮވިޑް-19 ޖެހުމަށްފަހު ރަނގަޅުވި ކަމަށް ރިޕޯޓްކުރެވުނު މަނަދޫ މީހާ ނިޔާވެއްޖެ
 
އެ މީހާއާ ކޮންޓެކްޓްވީ އެހެން ބަޔަކު ވެސް ވައިރަސްއަށް ޕޮޒިޓިވްވެފައި
 
އެ މީހާ ރަނގަޅުވީ ކަމަށް ވިދާޅުވީ ހެލްތް މިނިސްޓަރ އަބްދުﷲ އަމީން
 
ނިޔާވެފައިވަނީ ނ، މަނަދޫ ކާމިނިީގެ، ސަންފާ ގާސިމް

ކޮވިޑް-19 ޖެހިފައިވާ 5 ވަނަ މީހަކު ނިޔާވެއްޖެ އެވެ.

ނިޔާވެފައިވަނީ ނ، މަނަދޫ ކާމިނިީގެ، ސަންފާ ގާސިމް އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އެމީހާއަކީ މި މަހުގެ 1 ވަނަ ދުވަހު ނ. މަނަދޫން ކޮވިޑް-19 އަށް ޕޮޒިޓިވްވި 80 އަހަރުގެ އުމުރުން ދުވަސްވީ އަންހެން މީހާ އެވެ.

އިތުބާރުހުރި މަސްދަރަކުން، ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން ވިދާޅުވީ އެމީހާ ނިޔާވެފައިވަނީ އެހެން ބައްޔަކަށް ފަރުވާ ހޯދަމުންދަނިކޮށް، ހޮސްޕިޓަލުގަ އެވެ. އަދި އެމީހާ މަރުވުމުގެ ތިން ގަޑިއިރު ކުރިން ސާމްޕަލް ނަގާފައިވާ ކަމަށް ވެސް ޑޮކްޓަރު ވިދާޅުވި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާގެ ޙާލު ބޮޑުވެގެން މާލެ ގެނައީ އޭޕްރިލް މަހުގެ 30 ވަނަ ދުވަހުގެރޭގަ އެވެ. ހުން ހުރުމާއެކު އައިޖީއެމްއެޗުން ކޮވިޑް-19 އަށް ޓެސްޓް ކުރި އެވެ. އަދި ޕޮޒިޓިވްވިކަން އެނގިފައިވަނީ މި މަހުގެ ފުރަތަމަ ދުވަހުގެ ހަވީރު ގެ ވަގުތެއްގަ އެވެ.

އެއީ އެމީހާގެ ފުރަތަމަ ޓެސްޓުގެ ނަތީޖާ ޕޮޒިޓިވްވި ނަމަވެސް ފަހުން ހެދި ޓެސްޓްގެ ނަތީޖާ ނެގެޓިވްވި އެވެ. އޭގެފަހުން ސާމްޕަލެއް ނަގާފައިވާއިރު އެ ސާމްޕަލްގެ ނަތީޖާ ޕޮޒިޓިވްކަމަށް ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ)ގެ ތަރުޖަމާން މަބްރޫކްވަނީ ވިދާޅުވެފަ އެވެ. އަދި މި މީހާއަށް ފަރުވާދީފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާ އެވެ.

މަނަދޫއިން ޕޮޒިޓިވް ވި މީހާ ބަލިން ފަސޭހަވެފައިވާ ކަން ހާމަކޮށްފައިވަނީ މި މަހުގެ 18 ވަނަ ދުވަހު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
5%
0%
89%
5%
0%
0%
ކޮމެންޓް