ކ. މާލެ
|
21 މެއި 2020 | ބުރާސްފަތި 20:40
އިޓާލިއަން ލީގުގައި އޭސީ މިލާނާއި ޔުވެންޓަސް ބައްދަލުކުރި މެޗުގެ ތެރެއިން
އިޓާލިއަން ލީގުގައި އޭސީ މިލާނާއި ޔުވެންޓަސް ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
އިޓާލިއަން ލީގު ފުރިހަމަކުރުން
އޮގަސްޓް 20 ގެ ކުރިން އިޓާލިއަން ލީގު ނިންމަން ހިފާފައި
 
ޖޫން 14 ގެ ކުރިން ލީގު ނުފެށޭނެކަން ވަނީ ޔަގީންވެފައި
 
މިމަހުގެ 28 ގައި އޮންނަ ބައްދަލުވުމުގައި އިޓާލިއަން ލީގާ މެދު ވަކިގޮތެއް ކަނޑައަޅާނެ

އޮގަސްޓް މަހުގެ 20 ވަނަ ދުވަހުގެ ކުރިން އިޓާލިއަން ލީގު ނިންމަން ކަނޑައަޅައިފި އެވެ.

މީގެ ކުރިން ޖޫން މަހުގެ 13 ވަނަ ދުވަހު އިޓާލިއަން ލީގު އަލުން ފަށަން ކްލަބުތަކުން ރުހުންދިން ނަމަވެސް، ޖޫން މަހުގެ 14 ވަނަ ދުވަހުގެ ކުރިން ލީގު އަލުން ނުފެށޭނެ ކަން ވަނީ ޔަގީންވެފައެވެ. އިޓާލިއަން ލީގު އަލުން ފެށުމާމެދު ސަރުކާރުން ވަކި ގޮތެއް ކަނޑައަޅާނީ މިމަހުގެ 28 ވަނަ ދުވަހު އޮންނަ ބައްދަލުވުމުގައި ކަމަށް އިޓަލީގެ ކުޅިވަރާ ބެހޭ ވަޒީރު ވިންޗެންޒޯ ސްޕަޑަފޯރާ މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

އޮގަސްޓް މަހުގެ 20 ވަނަ ދުވަހުގެ ކުރިން ލީގު އެއްކޮށް ފުރިހަމަ ކުރަން ކަނޑައެޅީ ބުދަ ދުވަހު އީޓާލިއަން ފުޓްބޯލް ފެޑެރޭޝަންގެ ރައީސް ގެބްރިއަލީ ގްރަވީނާ އާއި ލެގާ ސެރިއާގެ ރައީސް ޕައޯލޯ ދަލް ޕީނޯ އަދި ލީގުގެ ހިއްސާދާރުންނާއެކު ބޭއްވި ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ފުޓްބޯޅަ ކަލަންޑަރާ ބެހޭ ގޮތުން މަޝްވަރާ ކުރިއިރު، މި ސީޒަން އޮގަސްޓް މަހުގެ 20 ވަނަ ދުވަހު ނިންމާ، އަންނަ ސީޒަން ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހު ފަށަން ވަނީ ނިންމާފައެވެ.

ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން މެދުކަނޑާލާފައިވާ މިފަހަރުގެ ސީޒަން އަލުން ފެށުމަށް ތައްޔާރުވަމުންދާއިރު، މީގެ ކުރިން އިޓަލީގެ ސަރުކާރުން ވަނީ މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން ކުޅުންތެރިން އެކުގައި ތަމްރީނުތައް ހެދުމުގެ ހުއްދަ ދީފައެވެ.

އިޓާލިއަން ލީގުގެ ކްލަބުތަކުން ކުޅުންތެރިން ކޮވިޑް-19 ށް ޓެސްޓު ކޮށްފައިވާއިރު، މިހާތަނަށް ޕާމާގެ ދެ ކުޅުންތެރިއަކާއި، ސަމްޕްޑޯރިއާގެ ހަތަރު ކުޅުންތެރިއަކާއި، ޓޮރީނޯގެ ކުޅުންތެރިއެއްގެ އިތުރުން ފިއޮރެންޓީނާގެ ތިން ކުޅުންތެރިއަކު ވަނީ ކޮވިޑް-19 ށް ޕޮޒިޓިވް ވެފައެވެ.

ޖޫން މަހު އިޓާލިއަން ލީގު އަލުން ފަށަން މަސައްކަތް ކުރަމުން އަންނައިރު، މިދިޔަ ހޮނިހިރު ދުވަހު ޖަރުމަން ލީގުގެ ކުޅުން ވަނީ ފަށާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ފުލުހުންގެ ހިދުމަތަށް 91 އަހަރު - މިދިޔަ 5 އަހަރަކީ ފުލުހުންގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްކުރެވުނު 5 އަހަރު
ފައްޔާޒު ފުލުހަށް ހާޒިރުކުރުން: މިއީ އަނިޔާވެރިކަމުގެ ފެށުންތަ؟
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމުގައި މީހަކު ބަންދުކޮށްފި
ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް
އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ
ރަމަޟާންމަހު ފަހު 10ގައި ބީއެމްއެލްއިން ހިދުމަތްދޭނެ ގަޑިތައް އާންމުކޮށްފި
ގެދޮރުވެރިކަމަށް ބޭނުންޖެހިފައިވާ ދިވެހި ސިފައިންނަށް ގެދޮރުވެރިކަން ޔަގީންކޮށްދޭނަން: ރައީސް މުއިއްޒު