ކ. މާލެ
|
21 މެއި 2020 | ބުރާސްފަތި 17:31
ޗެލްސީގެ ފޯވާޑް އޮލިވިއޭ ޖިރޫޑް: އެއްބަސްވުން އާކުރީ އިތުރު އެއް އަހަރަށް
ޗެލްސީގެ ފޯވާޑް އޮލިވިއޭ ޖިރޫޑް: އެއްބަސްވުން އާކުރީ އިތުރު އެއް އަހަރަށް
ގެޓީ އިމޭޖަސް
ޖިރޫޑްގެ އެއްބަސްވުން އާކުރުން
ޗެލްސީގެ އެއްބަސްވުން އޮލިވިއޭ ޖިރޫޑް އާކޮށްފި
 
ޖިރޫޑް ހޯދުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަމުން އައީ އިންޓަ މިލާނުން
 
ޗެލްސީގެ އެއްބަސްވުން ޖިރޫޑް އާކުރީ އިތުރު އެއް އަހަރަށް

ޗެލްސީ އާއެކު ހަދާފައިވާ އެއްބަސްވުން ފްރާންސްގެ ފޯވާޑް އޮލިވިއޭ ޖިރޫޑް އާކޮށްފި އެވެ.

ޗެލްސީ އާއެކު ޖިރޫޑް ކުރިން ހަދާފައިވާ އެއްބަސްވުން މި ސީޒަން ނިމުމުން ހަމަވާނެ އެވެ. އެހެންކަމުން އިތުރު އެއް އަހަރަށް ޗެލްސީގައި މަޑުކުރަން ޖިރޫޑް ވަނީ ނިންމާ އެއްބަސްވުން އާކޮށްފައެވެ.

ޗެލްސީގެ އެއްބަސްވުން ޖިރޫޑް އާކުރިއިރު، ނިމިދިޔަ ފިނި މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ޖިރޫޑް ވަނީ އިންޓަ މިލާނަށް ބަދަލުވުމާ ގާތަށް ގޮސްފައެވެ.

ދާދި ފަހުން ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް ވަނީ ޖިރޫޑްގެ އެއްބަސްވުން އާކުރަން ބޭނުންވާ ކަމަށް ބުނެފައެވެ. ޖިރޫޑްގެ އިތުރުން ޗެލްސީގެ ގޯލްކީޕަރު ވިލީ ކަބަލޭރޯ ވެސް ވަނީ އެއްބަސްވުން އާކޮށްފައެވެ. ދެން ޗެލްސީން އެއްބަސްވުން އާކުރަން މަސައްކަތް ކުރަމުން އަންނަނީ ބްރެޒިލްގެ މިޑްފީލްޑަރު ވިލިއަންގެ އެވެ.

ޗެލްސީގައި އިތުރު އެއް އަހަރު މަޑުކުރަން ޖިރޫޑް ނިންމިއިރު، ޖިރޫޑް ހޯދުމަށް އިންޓަގެ އިތުރުން ޓޮޓެންހަމް ހޮޓްސްޕާ އާއި ލާޒިއޯ އިންވެސް ވަނީ މަސައްކަތް ކޮށްފައެވެ.

އާސެނަލްއިން ވިދާލި ޖިރޫޑް ޗެލްސީ އަށް ބަދަލުވީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހު އެވެ. ޗެލްސީއަށް ބަދަލުވެ، އެ ކްލަބާއެކު އެފްއޭ ކަޕާއި ޔޫރަޕާ ލީގު ކާމިޔާބުކޮށްފައިވާ ޖިރޫޑް ވަނީ މިހާތަނަށް އެ ކްލަބަށް ކުޅުނު 76 މެޗުގައި 21 ލަނޑު ކާމިޔާބުކޮށްފައެވެ.

އަދި ފްރާންސާއެކު 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ޖިރޫޑް ވަނީ ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 97 މެޗުގައި 39 ލަނޑު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް