ކ. މާލެ
|
21 މެއި 2020 | ބުރާސްފަތި 17:03
ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް: ލިވަޕޫލުންވެސް ވަނީ ފަރިތަކުރަން ފަށާފައި
ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް: ލިވަޕޫލުންވެސް ވަނީ ފަރިތަކުރަން ފަށާފައި
ގެޓީ އިމޭޖަސް
ލިވަޕޫލުން ފަރިތަކުރުންތައް ފެށުން
ފަރިތަކުރަން ލިވަޕޫލްގެ އެއްވެސް ކުޅުންތެރިއަކަށް މަޖުބޫރު ކަމެއް ނޯންނާނެ: ކްލޮޕް
 
މީގެ ކުރިން ފަރިތަކުރުންތަކަށް ނުކުންނަން ވަޓްފޯޑުގެ ކެޕްޓަން ޓްރޯއި ޑީނީ ވަނީ ދެކޮޅު ހަދާފައި
 
އަންގާރަ ދުވަހު ކްލަބުތަކުން ވަނީ ކުދި ގްރޫޕްތައް ހިމެނޭ ގޮތަށް ފަރިތަކުރުންތަކަށް ނުކުމެފައި

ފަރިތަކުރުންތަކަށް ނުކުންނަން ލިވަޕޫލްގެ އެއްވެސް ކުޅުންތެރިޔަކަށް މަޖުބޫރުކަމެއް ނޯންނާނެ ކަމަށް އެ ކްލަބުގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން މެދުކަނޑާލާފައިވާ އިނގިރޭސި ޕްރިމިއާ ލީގު އަލުން ފެށުމަށް ތައްޔާރުވަމުން އަންނައިރު، އަންގާރަ ދުވަހު ކްލަބުތަކުން ވަނީ ކުދި ގްރޫޕްތައް ހިމެނޭ ގޮތަށް ފަރިތަކުރުންތައް ފަށާފައެވެ.

އެކަމަކު ރައްކާތެރިކަމުގެ ގޮތުން ފަރިތަކުރުންތައް ކުރިއަށް ގެންދެވެނީ ހަރުކަށި ފިޔަވަޅުތަކަކާއި އެކުއެވެ. އެގޮތުން ކުދި ގްރޫޕްތައް ހިމެނޭ ގޮތަށް ފަރިތަކުރުންތައް ކުރިއަށް ގެންދަން ޖެހޭއިރު، ޓެކުލް ކުރުމާއި ކުޅުންތެރިން ކޮންޓެކްޓްވުން ވަނީ މަނާ ކޮށްފަ އެވެ. ކުޅުންތެރިން ކޮންޓެކްޓް ވެވޭ ގޮތަށް ފަރިތަކުރުން ކުރިއަށް ގެންދަން ފުރުސަތު ދޭން ނިންމާފައިވަނީ އަދި ހަފްތާއެއްހާ ދުވަސް ފަހުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކްލަބުތަކުން ފަރިތަކުރުންތައް ފެށި ނަމަވެސް، މީގެ ކުރިން ވަޓްފޯޑުގެ ކެޕްޓަން ޓްރޯއި ޑީނީ ވަނީ ފަރިތަކުރުންތަކަށް ނުކުންނަން ދެކޮޅު ހަދާފައެވެ.

ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ މިއީ އުނދަގޫ ވަގުތެއް ކަމަށާއި ކުރިއަށް ދެވޭނީ ކުޅުންތެރިންގެ އެއްބާރުލުމާ އެކު ކަމަށެވެ. އަދި ކުޅުންތެރިން ނުރައްކަލުގެ ތެރެއަށް ނުލާނެ ކަމަށާއި ފަރިތަކުރުންތަކަށް ނުކުންނަން ވެސް ލިވަޕޫލްގައި އެއްވެސް ކުޅުންތެރިޔަކަށް މަޖުބޫރުކަމެއް ނޯންނާނެ ކަމަށް ވަނީ ބުނެފައެވެ.

ޕްރިމިއާ ލީގު އަލުން ފަށަން ތައްޔާރުވަމުންދާތީ ކްލަބުތަކުން ފަރިތަކުރުންތަކަށް ނުކުތްއިރު، ރިޕޯޓުތައް ބުނާ ގޮތުން ޕްރިމިއާ ލީގުގެ މެޗުތައް ސަޕޯޓަރުން ނުވައްދާ ކުޅޭ ގޮތަށް ޖޫން މަހުގެ 12 ވަނަ ދުވަހު ފަށަން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ލީގު ކުރިއަށް ގެންދިޔުމަށް ހުރިހާ ކްލަބުތަކުން މިހާރު ވަނީ އެއްބަސްވެފަ އެވެ.

މާޗު މަހުގެ އަށްވަނަ ދުވަހު ލީގު މެދުކަނޑާލިއިރު އެއްވަނައިގައި ލިވަޕޫލް އޮތީ 25 ޕޮއިންޓުގެ ލީޑަކާ އެކު އެވެ. 30 އަހަރަށް ފަހު ލީގު ޗެމްޕިއަންކަން ހޯދަން ލިވަޕޫލަށް ދެން ބޭނުންވަނީ އެންމެ 6 ޕޮއިންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
100%
0%
0%
ކޮމެންޓް