ކ. މާލެ
|
21 މެއި 2020 | ބުރާސްފަތި 16:21
ވަޓްފޯޑުގެ ޑިފެންޑަރު އޭޑްރިއަން މަރިއަޕާ: ވައިރަހަށް ޕޮޒިޓިވްވުމުން ވަނީ އައިސޮލޭޝަނަށް ބަދަލުކޮށްފައި
ވަޓްފޯޑުގެ ޑިފެންޑަރު އޭޑްރިއަން މަރިއަޕާ: ވައިރަހަށް ޕޮޒިޓިވްވުމުން ވަނީ އައިސޮލޭޝަނަށް ބަދަލުކޮށްފައި
ގެޓީ އިމޭޖަސް
މަރިއަޕާ ކޮވިޑް-19 ށް ޕޮޒިޓިވްވުން
ވަޓްފޯޑުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވީ ޑިފެންޑަރު އޭޑްރިއަން މަރިއަޕާ
 
ވަޓްފޯޑުގެ ޑިފެންޑަރު މަރިއަޕާ އިތުރުން އެ ކްލަބުގެ ދެ މުވައްޒަފަކު ވެސް ވަނީ ޕޮޒިޓިވް ވެފައި
 
ޕްރިމިއާ ލީގުގެ ތިން ކްލަބަކުން ހަ މީހަކު ވަނީ ޕޮޒިޓިވް ވެފައި

ކޮރޯނާވައިރަސް (ކޮވިޑް-19) ށް ވަޓްފޯޑުން ޕޮޒިޓިވްވީ އޭނާ ކަން އެ ކްލަބުގެ ޑިފެންޑަރު އޭޑްރިއަން މަރިއަޕާ ހާމަކޮށްފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގު އަލުން ފަށަން ތައްޔާރުވަމުން އަންނައިރު، އާދީއްތަ ދުވަހާއި ހޯމަ ދުވަހު 19 ކްލަބެއްގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ކޮވިޑް-19 ށް ޓެސްޓު ކޮށްފައެވެ.

އެގޮތުން މި ދެ ދުވަހު 748 މީހަކު ޓެސްޓު ކުރިއިރު، ތިން ކްލަބަކުން ހަ މީހަކު ވައިރަހަށް ޕޮޒިޓިވް ވެފައިވާ ކަމަށް ޕްރިމިއާ ލީގުން ވަނީ ހާމަކޮށްފައެވެ.

އަންގާރަ ދުވަހުގެ ވަގުތެއްގައި ވަޓްފޯޑުން ވަނީ އެ ކްލަބުގެ ކުޅުންތެރިއެއްގެ އިތުރުން ދެ މުވައްޒަފަކު ވައިރަހަށް ޕޮޒިޓިވް ވިކަން ހާމަކޮށްފައެވެ. އެކަމަކު އެ ތިން މީހުންގެ ނަން ވަޓްފޯޑުން ހާމަކޮށްފައެއެ ނުވެއެވެ.

ވަޓްފޯޑުން ނަން ހާމަނުކުރި ނަމަވެސް، މަރިއަޕާ ވަނީ ކޮވިޑް-19 ށް ޕޮޒިޓިވްވީ އޭނާ ކަން ހާމަކޮށްފައެވެ. މަރިއަޕާ ބުނީ އެ ދުވަހު ޓެސްޓު ނުހެދި ނަމަ ވައިރަހަށް ޕޮޒިޓިވް ވެފައިވާކަން ނޭނގޭނެ ކަމަށާއި، ބިރުގަންނަނީ ހާލު ރަނގަޅަށް ހުރެ ވައިރަހަށް ޕޮޒިޓިވްވުމުން ކަމަށެވެ.

ކޮވިޑް-19 ށް ވަޓްފޯޑުގެ މަރިއަޕާ އާއި އެ ކްލަބުގެ ދެ މުވައްޒަފެއްގެ އިތުރަށް ބާންލީގެ އެސިސްޓަންޓް ކޯޗު އިއަން ވޯން ވެސް ވަނީ ޕޮޒިޓިވް ވެފައެވެ.

ޕްރިމިއާ ލީގުން ހަ މީހަކު ކޮވިޑް-19 ށް ޕޮޒިޓިވްވި ނަމަވެސް، އަންގާރަ ދުވަހު ކްލަބުތަކުން ވަނީ ކުދި ގްރޫޕްތައް ހިމެނޭ ގޮތަށް ފަރިތަކުރުންތައް ފަށާފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޕްރިމިއާ ލީގުގެ މެޗުތައް ސަޕޯޓަރުން ނުވައްދާ ކުޅޭ ގޮތަށް ޖޫން މަހުގެ 12 ވަނަ ދުވަހު ފަށަން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ލީގު ކުރިއަށް ގެންދިޔުމަށް ހުރިހާ ކްލަބުތަކުން މިހާރު ވަނީ އެއްބަސްވެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް