އަންގާރަ 04 އޯގަސްޓު 2020
07 އަހުލިހަ
1441 ޒުލްޙައްޖު 14
ފަތިސް 04:47
އިރުއަރާ 06:02
މެންދުރު 12:16
އަސްރު 15:34
އިރުއޮއްސޭ 18:23
އިޝާ 19:38
އެމެރިކާއިން ކޮވިޑް-19 ވެކްސިން ގަތުން

އެމެރިކާއިން ކޮވިޑް-19 ވެކްސިންގެ 300 މިލިއަން ޑޯޒް ގަންނަން އޯޑަރު ދީފި

  • އެސްޓްރާޒެނިކާ އާއި އޮކްސްފޯޑް ޔުނިވަރސިޓީން ކުރަމުންދާ މަސައްކަތްތަކަށް 1.2 ބިލިއަން އެމެރިކާ ޑޮލަރު އިތުރަށް ދިނުމަށް ވަނީ ނިންމާފައި
  • ވެކްސިން އުފެއްދުމަށް ކުރަމުންދާ މަސައްކަތުގެ ސްޕީޑް އަވަސްވެ، އަންނަ އަހަރު އަންނަން ވާއިރަށް ގިނަ ބަޔަކަށް ވެކްސިން ލިބުމަށް މަގުފަހިވާނެ
  • ރަނގަޅަށް ފައިދާ ކުރާނެ ވެކްސިނެއް އުފެއްދުމަށް 12 މަސް ދުވަހާއި 18 މަސް ދުވަސް ހޭދަވޭ

ކ. މާލެ | 21 މެއި 2020 | ބުރާސްފަތި 16:59 | 30,983

ކޮވިޑް-19 އަށް ވެކްސިނެއް ހޯދުމުގެ މަސައްކަތް ދުނިޔޭގައި އަންނަނީ ކުރަމުން - ރޮއިޓަރސް

ދުނިޔޭގައި މިވަގުތު އެންމެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިގެން ރިޕޯޓު ކުރަމުން އަންނަ އެމެރިކާއިން ވައިރަސް އަށް ވެކްސިނެއް ހޯދުމަށް އެސްޓްރާޒެނިކާ އާއި އޮކްސްފޯޑް ޔުނިވަރސިޓީން ކުރަމުންދާ މަސައްކަތްތަކަށް 1.2 ބިލިއަން އެމެރިކާ ޑޮލަރު އިތުރަށް ދިނުމަށް ނިންމައިފި އެވެ.

މީގެއިތުރުން ވެކްސިންގެ 300 މިލިއަން ޑޯޒް ގަތުމަށްވެސް ވައިޓް ހައުސް އިން ވަނީ އޯޑަރ ކޮށްފަ އެވެ. މިއަހަރުގެ އޮކްޓޯބަރ މަހު ވެކްސިންގެ ފުރަތަމަ ޑޯޒް ލިބޭނެކަމަށް މިހާރު އުންމީދުކުރެވެ އެވެ. އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހެލްތު އެންޑް ހިޔުމަން ސަރވިސަސް އިން ބުރާސްފަތި ދުވަހު ބުނެފައި ވަނީ އެސްޓްރާޒެނިކާ އާއެކު ހެދިގެން މިދިޔަ ކޮންޓްރެކްޓް އާ އެކު ވެކްސިން އުފެއްދުމަށް ކުރަމުންދާ މަސައްކަތުގެ ސްޕީޑް އަވަސްވެ، އަންނަ އަހަރު އަންނަން ވާއިރަށް ގިނަ ބަޔަކަށް ވެކްސިން ލިބުމަށް މަގުފަހިވާނެ ކަމަށެވެ.

އެމެރިކާއިން މިކަމަށް ދޭ އެހީތެރިކަމާއެކު މިއަހަރުގެ ހޫނު މޫސުމުގައި އެމެރިކާގައި މިވެކްސިންގެ ޓްރެއަލް ތައް ކުރިޔަށް ގެންދާނެ އެވެ. މީގެތެރޭގައި 30،000 ވޮލަންޓިއަރުން ހިމެނޭއިރު އޮކްސްފޯރޑް ޔުނިވަރސިޓީން ކުރަމުންދާ މަސައްކަތަށް އިތުރު ބާރެއް މިކަމުގެ ސަބަބުން ލިބިގެންދާނެ އެވެ.

އެހެންނަމަވެސް ވެކްސިން އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ އެސްޓްރާޒެނިކާ އިން ބުނާގޮތުގައި މިވެކްސިން އަކީ އަދި ކާމިޔާބު ވެފައިވާ ވެކްސިނެއް ނޫނެވެ. މިވެކްސިން އަދި މަސައްކަތް ނުކޮށްފާނެ ކަމަށާއި މިހާރު އެމީހުން މަޑުކޮށްގެން އެތިބީ ދެކުނު އިންގްލެންޑްގައި ކުރިޔަށްދާ ޓްރެއަލް ތަކުގެ ނަތީޖާ އަންނަ ގޮތަކަށް ކަމަށް އެސްޓްރާޒެނިކާ އިން ވަނީ ބުނެފަ އެވެ. ވެކްސިން އިތުރަށް ޓެސްޓް ކުރަން ފަށާނީ މި ޓްރެއަލް އިން ނަތީޖާ ފެންނަ ގޮތަކުން ކަމަށް އެސްޓްރާޒެނިކާ ވަނީ ބުނެފަ އެވެ.

މިހާތަނަށް ދުނިޔޭގައި އެތައް ފާމަސޫޓިކަލް ކުންފުނިތަކަކުން ވައިރަސް އަށް ވެކްސިން އާއި ބޭހެއް ބޭހެއް ހޯދުމަށް ކުރަމުންދާ މަސައްކަތް ކާމިޔާބުވެފަ އެއް ނުވެ އެވެ. ކަމާބެހޭ މާހިރުން ބުނާގޮތުގައި ރަނގަޅަށް ފައިދާ ކުރާނެ ވެކްސިނެއް އުފެއްދުމަށް 12 މަސް ދުވަހާއި 18 މަސް ދުވަސް ހޭދަވާނެ އެވެ.

އެމެރިކާ ސަރުކާރުން މިހެދި އެއްބަސްވުމުގެ ދަށުން ބައޯމެޑިކަލް އެޑްވާންސް ރިސަރޗް އެންޑް ޑިވެލޮޕްމަންޓް އޮތޯރިޓީން 1.2 ބިލިއަން ޑޮލަރު ވެކްސިން އުފައްދަން ކުރާ ކްލިނިކަލް ސްޓަޑީޒް އާއި ވެކްސިން ތަރައްޤީ ކުރުމަށާއި ގިނަ އަދަދަކަށް ވެކްސިން އުފެއްދުމަށް ދައްކާނެ އެވެ.

އެސްޓްރާޒެނިކާ އިން މިހާރުވެސް ވަނީ އިނގިރޭސި ސަރުކާރާއެކު 100 މިލިއަން ޑޯޒް ދިނުމަށް އެއްބަސް ވެފައެވެ. އަދި ވެކްސިން ދޫކުރަން ފަށާނެ ކަމަށް މިހާރު ބެލެވިފައިވަނީ ސެޕްޓެމްބަރ މަހު އެވެ.

އެކުންފުނިން ބުނެފައިވާ ގޮތުގައި ވެކްސިން ކާމިޔާބު ވެއްޖެނަމަ މި ވެކްސިންގެ ބިލިއަން ޑޯޒް މި އަހަރާއި އަންނަ އަހަރު އެކި ގައުމުތަކަށް ފޯރުކޮށްދެވޭވަރު ވާނެ އެވެ.

ވެކްސިން ޓެސްޓް ކުރުމުގެ ކަންތަކުގައި ބައިނަލްއަގުވާމީ ޖަމާޢަތްތައް ވެސް ބައިވެރިކުރުމަށް ވަނީ ނިންމާފަ އެވެެ. އެގޮތުން ޑަބްލިޔުއެޗްއޯއިން މިކަމުގައި ދުނިޔޭގެ އެކި ގައުމުތަކަށް ވެކްސިން އެންމެ އިންސާފުވެރިކޮށް ބެހުމުގައި ހަރަކާތްތެރިވާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ފާމަސޫޓިކަލް އެހެން ކުންފުނިތައް ކަމަށްވާ ޖޯންސަން އެންޑް ޖޯންސަން އާއި ސަނޯފީން މިހާރުވެސް އަންނަނީ ވެކްސިން އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.