ބުރާސްފަތި 04 ޖޫން 2020
02 މިއަހެލި
1441 ޝައްވާލް 12
ފަތިސް 04:34
އިރުއަރާ 05:52
މެންދުރު 12:08
އަސްރު 15:31
އިރުއޮއްސޭ 18:17
އިޝާ 19:34
ކޮވިޑް-19: ޖަޕާނުގެ ޙާލަތު

ޖަޕާނުގެ ތިން ސިޓީއެއްގައި ކުއްލި ހާލަތުގެ އަމުރު އުވާލަން ނިންމައިފި

  • ކުއްލި ޙާލަތު އަމުރު އުވާލަން ނިންމާފައިވަނީ، އޮސާކާ، ކިޔޯޓޯ އަދި ހިޔޯގޯ ޕްރިފެކްޗަރ ގައި
  • ވެރިރަށް ޓޯކިޔޯއާއި ހޮއްކައިޑޯގެ އިތުރުން ތިން ސިޓީއެއްގައ ކާފިއުގެ އަމުރު ދަމަހައްޓާނެ
  • ޖަޕާނުން މިހާތަނަށް 16،424 މީހުން ޕޮޒިޓިވްވެ، 777 މީހުން ވަނީ މަރުވެފަ

ކ. މާލެ | 21 މެއި 2020 | ބުރާސްފަތި 15:49 | 2,482

ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ: ކޮވިޑް-19އާ ގުޅިގެން ލިބެމުންދާ ގެއްލުމުން އަަރައިގަތުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރައްވަމުން - އޭއެފްޕީ

ކޮވިޑް-19ގެ ނުރައްކަލާއި ގުޅިގެން ޖަޕާނު ސަރުކާރުން އިޢުލާނުކޮށްފައިވާ ކުއްލި ޙާލަތުގެ ޢަމުރު, ބައެއް ސިޓީތަކުގައި އުވާލަން އެޤައުމުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ ނިންމަވައިފި އެވެ.

ބޮޑވަޒީރުގެ މި ނިންމުން ހާމަކުރެއްވުމަށް ވެރިރަށް ޓޯކިޔޯގައި ބޭއްވި ނޫސްވެރިން ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެޤައުމުގެ އިކޮނޮމިކް މިނިސްޓަރ ޔަސުތޯޝީ ނިޝިމޫރާ ވިދާޅުވީ، ކުއްލި ޙާލަތު އަމުރު އުވާލަން ނިންމާފައިވަނީ، އޮސާކާ، ކިޔޯޓޯ އަދި ހިޔޯގޯ ޕްރިފެކްޗަރ ގައި ކަމަށެވެ. އަދި މިގޮތައް ނިންމެވީ މި ތިން ޞަރަޙައްދުންވެސް މިހާރު ކޮވިޑް-19ގެ ކޭސްތައް ރިޕޯޓުކުރާ މިންވަރު ދަށްވުމާއި ގުޅިގެން ކަމަށެވެ. ކުއްލި ޙާލަތުގެ އަމުރު އުވާލަން ނިންމި ސިޓީތަކުގައި މިހާރު ރިޕޯޓު ކުރެވޭ ކޭސްތަކުގެ ނިޞްބަތް ވަނީ %0.5 ގައި ހިފެހެއްޓިފައި ކަމަށާއި، އެގޮތައް ނިންމެވީ ޞިއްޙީ މާހިރުންގެ ލަފަޔާއި އިރުޝާދުގެ މަތިންކަމަށް ޔަސުތޯޝީ ވިދާޅުވިއެވެ.

ޔަސުތޯޝީ ވިދާޅުވީ މި ތިން ޞަރަޙައްދުގައި ކުއްލި ޙާލަތުގެ ޢަމުރު އުވާލަން ނިންމި ނަމަވެސް، ވެރިރަށް ޓޯކިޔޯއާއ ހޮއްކައިޑޯގެ އިތުރުން ތިން ސިޓީއެއްގައި ބޮޑު ވަޒީރުގެ ކުއްލި ޤަރާރާއި އެއްގޮތައް ކާފިއުގެ އަމުރު ހިންގަމުން ދާނެކަމަށެވެ.

ޖަޕާނުގައި ކޮވިޑް-19 ނުރައްކާ މިންވަރަށް ފެތުރުމާއި ގުޅިގެން އެޤައުމުގެ ސަރުކާރުން ސަލާމަތާއި ރައްކާތެރިކަމަށް އެޚި ފިޔަވަޅުތަކުގެ ސަބަބުން އެޤައުމުގެ އިޤުތިޞާދަށް ވަނީ ފޫ ނުބެއްދޭވަރުގެ ގެއްލުންތަކާއި ކުރިމަތިވެފަ އެވެ. އެހެންކަމުން އިޤުތިޞާދީ ޙަރަކާތްތައް ހުއްޓޭގޮތައް އަޅާފައި ހުރި ބައެއް ފިޔަވަޅުތައް ލުއި ކުރުމަށް މިހާރު ދަނީ ވިސްނަމުންނެވެ. އެގޮތުން، އެޤައުމަށް އެޤައުމަށް ބޮޑު ޢާމްދަނީއެއް ވަންނަ ކެސީނޯ ވިޔަފާރި ހުޅުވާލަން ވަނީ ނިންމާފައެވެ.

ޖަޕާނު ސަރުކާރުން އެޤައުމުގެ ބައެއް ޞަރަޙައްދުގައި މެއި މަހުގެ 31 ގެ ނިޔަލަށް ކާފިއުގެ އަމުރު ހިންގަން ނިންމާފައިވާއިރު، ތިން ޙާލަތަކައް ބެލުމަށް ފަހު މި ޞަރަޙައްދުތަކުންވެސް އަމުރު އުވާލަން ދަނީ މުރާޖަޢާ ކުރަމުންނެވެ. ބަލާ މިންގަޑުގެ ތެރޭގައި، ކޭސް ރިޕޯޓުކުރެވޭ މިންވަރު ދަށްކުރުމާއި، މޮނިޓަރިންގެ ނިޒާމު ހަރުދަނާ ކުރުމާއި، ޞިއްޙީ ފަރުވާގެ ނިޒާމު ވަރުގަދަ ކުރުން ހިމެނެއެވެ.

ކުއްލި ޙަލަތުގެ އަމުރު އިޢުލާނުކުރައްވާ ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ ނެރުއްވާފައިވާ އަމުރުގައި ދަތުުރު ކުރުމާއި، ޒަރޫރީ ބާވަތްތައް ގަތުމަށް ނޫނީ ފިހާރަޔަށް ނުދިއުމަށާއި، ހޮސްޕިޓަލަށް ޒިޔާރަތް ނުކުރުމަށާއި، ހިނގާލުމަށާއި ކަސްރަތުގެ ބޭނުންތަކަށް ބޭރަށް ނިކުތުން މަނާކޮށްފައި ވެއެވެ.

ޖަޕާނުން މިހާތަނަށް 16،424 (ސޯޅަ ހާސް ހަތަރު ސަތޭކަ ސައުވީސް) މީހުން ޕޮޒިޓިވްވެ، 777 މީހުން ވަނީ ކޮވިޑް-19ގައި މަރުވެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން | ރިވިއު ކުރީ: ހުސައިން ފަރިޔާޒް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.