ކ. މާލެ
|
21 މެއި 2020 | ބުރާސްފަތި 16:58
އިރާނުން ދަނީ ކޮވިޑްއާއި ދެކޮޅަށް ކުރާ ހަނގުރާމަ ވަރުގަދަކޮށްފަ، އެހެންނަމަވެސް ދެވަނަ ބުރެއް އައިސްދާނެކަމުގެ ބިރު ބޮޑު
އިރާނުން ދަނީ ކޮވިޑްއާއި ދެކޮޅަށް ކުރާ ހަނގުރާމަ ވަރުގަދަކޮށްފަ، އެހެންނަމަވެސް ދެވަނަ ބުރެއް އައިސްދާނެކަމުގެ ބިރު ބޮޑު
ޓްވިޓަރ
ކޮވިޑް-19: އިރާނުގެ ޙާލަތު
އިރާނުގައި 10،000ށް ވުރެ ގިނަ ޞިއްޙީ ޚިދުމަތްތެރިން ކޮވިޑް-19ށް ޕޮޒިޓިވް ވެއްޖެ
 
އިރާނަށް ކޮވިޑް-19ގެ ދެވަނަ ބުރެއް އައިސްދާނެ ކަމުގެ ބިރު ވަނީ ހީވެފަ
 
އިރާނުން 129،341 މީހުން ވައިރަސްއަށް ޕޮޒިޓިވްވެ، 7،249 މީހުން ވަނީ މަރުވެފަ
 
އިރާނުގައި 10،000 ޞިއްޙީ ޚިދުމަތްތެރިން ޕޮޒިޓިވްވީއިރު، ބައެއް މީހުން މަރުވެސް ވެފައިވޭ

އިރާނުގައި 10،000ށް ވުރެ ގިނަ ޞިއްޙީ ޚިދުމަތްތެރިން ނޮވެލް ކޮރޯނާވައިރަސް (ކޮވިޑް-19)ށް ޕޮޒިޓިވް ވެއްޖެ އެވެ.

އިރާނުގެ ޞިއްޙަތާ ބެހޭ ވުޒާރާގެ ވަޒީރުގެ ނައިބާއި ޙަވާލާދީ ގަލްފުގެ މީޑީއާތަކުން ރިޕޯޓުކުރާގޮތުގައި، 10,000 ޞިއްޙީ ޚިދުމަތްތެރިން ކޮވިޑް-19 ޖެހިފައިވާ އިރު، މީގެ ތެރެއިން ބައެއް މީހުން ވަނީ މަރުވެފަ އެވެ. މިކަމާއި ގުޅޭ އިތުރު ތަފުޞީލެއް އެމަނިކުފާނު ދެއްވާފައެއް ނުވެއެވެ.

އިރާނަކީ މެދުއިރުމަތީގެ ޤައުމުތަކުގެ ތެރެއިން ވައިރަސްގެ ނުރައްކާ އެންމެ ބޮޑު ޤައުމެވެ. މިހާތަނަށް އެޤައުމުން 129،341 (ސަތޭކަ ނަވާވީސް ހާސް ތިންސަތޭކަ ސާޅީސް އެކެއް) މީހުން ވައިރަސްއަށް ޕޮޒިޓިވްވެ، 7،249 (ހަތްހާސް ދުއިސައްތަ ސާޅީސް ނުވައެއް) މީހުން ވަނީ މަރުވެފަ އެވެ.

ވައިރަސްގެ ނުރައްކަލާއި ގުޅިގެން އިރާނުގައިވެސް ދަނީ ގިނަ ފިޔަވަޅުތަކެއް ތަންފީޒު ކުރަމުންނެވެ. މިއަދު ހެނދުނު ވެރިރަށް ތެހެރާނުގައި ވާހަކަފުޅު ދައްކަވަމުން އެޤައުމުގެ ޞިއްޙަތާއި ބޭހޭ ވަޒީރު ސަޢީދު ނަމާކީ ވިދާޅުވީ އެޤައުމަށް ކޮވިޑް-19 ގެ ދެވަނަ ބުރަކާއި ކުރިމަތިލާން ޖެހިދާނެކަމުގެ ބިރު އެބައޮތް ކަމަށެވެ.

އަދި ސަރުކާރުން ރައްޔިތުންގެ ސަލަމަތާއި ރައްކަލަކަށް މިހާރު ތަންފީޒު ކުރަމުންދާ ފިޔަވަޅުތައް ތަންފީޒު ކުުރުމަށް އެމަނިކުފާނު ނަޞޭޙަތްތެރި ވިއެވެ. ވަކިން ޚާއްޞަކޮށް އަންނަ ފިޠުރު ޢީދުގެ ޗުއްޓީ ދުވަސްވަރު ޢާންމު ދަތުރު ނުކުރުމަށް އެމަނިކުފާނު ވަނީ އިލްތިމާސް ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ ޢާންމުން ޢީދާއި ދިމާކޮށް ދަތުރުކޮށްފިނަމަ ގިނަ ބަޔަކު ވައިރަސްއަށް ހުށަހެޅިދާނެކަމުގެ ބިރު އެބައޮތް ކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް