ބުރާސްފަތި 04 ޖޫން 2020
02 މިއަހެލި
1441 ޝައްވާލް 12
ފަތިސް 04:34
އިރުއަރާ 05:52
މެންދުރު 12:08
އަސްރު 15:31
އިރުއޮއްސޭ 18:17
އިޝާ 19:34
ކޮވިޑް-19: ސައުދީގެ ޙާލަތު

ސައުދީގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 60،000ށް

  • ވައިރަސް ޖެހުނު މީހުންގެ ޢަދަދު ވަނީ 62،545 އަރާފަ
  • ބުދަ ދުވަހު އެކަނިވެސް 2،691 މީހުން ވައިރަސްއަށް ޕޮޒިޓިވްވި
  • ސައުދީން މިހާތަނަށް 636،178 މީހުން ކޮވިޑް-19ށް ޓެސްޓު ކޮށްފައިވޭ

ކ. މާލެ | 21 މެއި 2020 | ބުރާސްފަތި 14:41 | 2,263

ސައުދީގައި ކޮވިޑް-19ށް ސްކްރީން ކުރަނީ: ސައުދީން ވަނީ ކޮވިޑް-19 ޖެހޭ މީހުން ދެނެގަތުމަށް ބޮޑު ސަރވައިލެންސް ޕްރޮގުރާމެއް ފަށާފަ - ސައުދީ ގެޒެޓް

ސައުދީ ޢަރަބިއްޔާއިން ނޮވެލް ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވީ މީހުންގެ ޢަދަދު 60،000ށް ވުރެ މައްޗަށް އަރައިފި އެވެ.

އެޤައުމުގެ ޞިއްޙަތާއި ބެހޭ ވުޒާރާގެ ތަރުޖަމާނު މުޙައްމަދު އަލް-އަބްދުﷲ އާއި ޙަވާލާދީ ޤަލްފުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ބުދަ ދުވަހު އެ ޤައުމުން އިތުރު 2،691 މީހުން އަލަށް ވައިރަސްއަށް ޕޮޒިޓިވްވުމާއެކު، ވައިރަސް ޖެހުނު މީހުންގެ ޢަދަދު ވަނީ 62،545 (ފަސްދޮޅަސް ދެހަސް ފައްސަތޭކަ ސާޅީސް ފަހެއް)ށް އަރާފަ އެވެ.

ސައުދީ ޢަރަބިއްޔާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުދަ ދުވަހުގެ ރޭ ޢާންމު ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، އިއްޔެ 10 މީހުން މަރުވެ، ވައިރަސްގައި މަރުވީ މީހުންގެ ޢަދަދު ވަނީ 339ށް އަރާފައެވެ. އަދި ފަރުވާދެމުންދިޔަ 1،844 މީހުން ބުދަ ދުވަހު ގެއަށް ދޫކޮށްކުމާއެކު، ވައިރަސް އިން ރަނގަޅުވީ މީހުންގެ ޢަދަދު ވަނީ 33،478 (ތިރީސް ތިންހާސް ހަތަރުސަތޭކަ ހަތްދިހަ އަށެއް)ށް އަރާފަ އެވެ.

ސައުދީން ބުނެފައިވަނީ ވަނީ ފަހަކަށް އައިސް ވައިރަސްއަށް ޕޮޒިޓިވްވާ މީހުން ނިޞްބަތުން ގިނަވަމުން ދަނީ އެޤައުމުން އެއްފަހަރާ ގިނަ ބަޔަކު ޓެސްޓުކުރަމުންދާތީ ކަމަށެވެ. ފާއިތުވެ ދިޔަ 24 ގަޑީއިރުގެ ތެރޭގަވެސް އެޤައުމުން 18،094 (އަށާރަ ހާސް ނުވަދިހަ ހަތަރެއް) މީހުން ޓެސްޓުކޮށްފައިވެއެވެ. އެހެންކަމުން ޓެސްޓުކުރި މީހުންގެ ޖުމުލަ ޢަދަދު މިހާރު ވަނީ 636،178ށް އަރާފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.