އާދީއްތަ 31 މެއި 2020
12 ރޯނު
1441 ޝައްވާލް 08
ފަތިސް 04:34
އިރުއަރާ 05:51
މެންދުރު 12:08
އަސްރު 15:30
އިރުއޮއްސޭ 18:16
އިޝާ 19:33
ބޮލީވުޑްގެ އެކްޓަރ އިރްފާން ޚާން

ފިލްމީ ތަރި އިރްފާން ޚާންގެ ދަރިފުޅު ސޯޝަލް މީޑިއާގަ، ބައްޕަގެ ހަނދާން އާކޮށްފި

  • އިރުފާން ޚާން މަރުވެފައިވަނީ އޭޕްރީލް މަހުގެ 29 ވަނަ ދުވަހު
  • ބާބިލް ވަނީ ބައްޕަގެ ހަނދާނުގައި އިންސްޓަރގްރާމަށް ފޮޓޯތަކެއް ޕޯސްޓް ކޮށްފައި

ކ. މާލެ | 21 މެއި 2020 | ބުރާސްފަތި 13:30 | 4,289

ބާބިލް އިންސްޓަރގްރާމަށް ޕޯސްޓްކޮށްފައިވާ އިރްފާން ޚާންގެ ކުރީގެ ފޮޓޯ އެއް - ބޮލީވުޑް ލައިފް

ބޮލީވުޑްގެ މަޝްހޫރު ތަރި އިރްފާން ޚާން މިދިޔަ އޭޕްރީލް މަހުގެ 29 ވަނަ ދުވަހު މަރުވި ޚަބަރާއެކު އެތައް ބަޔަކަށް ވަނީ ކުއްލި ސިހުމާއި މޮޅިވެރިކަން ގެނުވާފަ އެވެ.

ބޮލީވުޑްގެ ފިލްމުތަކުގެ އިތުރުން ހޮލީވުޑްގެ ފިލްމުތަކުންވެސް ފެނިގެންގޮސްފައިވާ އިރްފާން ޚާންގެ މަރުގެ ޚަބަރު ވެގެން ދިޔައީ އޭނާގެ ފޭނުން ދެރަވެ، މާޔޫސްކުރުވި ޚަބަރަކަށެވެ. އެ ހިތާމައިގައި އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. އިރުފާންގެ އެކްޓުކުރުމުގެ ހުނަރަށް އެތައް ބަޔެއްގެ ތަޢުރީފު ލިބިގެން ގޮސްފައި ވެއެވެ. ދުނިޔޭގެ އިރުފާން ޚާން ނެތް ކަމުގައިވިޔަސް އޭނާގެ ހަނދާން އައު ކޮށްދެމުން ދަނީ މިއަދު އޭނާގެ ދަރިފުޅު ބާބިލް ޚާން އެވެ.

ބާބިލް ޚާން ވަނީ އިރްފާން ޚާންގެ ކުރިން ނުފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިޔާ އަށް ދޫކޮށްލާފަ އެވެ. ފޮޓޯތަކާއި ވީޑިއޯތަކެއް ދޫކޮށްލިއިރު އޭގެ ތެރޭގައި އިރްފާން ޚާން ސްކޫލް ކުދިންތަކަކާއެކު ފާމެއްގައި އުޅޭ ފޮޓޯތަކެއް ވަނީ ސޯޝަލް މީޑިޔާއަށް ޕޯސްޓް ކޮށްފަ އެވެ.

އިންސްޓަރގްރާމަށްމި ފޮޓޯތައް ޕޯސްޓް ކުރަމުން ބާބިލް ލިޔެފައިވަނީ ފަރމް ހައުސް އަށް ދާ ކޮންމެ ފަހަރަކު އެ ސްކޫލްގެ ކުދިންނާއި ޕްރިންސްޕަލް ބައްޕަ އާ ބައްދަލުކުރުމަށް އަންނަ ކަމަށެވެ.

އޭގެކުރިން ބާބިލް ވަނީ އިރްފާން ޚާން އައިސް ފެންގަނޑަކަށް އެރި އޮތް ވީޑިއޯ އެއް ޕޯސްޓްކޮށްފަ އެވެ. މީގެއިތުރުން އިރްފާން ޚާން ޕާނީޕޫރީ ކާން އުޅޭ މަންޒަރެއްގެ ވީޑިއޯވެސް ވަނީ އިންސްޓަރގްރާމަށް ޕޯސްޓްކޮށްފަ އެވެ.

ބާބިލް އަންނަނީ މިފަދަ ގޮތަކަށް އޭނާގެ ބައްޕަގެ ހަނދާން އައު ކުރަމުންނެވެ. ނަމަވެސް ދުނިޔޭގެ އެކި ހިސާބުތަކުގައި އުޅޭ އިރްފާން ޚާންގެ ފޭނުން އޭނާގެ ހަނދާން އަބަދުވެސް އައު ކުރަމުންދާނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.