ކ. މާލެ
|
21 މެއި 2020 | ބުރާސްފަތި 12:44
ކްރިސްޕީ ބަނާނާ ފްރިޓަރސް
ކްރިސްޕީ ބަނާނާ ފްރިޓަރސް
މަރިއޮންސް ކިޗެން.ކޮމް
ރޯދަ ބަދިގެ 1441
ކްރިސްޕީ ބަނާނާ ފްރިޓަރސް
 
އައިސް ކްރީމް އަޅައިގެން ކާލަން ވަރަށް މީރުވާނެ

ބޭނުންވާ ތަކެތި

  • 2 ޖޯޑު ފުށް
  • 4 ވަށް ދޮންކެޔޮ
  • ސްޕްރައިޓް ( ފުށްގަނޑު އޮލަވާވަރަށް)
  • 1 ސަމުސާ ބޭކިން ޕައުޑަރ
  • 1 ޖޯޑު ކޯން ފްލަރ
  • ތެޔޮ
  • 1 ބިސް
  • އައިސިންގ ޝުގަރ

ތައްޔާރުކުރާނެ ގޮތް

ފުރަތަމަ ދޮންކެޔޮ ދެ ފަޅިއަށް ކޮށާލާށެވެ. ދެން ބޯތައްޓެއްގެ ތެރޭގައި ފުށާއި، ބޭކިން ޕައުޑަރ، ބިސް ސްޕްރައިޓް (ފުށްގަނޑު އޮލަވާ ވަރަށް) އަޅައިގެން ގިރާލާށެވެ.

ދެން ގިރި ފުށްގަނޑު ތެރެއަށް ދޮންކެޔޮ ލާށެވެ. ދޮންކެޔޮ ފަޅި ވަށައިގެން ފޮރުވޭވަރަށް ފުށް ހާކަންވާނެއެވެ. އެއަށްފަހު ތަވައެއްގައި ތެޔޮ ހޫނުކޮށްފައި ތެލުލާށެވެ. މަޑު މުށިކުލަ އަރަން ފެށުމުން، ނަގާފައި އޭގެ މައްޗަށް އައިސިންގ ޝުގަރ ބުރުވާލާށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް