ކ. މާލެ
|
21 މެއި 2020 | ބުރާސްފަތި 11:25
ތޫފާން އަމްފާނުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި އެތައް މިލިއަން ބަޔަކު ޙާލުގައި ޖެހޭނެކަމަށް ވަނީ އަންދާޒާ ކުރެވިފައި
ތޫފާން އަމްފާނުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި އެތައް މިލިއަން ބަޔަކު ޙާލުގައި ޖެހޭނެކަމަށް ވަނީ އަންދާޒާ ކުރެވިފައި
ގެޓީ އިމޭޖަސް
ތޫފާން އަމްފާނުގެ ގެއްލުން
ތޫފާން އަމްފާންގައި 15 މީހަކު މަރުވެ، އެތައް މިލިއަން މީހުން ޙާލުގައި ޖެހިއްޖެ
 
މި ސަރަޙައްދަކީ ގާތްގަނޑަކަށް 58 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސަރަޙައްދެއް
 
މިވަގުތުވެސް 2.4 މިލިއަނަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވޭ
 
މަރުވި މީހުންގެ އަދަދު މިއަށްވުރެ އެތައް ގުނައެއް އިތުރުވެގެން ދާނެކަމަށް ބެލެވޭ

ބޭ އޮފް ބެންގާލް ގައި އުފެދިފައިވާ ޠޫފާން 'އަމްފާން' ގައި މިހާތަނަށް 15 މީހަކު މަރުވެ، އެތައް ބަޔަކު ޙާލުގައި ޖެހިއްޖެ އެވެ.

އަލްޖަޒީރާއިން ރިޕޯޓު ކުރާ ގޮތުންނަމަ، މި ތޫފާނުގައި މަރުވީ އިރުމަތީ އިންޑިއާގެ އިތުރުން، ބަންގްލަދޭޝްގެ ރައްޔިތުން ތަކެކެވެ. އަދި އެތައް ބައެއްގެ ގެދޮރު ހަލާކުވެ ޙާލުގައި ޖެހިފައިވާކަމަށް ރިޕޯޓުކޮށްފައި ވެއެވެ. އަދި މަރުވި މީހުންގެ ޢަދަދު މިއަށްވުރެ އެތައް ގުނައެއް އިތުރުވެގެން ދާނެކަމަށް ރިޕޯޓުތައް ބުނެއެވެ.

އެކަމާ ގުޅޭގޮތުން ވެސްޓް ބެންގާލްގެ ޗީފް މިނިސްޓަރ މަމްތާ ބަނަރޖީ ވިދާޅުވީ، މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމަށް ވުރެވެސް ބިރުވެރި ޙާލަތެއް ކަމަށެވެ. އަދި ޠާފާނުގެ ގެއްލުން އަންދާޒާކުރި ވަރަށްވުރެ ވެސް ބޮޑުކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން، މިވަގުތު ވެސް 2.4 މިލިއަނަށް ވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައި ވާއިރު، 14 މިލިއަނެއްހާ މީހުން މިވަގުތު ތިބީ ކަރަންޓުގެ ޚިދުމަތް ކެނޑި، މުވާޞަލާތީ ޚިދުމަތްތައް ވެސް ކެނޑިފައިވާ ޞަރަޙައްދުތަކެއް ގައެވެ.

އިންޑިއާ އާއި ބަންގްލަދޭޝް ގުޅޭ ޞަރަޙައްދުގައި ގާތްގަނޑަކަށް 58 މިލިއަން މީހުން ދިރިއުޅެއެވެ. މި ޞަރަޙައްދުގައި ޠޫފާނުގެ ބާރު ގަދަވަމުން އަންނައިރު، ގަޑިއިރަކު 119 މޭލަށް ވައިގަދަވެ، އިތުރު ޞަރަޙައްދުތަކަށް ޠޫފާނުގެ އަސަރު ކޮށްފާނެ ކަމަށް ބެލެވޭކަމަށް އިންޑިއާގެ މޫސުމާ ބެހޭ އިދާރާއާ ޙަވާލާދީ ބޭރުގެ ނޫސްތަކުން ރިޕޯޓުކޮށްފައި ވެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
100%
0%
0%
0%
ކޮމެންޓް