ކ. މާލެ
|
21 މެއި 2020 | ބުރާސްފަތި 12:49
ޗޮކްލެޓް އޮރެންޖް ޓާރޓް، ފްރުޓްފުލް ޑޭ
ޗޮކްލެޓް އޮރެންޖް ޓާރޓް، ފްރުޓްފުލް ޑޭ
ގޫގުލް
ރޯދަ ބަދިގެ 1441
ޗޮކްލެޓް އޮރެންޖް ޓާރޓް
 
މިއީ ކުޑަ ވަގުތު ކޮޅެއް ތެރޭގައި ތައްޔާރު ކޮށްލެވޭ، ފަސޭހަ ޑިޒާޓެއް!

މިއީ ކުޑަ ވަގުތު ކޮޅެއް ތެރޭގައި ތައްޔާރު ކޮށްލެވޭ، ފަސޭހަ ޑިޒާޓެކެވެ. ޗޮކްލެޓް ޓާރޓް އަކީ އޭގެ ޒާތުގައި ވަރަށް މީރު ޑިޒާޓެކެވެ، އަދި އޮރެންޖު ރަހަ އެއްކޮށްލުމުން އިތުރަށް ފުރިހަމަ ވެގެން ދެއެވެ.

ފިލިންގ ހަދަން ބޭނުން ވާނީ:

  • 150 ގުރާމް ހެވީ ކްރީމް
  • 1 ޖޯޑު އޮރެންޖު ތޮށި (ގާނާފައި)
  • 2 ސަމްސާ އޮރެންޖު ހުތް
  • 150 ގުރާމް ޑާރކް ޗޮކްލެޓް
  • 100 ގުރާމް މިލްކް ޗޮލްލެޓް
  • 1/4 ސައިސަމްސާ ވެނީލާ އެސެންސް
  • 30 ގުރާމް ބަޓަރު

ކްރަސްޓް ހަދަން ބޭނުން ވާނީ:

  • 2 ބޮނޑި އޯރިއޯ ބިސްކޯދު (ބޮޑު)
  • 1 ޖޯޑު ބަޓަރު

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ އޯރިއޯ ބިސްކޯދު ތަކުން އައިސިންގ ކޮޅު ކަހާލާފައި ބިސްކޯދުތައް ބްލެންޑަރެއްގައި ހިމުން ކޮށްލާށެވެ.

އެއަށްފަހު ބަޓަރުކޮޅު ދިޔާކޮށްލާފައި ހިމުންކުރި ބިސްކޯދުތަށް އެއްކޮށްލާށެވެ.

ދެން ނޮން-ސްޓިކް ޓްރޭއަކަށް ބިސްކޯދު ކޮޅު އަޅައި، ބޭނުން ބޯމިނަކަށް ފަތުރާލާށެވެ.

ފަތުރާލުމަށްފަހު ފެންބޯ ތައްޓެއްގެ ދަށްފުށުން ބިސްކޯދުތައް އަޑިއަށް ޕްރެސް ކޮށްލާށެވެ.

ދެން 120 ޑިގްރީ އަވަނެއްގައި 7 މިނެޓު ވަންދެން ފިހެލާށެވެ.

އެއަށްފަހު ފިލިންގ ތައްޔާރު ކޮށްލުމަށް، ކްރީމް ކޮޅު، އޮރެންޖު ތޮށީގެ އެއްބަޔާއި އެކު ހޫނުކޮށްލާށެވެ (ކެކުނަ ނުދޭތި).

ކްރީމްކޮޅު ހޫނު ކުރާ އިރު، ޗޮކްލެޓް ކޮޅު ވަކިން ތައްޓެއްގައި ކުދިކޮށްފައި ބަހައްޓާށެވެ. ދެން އެއަށް ބަޓަރު ކޮޅު އަޅައި، ހޫނު ކުރި ކްރީމް އަޅާފައި 5 މިނެޓް ވަންދެން ބަހައްޓާށެވެ.

ދެން މަޑު މަޑުން ޗޮކްލެޓްތައް ދިޔާވުމުން އެއްކުރަމުން ދާށެވެ. ސްމޫތް ކޮށް އެއްވުމުން ވެނީލާ އަދި އޮރެންޖު ހުތްކޮޅު އަޅާފައި އެއްކޮށްލާށެވެ.

ދެން ޓްރޭ ތެރެޔަށް އަޅާފައި މައްޗަށް ބާކީ ހުރި އޮރެންޖު ތޮށި ބުރުވާލާށެވެ.

މި ޑިޒާޓު 8 ގަޑިއިރު ވަންދެން ފުރިޖުގައި ފިނިކޮށްލާށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް