ކ. މާލެ
|
21 މެއި 2020 | ބުރާސްފަތި 12:46
އެއަރ އިންޑިއާގެ ފްލައިޓުތަކެއް: އިންޑިއާގެ ވައިގެ އުދުހުންތައް ހުއްޓާލިތާ ދެމަސްވެފައިވާއިރު،އެއަރ ލައިންތަކަށް ވަނީ ބޮޑެތި ގެއްލުންތަކާއި ކުރިމަތި ލާންޖެހިފަ
އެއަރ އިންޑިއާގެ ފްލައިޓުތަކެއް: އިންޑިއާގެ ވައިގެ އުދުހުންތައް ހުއްޓާލިތާ ދެމަސްވެފައިވާއިރު،އެއަރ ލައިންތަކަށް ވަނީ ބޮޑެތި ގެއްލުންތަކާއި ކުރިމަތި ލާންޖެހިފަ
ޓްވިޓަރ
އިންޑިއާއިން ޑޮމެސްޓިކް ފްލައިޓް ފެށުން
މެއި 25ގައި އިންޑިއާއިން މަދަނީ އުދުހުންތައް ފަށަނީ
 
ދަތުރުތަކުގައާއި އެހެން ޚިދުމަތްތައް ދިނުމުގައި އިޖްތިމާއީ، ޖިސްމާނީ ގައިދުރުކަން ދަމަހައްޓަން ޖެހޭ
 
ފްލައިޓުގައި ބޭނުން ކުރާނީ %30 ގެ ޖާގަ
 
އުދުހުންތައް ފަށަނީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު

ކޮވިޑް-19އާ ގުޅިގެން އިންޑިއާއިން މެދުކަނޑާލި ކޮމަރޝަލް ފްލައިޓުގެ ޚިދުމަތުގެ ތެެރެއިން، މަދަނީ އުދުހުންތައް މެއި މަހުގެ 25 ވަނަ ދުވަހުން ފަށަން އެ ޤައުމުގެ ސަރުކާރުން ނިންމައިފި އެވެ.

ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެ އިންޑިއާއިން އެޅި ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ދަށުން އެތެރޭގެ އުދުހުންތައް ނުވަތަ މަދަނީ ވައިގެ ޚިދުމަތް މެދު ކަނޑާލީ މީގެ ދެމަސް ކުރިންނެވެ.

މަދަނީ އުދުހުންތައް އަލުން ފަށަން ސަރުކާރުން ނިންމި ނިންމުމާއި ގުޅޭ ގޮތުން އެޤައުމުގެ އޭވިއޭޝަން މިނިސްޓަރު ހަރްދީޕް ސިންގ ޕޫރީ ވިދާޅުވީ، ދަތުރުތައް އަލުން ފަށަން ނިންމި ނަމަވެސް ފަސިންޖަރުންނާއި ޚިދުމަތް ހޯދާ ވަކި ވަކި ފަރުދުންގެ ސަލަމަތާއި ރައްކާތެރި ކަމަށް ބަލާނެ ކަމަށެވެ. އެގޮތުން، ކޮވިޑް-19 ގެ ޚާއްޞަ ޙާލަތުގައި ޢަމަލު ކުރާނެ ގޮތުގެ "ސްޓޭންޑެޑް އޮޕަރޭޝަން ޕްރޮސީޖަރ" (އެސްއޯޕީ) އެއް މިނިސްޓްރީން އެކުލަވާލާ ވައިގެ ބަނދަރުތަކާއި، އެއަރލައިންތަކުގެ ހިންގާ ފަރާތްތައް ފޮނުވާފައި ވާނެކަމަށް ވިދާޅުވި އެވެ.

މަދަނީ ވައިގެ ޚިދުމަތް ފެށުމަށް މައި ސަރުކާރާއި ޞަރަޙައްދީ ސަރުކާރުތަކުން މިހާރު ތައްޔާރުވަމުން އަންނަ ކަމަށާއި، މީގެ ސަބަބުން ޢާންމުންނަށް ކުރިމަތިވެފައިވާ ދަތިތައް ޙައްލުވެ، އެއަރ ލައިންތަކަށް ލިބެމުންދާ ވިޔަފާރި ގެއްލުމަށް ކޮންމެވެސް ވަރެއްގެ ޙައްލެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ދަތުރުތައް ފެށުމުގެ ގޮތުން ސަރުކާރައި އެއަރ ލައިންތަކާއި މެދު އެއްބަސްވުމަކަށް މިހާރު ވަނީ އައިސް ފައެވެ. މި އެއްބަސްވުމުގެ ތަފުޞީލު މިއަދު ވީޑިއޯ ކޮންފަރެންސްގެ ޒަރީއާއިން ބައްވާ ނޫސްވެރިންގެ ބައްދަލުުވުމެއްގައި ހާމަކުރައްވާނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ.

މި އެއްބަސްވުން މިޑިއާއަށް އަދި ހާމަ ނުކުރެއްވި ނަމަވެސް، އޭގައިވާ މުހިންމު ބައެއް ކަންކަން އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައި ވެއެވެ. އޭގެ ތެރޭގައި ފަސިންޖަރުންގެ ރައްކާތެރިކަމަށް އަޅަން ސަރުކާރުން އަންގާފައިވާ މުހިންމު ފިޔަވަޅުތައް ހިމެނެއެވެ. އެގޮތުން އެއަރޕޯޓުގެ ގިމަތަ ތަކާއި، ޚިދުމަތްދޭ އެހެނިހެން މަރުކަޒުތަކުގައި ޖިސްމާނީ ގައިދުރުކަން ދެމެހެއްޓޭނެ ގޮތްތަކެއް އިންތިޒާމު ކުރުމާއެކު، މާސްކު އެޅުމާއި، ފަސިންޖަރުންނަށް ޚިދުމަތްދޭ މުވައްޒަފުން ރައްކާތެރިކަމުގެ އާލާތްތައް ބޭނުންކުރުމަށް ލާޒިމު ކޮށްފައި ވެއެވެ.

އިތުރު ފިޔަވަޅު ތަކުގެ ތެރޭގައި، ވައިގެ ބަނދަރުތަކުގައި ޞިއްޙީ ބައެއް ޚިދުމަތްތައް ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި، ފްލައިޓްތަކުން ޖާގަ ދޭނީ %30 ގެ މިންވަރަކަށް ކަމަށް ވެއެވެ. މިއީ ދަތުރުމަތީގައި ޖިސްމާނީ އަދި އިޖުތިމާޢީ ގައިދުރުކަން ދެމެހެއްޓުމުގެ ގޮތުން އެއްބަސްވުމުގައި ހިމަނާފައިވާ ނުކުތާއެއް ކަމަށް ނޫސްތަކުން ރިޕޯޓުކޮށްފައި ވެއެވެ.

އިންޑިއާއިން އުދުހުންތައް ހުއްޓާލާފައި އޮތް ނަމަވެސް ޑިރެކްޓޮރޭޓް އޮފް ސިވިލް އޭވިއޭޝަންގެ ހުއްދައާއެކު މިހާރުވެސް ކާގޯ ފްލައިޓުތަކާއި، ކުއްލި ޙާލަތުގައި ބަލި މީހުން އެއްތަނުން ތަނަށް ގެންދިއުމަށް ފްލައިޓުތައް އޮޕަރޭޓް ކުރަމުން ދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް