ހޮނިހިރު 06 ޖޫން 2020
04 މިއަހެލި
1441 ޝައްވާލް 14
ފަތިސް 04:34
އިރުއަރާ 05:52
މެންދުރު 12:08
އަސްރު 15:32
އިރުއޮއްސޭ 18:17
އިޝާ 19:35
ލުފްތަންސާއިން ފަންޑު ހޯދަން ކުރާ މަސައްކަތް

10 ބިލިއަން ޑޮލަރުގެ ފަންޑެއް ހޯދަން ލުފްތަންސާއިން ސަރުކާރާއެކު މަޝްވަރާކުރަނީ

  • ސަރުކާރުން އެކުލަވާލާފައިވާ އެކޮނޮމިކް ސްޓެބިލައިޒޭޝަން ފަންޑުން 9.9 ބިލިއަން އެމެރިކާ ޑޮލަރު ހޯދުމުގެ ވާހަކަތައް ވަނީ ފަށާފައި
  • ސަރުކާރަށް އެކުންފުނީގެ 20 އިންސައްތަ ހިއްސާ ނެގުންވެސް ހިމެނޭ

ކ. މާލެ | 21 މެއި 2020 | ބުރާސްފަތި 12:01 | 4,190

ކޮވިޑް-19 ގެ ސަބަބުން ލުފްތަންސާ އެއަރލައިންގެ މަތިންދާ ބޯޓުތައް ގްރައުންޑްކޮށްފައި - ރޮއިޓަރސް

ކޮވިޑް-19 އާ ގުޅިގެން ޖަރުމަނުގެ އެއަރލައިން ލުފްތަންސާ އަށް ވަމުންދާ ގެއްލުންތައް ފޫބުއްދުމަށް ސަރުކާރުން އެކުލަވާލާފައިވާ އެކޮނޮމިކް ސްޓެބިލައިޒޭޝަން ފަންޑުން 9.9 ބިލިއަން އެމެރިކާ ޑޮލަރު ހޯދުމަށް ސަރުކާރާއެކު އެ ކުންފުނިން މަޝްވަރާ ފަށައިފި އެވެ.

މީގެތެރޭގައި ސަރުކާރަށް އެކުންފުނީގެ %20 ހިއްސާ ނެގުންވެސް ހިމެނެ އެވެ. މިކަމާއި ގުޅިގެން ލުފްތަންސާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ މިހާރު އެލުލަވާލަމުންދާ އެއްބަސްވުމުގައި ކުންފުނީގެ ސުޕަވައިޒަރީ ބޯޑުން ދެ ސީޓެއް ސަރުކާރަށް ނެގުމާއި ގުޅޭގޮތުންވެސް މަޝްވަރާކުރާނެ އެވެ. ނަމަވެސް ވޯޓު ދެވޭނީ ވަކިކަހަލަ ކަންތައްތަކެއްގައި ކަމަށް ލުފްތަންސާއިން ބުނެއެވެ.

ލުފްތަންސާއިން ސަރުކާރާއެކު މަޝްވަރާ ކުރަމުންދާތާ ދުވަސްތަކެއް ވެފައިވާއިރު ބޮޑަށް ވާހަކަތައް ދެކެވެނީ ސަރުކާރުން ދޭ އެހީތެރިކަމާއެކު ކުންފުނިން ސަރުކާރަށް ދޭނެ ފުރުޞަތުތަކާއި މެދުއެވެ.

ލުފްތަންސާއިން ބުނާގޮތުގައި ސަރުކާރާއެކު ވެވޭ އެއްބަސްވުމުގެ ތެރެއިން މުސްތަޤުބަލުގައި ލިބޭ ޢާމްދަނީ ބަހާނެ ގޮތާއި މެނޭޖްމަންޓްގެ ކަންކަން ކުރިޔަށް ގެންދާނެ ގޮތްތައް ހިމެނޭއިރު މިކަމުގެ އެންމެ ފަހު ނިންމުން ނިންމާނީ ވިލާތު އިއްތިހާދުންނެވެ.

ލުފްތަންސާ އިން ދެކޭގޮތުގައި މި އެއްބަސްވުން ވުޖޫދު ކުރެއްވިއްޖެނަމަ، މިހާރު ދިމާވެފައިވާ އިޤުތިޞާދީ މައްސަލައަށް ބޮޑު ޙައްލެއް ލިބިގެންދާނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.