ކ. މާލެ
|
21 މެއި 2020 | ބުރާސްފަތި 09:06
ވުހާންގެ ރައްޔިތުން ކޮވިޑް-19 އަށް ޓެސްޓް ކުރުމުގެ މަސައްކަތް ކުރިޔަށްދަނީ
ވުހާންގެ ރައްޔިތުން ކޮވިޑް-19 އަށް ޓެސްޓް ކުރުމުގެ މަސައްކަތް ކުރިޔަށްދަނީ
ރޮއިޓަރސް
ކޮވިޑް-19 ޗައިނާގެ ހާލަތު
ޗައިނާގައި ބުދަ ދުވަހު ވައިރަސް ޖެހުނީ 2 މީހުންނަށް، އަލާމާތްތައް ނުފެނި 31 މީހަކަށް ވައިރަސް ޖެހުނު
 
ޗައިނާގައި މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 82,967 ށް އަރާފަ
 
ބުދަ ދުވަހު ވައިރަސް ޖެހުނު 2 މީހުންގެ ތެރެއިން އެކަކީ ޝަންހާއީ އަށް އެތެރެވި މީހެއް

ޗައިނާގައި މެއި މަހުގެ 20 ވަނަ ދުވަހު އަލަށް ވައިރަސް ޖެހިގެން ރިޕޯޓު ކޮށްފައިވަނީ ދެ މީހުން ކަމަށް ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ބުނެފި އެވެ.

އޭގެކުރީ ދުވަހު ވައިރަސް ޖެހިގެން ފަސް މީހުން ރިޕޯޓްކޮށްފައި ވެއެވެ. ބުދަ ދުވަހު ވައިރަސް ޖެހުނު 2 މީހުންގެ ތެރެއިން އެކަކީ ޝަންހާއީ އަށް އެތެރެވި މީހެއް ކަމަށް ކޮމިޝަނުން ބުނެއެވެ.

މީގެއިތުރުން ހަށިގަނޑުގައި އަލާމާތް ހުރިކަން ނޭންގި 31 މީހަކު ވައިރަސް އަށް ޕޮޒިޓިވްވެފައިވާ ކަމަށް ޗައިނާއިން ބުނެ އެވެ. އޭގެކުރީ ދުވަހު މިގޮތަށް ވައިރަސް އަށް ޕޮޒިޓިވް ވެފައިވަނީ 15 މީހުންނެވެ.

ޗައިނާގައި މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 82,967 ށް އަރާފަ އެވެ. އަދި މަރުވި މީހުންގެ އަދަދު ވަނީ 4,634 ށް އަރާފަ އެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް