ހޮނިހިރު 30 މެއި 2020
11 ރޯނު
1441 ޝައްވާލް 07
ފަތިސް 04:34
އިރުއަރާ 05:51
މެންދުރު 12:07
އަސްރު 15:30
އިރުއޮއްސޭ 18:16
އިޝާ 19:33
ކޮވިޑް-19 ޖެހުނު މީހުންގެ އަދަދުތައް

ބުދަ ދުވަހަކީ އެންމެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހުނު ދުވަސް: ޑަބްލިއުއެޗްއޯ

  • ފާއިތުވި 24 ގަޑިއިރު 106,000 ކޭސް ރިޕޯޓުކޮށްފައިވޭ
  • ގައުމުތަކުގެ ސިއްހީ ނިޒާމު ހަރުދަނާކުރުމުގެ މުހިއްމުކަން ޓެޑްރޯސް ފާހަގަކުރެއްވި
  • ތިން ބައިކުޅަ ދެބައި ކޭސް ރިޕޯޓުކޮށްފައިވަނީ ހަތަރު ގައުމަކުން

ކ. މާލެ | 21 މެއި 2020 | ބުރާސްފަތި 04:17 | 6,683

ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޑރ.ޓެޑްރޯސް އަދަނޯމް ގެބްރިއޭސަސް، ބުދަ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި - ސީއެންބީސީ

ފާއިތުވެ ދިޔަ 24 ގަޑިއިރު ލައްކައަކަށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހުނު ކަމަށް ރިޕޯޓުކޮށްފައިވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.

ބުދަ ދުވަހު ޑަބްލިއުއެޗްއޯ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް އަދަނޯމް ގެބްރިއޭސަސް ވިދާޅުވީ ބުދަ ދުވަހަކީ ކޮވިޑް-19 އައުޓްބްރޭކް ފެށުނުފަހުން، މިހާތަނަށް އެންމެ ގިނަ މީހުންނަށް ބަލި ޖެހިގެން ރެކޯޑު ކުރެވުނު ދުވަސް ކަމަށެވެ. އެގޮތުން، ފާއިތުވި 24 ގަޑިއިރު 106,000 (އެއްލައްކަ ހަ ހާސް) މީހުންނަށް ވައިރަސް ޖެހިފައިވާ ކަމަށް ޑަބްލިއުއެޗްއޯއަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ޓެޑްރޯސް ވިދާޅުވީ ބުދަ ދުވަހު ރިޕޯޓު ކުރެވުނު ކޭސްތަކުގެ ތެރެއިން ތިން ބައިކުޅަ ދެބައި ކޭސް ރިޕޯޓުކޮށްފައިވަނީ ހަތަރު ގައުމަކުން ކަމަށެވެ. އެއީ އެމެރިކާ، ރަޝިއާ، ބްރެޒިލް އަދި އިނގިރޭސިވިލާތުންނެވެ.

މީގެ އިތުރުން ޓެޑްރޯސް ވަނީ ދަށް އަދި މެދު ފަންތީގެ ގައުމުތަކުން ކޭސްތައް ރިޕޯޓު ކުރަމުންދާ މިންވަރު އިތުރުވަމުންދާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ކޮވިޑް-19 ޕެންޑެމިކް އިން ގިނަ ފިލާވަޅުތަކެއް ދަސްވަމުންދާކަން ފާހަގަކުރައްވާ އޭނާ ވަނީ ގައުމުތަކުގެ ސިއްހީ ނިޒާމު ހަރުދަނާކުރުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑަބްލިއުއެޗްއޯގެ އިމަރޖެންސީ ޕްްރޮގްރާމްގެ ހެޑް، ޑރ. މައިކް ރަޔަން ވިދާޅުވީ ލޫޕަސް އަދި ރިއުމެޓޮއިޑް އާތަރައިޓިސް ފަދަ ބަލިތައް ފިޔަވާ އެހެން ކަންކަމަށް ހައިޑްރޮކްސިކްލޮރޯކުއިން ބޭނުން ކުރުން ހުއްޓާލަން ޖެހޭކަމަށެވެ.

ހައިޑްރޮކްސިކްލޮރޮކުއިން އަކީ މެލޭރިއާއަށް ފަރުވާދިނުމަށް ބޭނުން ކުރަމުންދާ ބޭހެކެވެ.

ރަޔަން މިހެން ވިދާޅުވެފައިވާއިރު، ކޮވިޑް-19 އިން ރައްކާތެރިވުމަށް ހައިޑްރޮކްސިކްލޮރޮކުއިން ބޭސް ބޭނުން ކުރައްވަމުންގެންދަވާ ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ ހޯމަ ދުވަހު ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.