ބުރާސްފަތި 04 ޖޫން 2020
02 މިއަހެލި
1441 ޝައްވާލް 12
ފަތިސް 04:34
އިރުއަރާ 05:52
މެންދުރު 12:08
އަސްރު 15:31
އިރުއޮއްސޭ 18:17
އިޝާ 19:34
ކޮވިޑް-19: ދުނިޔޭގެ ހާލަތު

ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 5 މިލިއަނަށް، ރަނގަޅުވި މީހުންގެ އަދަދު 2 މިލިއަނަށް!

  • ވައިރަސް ޖެހުނު މީހުންގެ ޖުމުލަ ޢަދަދު ހޯމަ ދުވަހު ވަނީ 5,057,080 ށް އަރާފަ
  • 2,001,343 މީހުން ވަނީ ބަލިން ފަސޭހަވެފަ

ކ. މާލެ | 21 މެއި 2020 | ބުރާސްފަތި 03:01 | 1,467

ކޮވިޑް-19 ޖެހިފައިވާ މީހަކަށް ޑޮކްޓަރުން ފަރުވާ ދެމުން ދަނީ - ބިޒްނަސް އިންސައިޑަރ

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ކޮވިޑް-19ށް މުޅި ދުނިޔެއިން ޕޮޒިޓިވްވީ މީހުންގެ ޢަދަދު 5 މިލިއަނަށް ވުރެ އިތުރުވެއްޖެ އެވެ.

އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން, ވައިރަސް ޖެހުނު މީހުންގެ ޖުމުލަ ޢަދަދު ހޯމަ ދުވަހު ވަނީ 5,057,080 (ފަސް މިލިއަން ފަންސާސް ހަތްހާސް އަށްޑިހަ) ށް އަރާފައެވެ. މި ބަލި ޖެހުނު މީހުންގެ ތެރެއިން 2,001,343 (ދެ މިލިއަން އެއްހާސް ތިންސަތޭކަ ސާޅީސް ތިނެއް) މީހުން ބަލިން ފަސޭހަވެފައި ވާއިރު 328,194 (ތިންލައްކަ އަށާވީސްހާސް އެއްސަތޭކަ ނުވަދިހަ ހަތަރެއް) މީހުން ވަނީ ކޮވިޑް-19 ޖެހިގެން މަރުވެފަ އެވެ.

ދުނިޔޭގެ 218 ޞަރަޙައްދަކުން ވައިރަސް ފެނިފައި ވާއިރު، އެމެރިކާ ފިޔަވައި ދެން އެންމެ ގިނަ ޢަދަދެއްގެ މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައި ވަނީ ޔޫރަޕުގެ ޤައުމު ތަކުންނެވެ.

މިހާތަނަށް އެންމެ ގިނަ ކޭސް ރިޕޯޓުކޮށްފައިވަނީ އެމެރިކާއިންނެވެ. އެމެރިކާއިން ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1,586,716 (އެއް މިލިއަން ފަސްލައްކަ އަށްޑިހަ ހަހާސް ހަތްސަތޭކަ ސޯޅަ) ށް އަރާފައިވާއިރު ރަޝިއާ، ސްޕެއިން، އިޓަލީ، އިނގިރޭސި ވިލާތް އަދި ބްރެޒިލް އަކީ މުޅި ދުނިޔެއިން ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދު ދެލައްކައަކަށްވުރެ އިތުރުވެފައިވާ ޤައުމުތަކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން | ރިވިއު ކުރީ: ރާއްޖެ އެމްވީ

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.