ކ. މާލެ
|
21 މެއި 2020 | ބުރާސްފަތި 02:56
ބޮލީވިއާގެ ހެލްތް މިނިސްޓަރ މަރސެލޯ ނަވާހާ- އެމަނިކުފާނު މިވަގުތު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ލަޕާޒް ސިޓީގައި
ބޮލީވިއާގެ ހެލްތް މިނިސްޓަރ މަރސެލޯ ނަވާހާ- އެމަނިކުފާނު މިވަގުތު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ލަޕާޒް ސިޓީގައި
އޭއެފްޕީ
ބޮލީވިއާގެ ހެލްތް މިނިސްޓަރ ހައްޔަރު ކުރުން
ބޮޑު އަގުގައި ވެންޓިލޭޓަރުތަކެއް ގަތުމާ ގުޅިގެން ބޮލީވިއާގެ ހެލްތް މިނިސްޓަރ ހައްޔަރުކޮށްފި
 
ފެންމަތި ވެފައި ވަނީ ސްޕެއިންގެ ކުންފުންޏަކުން 179 ވެންޓިލޭޓަރު ނުއަގުގައި ގަތް މައްސަލަ
 
ހެލްތް މިނިސްޓްރީގެ އިތުރު 2 އޮފިޝަލަކުވެސް ހައްޔަރު ކޮށްފައިވޭ
 
އޭނާ މިވަގުތު ހުންނެވީ ބޮލީވިއާގެ ލަޕާޒް ސިޓީގައި ފުލުހުންގެ ބެލުމުގެ ދަށުގައި

ކޮރަޕްޝަން ގެ ބޮޑެތި ތުހުމަތުތަކަކާއި ގުޅިގެން ބޮލީވިއާގެ ހެލްތް މިނިސްޓަރ މަރސެލޯ ނަވާހާ ހައްޔަރުކޮށްފިއެވެ.

އެ ޤައުމުގެ ފުލުހުންނާ ޙަވާލާދީ އަލްޖަޒީރާގައި ރިޕޯޓް ކޮށްފައިވާ ގޮތުން މަރސެލޯގެ މައްޗަށް ވަނީ ބޮޑު އަގުގައި ވެންޓިލޭޓަރުތަކެއް ގަތް ކަމުގެ ތުހުމަތު ކުރެވިފައެވެ. އަދި އެ ތުހުމަތުތަކާ ގުޅިގެން އޭނާ ހައްޔަރު ކޮށްފައިވަނީ ކޮރަޕްޝަންގެ މައްސަލަތައް ތަހުޤީޤު ކުރުމަށް ބޮލީވިއާގެ ވަގުތީ ރައީސް ޖެނީން އަޒީޒް ގޮވާލައްވާފައިވާ ދަނޑިވަޅެއްގައެވެ.

އަލްޖަޒީރާގައި ރިޕޯޓް ކޮށްފައިވާ ގޮތުން މަރސެލޯ މިވަގުތު ހުންނެވީ ބޮލީވިއާގެ ލަޕާޒް ސިޓީގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހައްޔަރު ކުރެވިފައެވެ. އަދި މި މައްސަލައާ ގުޅިގެން އެ ޤައުމުގެ ހެލްތް މިނިސްޓްރީގެ އިތުރު 2 އޮފިޝަލަކުވެސް ހައްޔަރު ކޮށްފައިވާކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވެއެވެ.

އެކަމާ ގުޅިގެން ބޭރުގެ ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުން މިނިސްޓްރީން ވަނީ ސްޕެއިންގެ ކުންފުންޏަކުން 179 ވެންޓިލޭޓަރު ނުއަގުގައި ގަނެފައެވެ. އަދި މި ތަކެތީގެ ޖުމުލަ އަދަދު 5 މިލިއަން އެމެރިކާ ޑޮލަރަށް އަރާކަމަށް ބުނެފައިވާއިރު، މި މުއާމަލާތްތަކުގެ ޙަޤީޤީ އަގު އޭގެ ދެގުނައަށް އަރާކަމަށް ރިޕޯޓްތައް ބުނެއެވެ.

މި މުއާމަލާތްތަކާ ގުޅިގެން ހެކިވެރިންގެ ގޮތުން އެކަމަށް ފަންޑު ކުރި އިންޓަރ-އެމެރިކަން ޑިވޮލޮޕްމަންޓް ބޭންކުގެ 2 އޮފިޝަލަކުވެސް ހަމަޖައްސަވާފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި މި މައްސަލަތައް ފެންމަތިވެފައިވަނީ އައިސީޔޫގައި މަސައްކަތް ކުރާ ޑޮކްޓަރުންތަކެއް ވެންޓިލޭޓަރުތަކުގެ ފެންވަރާ ގުޅޭގޮތުން ޝަކުވާ އުފުލާފައިވަނިކޮށެވެ.

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުތަކުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން މިފަދަ ކޮރަޕްޝަންގެ ތުހުމަތުތައް އެކި ޤައުމުތަކުގެ އިސްވެރިންގެ މައްޗަށް ދަނީ ކުރެވެމުންނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
0%
0%
67%
0%
33%
ކޮމެންޓް