ހޮނިހިރު 30 މެއި 2020
11 ރޯނު
1441 ޝައްވާލް 07
ފަތިސް 04:34
އިރުއަރާ 05:51
މެންދުރު 12:07
އަސްރު 15:30
އިރުއޮއްސޭ 18:16
އިޝާ 19:33
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ

ނަތަންޔާހޫގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ދައުވާގެ އަޑުއެހުންތައް އާދިއްތަ ދުވަހު ފަށަނީ

  • މަޤާމުގެ ބޭނުން ހިއްޕަވައި ރިޝްވަތު ދިން ކަމަށް ތުހުމަތު ކުރެވިފައިވޭ
  • އެ ޤައުމުގެ ނޫސް އޭޖެންސީއަކަށް ރިޝްވަތުދިން މައްސަލައެއްވެސް ހިމެނޭ
  • ރިޝްވަތުގެ ކުށުގެ އަދަބެއްގެ ގޮތުގައި ކަނޑައެޅިފައިވަނީ 10 އަހަރުގެ ޖަލު ޙުކުމް

ކ. މާލެ | 21 މެއި 2020 | ބުރާސްފަތި 01:29 | 2,849

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ- އެމަނިކުފާނުގެ މައްޗަށް ކުރާ ދައުވާތަކަށް އިންކާރު ކުރައްވާފައިވޭ، ވިދާޅުވީ އެއީ ސިޔާސީ ދައުވާތަކެއް ކަމަށް - ގޫގުލް

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ދައުވާގެ އަޑުއެހުންތައް އާދިއްތަ ދުވަހު ފެށުމަށް ތައްޔާރުވެއްޖެ އެވެ.

އެކަމާ ގުޅޭގޮތުން ރޮއިޓަރސްގައި ރިޕޯޓް ކޮށްފައިވާ ގޮތުން ފަސްވަނަ ދައުރަކަށް މަޤާމަށް ހޮވިވަޑައިގެން އޮފީހަށް ވަޑައިގަންނަވަން ފެއްޓެވިތާ ހަތްފާއެއް ނުވަނީސް ނަތަންޔާހޫގެ މައްޗަށް ވަނީ ކޮރަޕްޝަނާއި، ޙިޔާނާތާއި، ރިޝްވަތު ދިނުން ފަދަ އިތުރު އެތައް ދައުވާއެއް ކުރެވިފަ އެވެ. ނަމަވެސް ނަތަންޔާހޫ މި ދައުވާތަކަށް އިންކާރު ކުރާއިރު، ދައުވާތަކުގެ ޝަރީއަތުގެ އަޑުއެހުންތައް މިހިނގާ މޭ މަހުގެ 24 ވަނަ ދުވަހު ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް ރޮއިޓަރސްގައި ރިޕޯޓް ކޮށްފައި ވެއެވެ.

ނަތަންޔާހޫގެ މައްޗަށް ކުރެވިފައިވާ ދައުވާ ތަކުގެ ތެރޭގައި އިޒްރޭލުގެ ޓެލެކޮމިއުނިކޭޝަން ކުންފުންޏެއް ކަމަށްވާ "ބެޒެގް ޓެލެކޮމް އިޒްރޭލް" އާއެކު 500 މިލިއަނެއްހާ އެމެރިކާ ޑޮލަރުގެ މުއާމަލާތްތަކެއްގައި މަޤާމުގެ ބޭނުން ހިއްޕަވައި ރިޝްވަތު ދިން ކަމަށް ބުނެ ކޮށްފައިވާ ދައުވާއެއް ހިމެނެ އެވެ.

އޭގެ އިތުރުން، ނަތަންޔާހޫ އާއި އަނބިކަނބަލުންނަށް ހޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރަކާއި، އޮސްޓްރޭލިއާގެ ވިޔަފާރިވެރިއަކު ދެއްވި އަގުބޮޑު ހަދިޔާތަކެއްގެ މައްސަލައެއްވެސް ހިމެނޭއިރު، ނަތަންޔާހޫގެ ޚަބަރުތައް ރަނގަޅަށް ގެނެސްދިނުމަށް އެ ޤައުމުގެ ނޫސް އޭޖެންސީއަކަށް ރިޝްވަތުދިން މައްސަލައެއްވެސް ހިމެނެ އެވެ.

މި ދައުވާތަކާއި ގުޅިގެން ނަތަންޔާހޫ ވިދާޅުވީ، މިއީ ސިޔާސީ ގޮތުން ބަޔަކު ކުރަމުންދާ ދައުވާތަކެއް ކަމަށެވެ. އަދި މިއީ އެމަނިކުފާނު މަޤާމުން ދުރުކުރެއްވުމަށް ބަޔަކު ކުރަމުންދާ މަސައްކަތެއްގެ ގޮތުގައިވެސް ސިފަ ކުރައްވާފައި ވެއެވެ.

އިޒްރޭލުގެ ޤާނޫނު ބުނާގޮތުން، އެ ޤައުމުގައި ރިޝްވަތުގެ ކުށުގެ އަދަބެއްގެ ގޮތުގައި ކަނޑައެޅިފައިވަނީ 10 އަހަރުގެ ޖަލު ޙުކުމެއް ނުވަތަ އެއާ އެއްވަރުގެ ޖޫރިމަނާއެކެވެ. އަދި ޙިޔާނާތުގެ މިފަދަ ކުށްތަކަށްވެސް މަދުވެގެން 3 އަހަރުގެ ޖަލު ޙުކުމެއް އަންނާނެ އެވެ. ނަމަވެސް މި ދައުވާތައް ނަތަންޔާހޫގެ މައްޗަށް ސާބިތުނުވެ، ޝަރީއަތްތައް ގިނަ އަހަރުތަކަކަށް ދިގު ދެމިގެން ދިއުން އެކަށީގެންވާކަމަށް ބައިނަލްއަޤުވާމީ މަޝްރަޙު ދިރާސާ ކުރައްވާ ފަރާތްތަކާ ޙަވާލާދީ ރޮއިޓަރސްގައި ރިޕޯޓް ކޮށްފައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.