ކ. މާލެ
|
20 މެއި 2020 | ބުދަ 19:28
ވެންޓިލޭޓަރު އުފެއްދި ޒުވާނާ، މުހައްމަދު އަދާވީ
ވެންޓިލޭޓަރު އުފެއްދި ޒުވާނާ، މުހައްމަދު އަދާވީ
ޔޫރޯނިއުސް
ކޮވިޑް-19އާ ގުޅޭ އާލަތްތައް ތައްޔާރު ކުރުން
ފަރުވާދޭނެ ވަސީލަތެއް ނެތި މީހުން މަރުވާތީ މިޒުވާނާ ފެށީ ވެންޓިލޭޓަރު ހެދުމުގެ މަސައްކަތް!
 
މިމަސައްކަތައް އެބާރުލުން ލިބުނު ވަރަކަށް އިތުރު ވެންޓިލޭޓަރުތައް ހަދާނެ
 
ގައުމަށް ބޭނުންވަނީ މިފަދަ ހުނަރުވެރި ޒުވާނުން
 
އަވަށުގެ ގިނަ ބަޔަކު ކަންބޮޑުވެގެން ދިޔަ

ތަރައްގީގައި އުދުހޭ ގައުމުތަކެވެ. ހުރިހާ ގޮތަކުން ވެސް އެންމެ ބާރުގަދަ ގައުމަށް ވުމަށް ދައުވާ ކުރާ ކުރާ ގައުމުތައް ވަރަށް ގިނައެވެ. އެއްބަޔަކު އަނެއް ބަޔަކަށް ގޮންޖަހާ ތަފާތު ޓެކްނޮލޮޖީގެ ވަސީލަތައް ވާދަވެރިކަމާއެކު ދަނީ އުފައްދަމުންނެވެ. ނަމަވެސް ކޮވިޑް-19އާއެކު މިގައުމުތައް ވެސް ނިކަމެތިވެއްޖެއެވެ. ބަލީ އެންމެ ފުންމިނަށް ފީނިފައިނުވާއިރު، މިވައިރަސްއަށް ޚާއްސަ ފަރުވާއެއް، ވެކްސިނެއް އުފެއްދިފައެއްނުވެއެވެ.

ވައިރަސް ފެތުރިއްޖެ ކަމުގައި ވާ ނަމަ ކޮންޓްރޯލް ކުރުމަށް މިހާތަނަށް ހުރިހާ ގައުމުތަކަކުން ވަނީ ކުޅެދިފައެވެ. އަދި ޚާއްސަކޮށް ވަސީލަތްތައް މަދު ފަގީރު ގައުމުތައް އުޅޭ ދަތިހާލު މާ ބޮޑެވެ. ނަމަވެސް އެފަދަ ގައުމުތަކުން ވެސް ހިތްވަރު އެލުވާ ނުލާ ކެނޑިނޭޅި ވައިރަސްއާ ދެކޮޅަށް ދަނީ މަސައްކަތް ކުރަމުންނެވެ. ވައިރަސްއާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ބޭނުންވާ ވަސީލަތްތައް ނުލިބުނު ކަމުގައި އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ.

އެގޮތުން އެފެރިކާގެ ފަގީރު އަވަށަކަށް ނިސްބަތްވާ މުހައްމަދު އަދާވީ ވަނީ އޭނާ ދިރިއުޅެމުންދާ އަވަށުގައި ކޮވިޑް-19ށް ފަރުވާ ދެވޭނެ އެއްވެސް ވަސީލަތެއް ނެތުމުން ވެންޓިލޭޓަރުތައް އުފެއްދުމުގެ މަސައްކަތް ފަށާފައެވެ. އޭނާ މިމަސައްކަތް ފެށީ އެއަވަށުގެ މީހަކު ކޮވިޑް-19ށް ޕޮޒިޓިވްވެ ސީރިއަސްވެ ވެންޓިލޭޓަރެއް ނެތުމުން ފަރުވާ ނުލިބި މަރުވުމާ ގުޅިގެންނެވެ.

މިމަރާ ގުޅިގެން އެވަަށުގެ ގިނަ ބަޔަކު ކަން ބޮޑުވި ނަމަވެސް މިޒުވާނާ ހިތްވަރު އެލުވާ ނުލިއެވެ. ވައިރަސްއާ ދެކޮޅަށް މަސައްކަތް ކުރުމުގެ ގޮތުން 21 އަހަރުގެ އާދާވީ ވެންޓިލޭޓަރުގެ ހެދުމުގެ މަސައްކަތް ފަށާ، މިހާރު ވަނީ އެމަސައްކަތް ކާމިޔާބު ކޮށްފައެވެ. ފަސޭހައިން ލިބެން ހުރި އެއްޗެހިތަކެއް ބޭނުން ކޮށްގެން ވެންޓިލޭޓަރު ހަދާފައިވާއިރު، ކުރިއަށް އޮތްތާގައި ވެސް ވެންޓިލޭޓަރުތައް ހަދާނެ ކަމަށް އޭނާ ބުނެފައިވެއެވެ. އަދި މިމަސައްކަތުގައި ބޭނުންވާ އާލާތްތައް ހޯދުމަށް އެހެން މީހުންގެ އެހީތެރިކަމަށް އާދާވީ އެދިފައިވެއެވެ.

15 މިލިއަންގެ އާބާދީ އޮތް ސޯމާލިއާގެ ހެލްތް ސިސްޓަމް އަކީ ވަރަށް ނާޒުކު ފައްތަރެއްގައި އޮތް ސިއްހީ ނިޒާމެކެވެ. އާދާމީގެ މަސައްކަތްތައް ފާހަގަކުރައްވާ ހެލްތް މިނިސްޓަރު ފޫސިއާ ނޫރު ވިދާޅުވީ ގައުމުގެ ކޮވިޑް-19ގެ ހާލަތު ގޯސް ކަމަށާއި، އެހީތެރިކަން އިންތިހާއަށް ބޭނުންވެފައިވާ ކަމަށެވެ.

މިފަދަ ދަނޑިވަޅުގައި މިފަދަ ބޭނުންތެރި އެއްޗެއް އުފެއްދި ކަމަށްޓަކައި ރައީސް ވަނީ ވެންޓިލޭޓަރު އުފެއްދި ޒުވާނާ އަށް ޝުކުރުއަދާ ކުރައްވާފައެވެ. އަދި އާދަވީ ގޮތަށް އިތުރު ޒުވާނުން ވެސް ލިބިފައިވާ ހުނަރުގެ ބޭނުންކޮށް އެހީތެރިކަން ދިނުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

ސޯމާލިއާ އަކީ އެފެރިކާގެ ހިސާބުގައި މިހާރު އެންމެން ބާރަށް ކޮވިޑް-19 ފެތުރެމުންދާ ގައުމެއެވެ. މިވައިރަސް ދެކޮޅަށް ކުރަމުންދާ ހަނގުރާމަގައި މިފަދަ ހުނަރުވެރިންގެ އެހީތެރިކަމަށް ގައުމުތަކުން ދަނީ އެދެމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
35%
45%
0%
5%
0%
15%
ކޮމެންޓް
21 މެއި 2020 | ބުރާސްފަތި 09:32
ހުދަ
އެފްރިކާ ކިޔަނީ ކޮން ގައުމަކަށްތަ؟
20 މެއި 2020 | ބުދަ 19:32
ޝާހް
ވައިރަސް ފެތުރިއްޖެ ކަމުގައި ވާ ނަމަ ކޮންޓްރޯލް ކުރުމަށް މިހާތަނަށް ހުރިހާ ގައުމުތަކަކުން ވަނީ ކުޅެދިފައެވެ.