ކ. މާލެ
|
20 މެއި 2020 | ބުދަ 17:45
މިދިޔަ އަހަރު ކުޅުުނު އެމްއެލްއެސް އޯލް-ސްޓާ މެޗުގެ ތެރެއިން
މިދިޔަ އަހަރު ކުޅުުނު އެމްއެލްއެސް އޯލް-ސްޓާ މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
އެމްއެލްއެސްގެ އިވެންޓުތައް ކެންސަލް ކުރުން
އެމެރިކާގެ މޭޖާ ލީގުން ތިން އިވެންޓެއް ކެންސަލް ކޮށްފި
 
މީގެ ކުރިން ވަނީ މޭޖާ ލީގުގެ ކުޅުން މެދުކަނޑާލާފައި
 
މިއަހަރު ބޭއްވުމަށް ހަމަޖެހިފައި އޮތް އޯލް-ސްޓާ މެޗު، ލީގްސް ކަޕް އަދި ޗެމްޕިއަންސް ކަޕް ވަނީ ކެންސަލް ކޮށްފައި

އެމެރިކާގެ މޭޖާ ލީގު ސޮކާ (އެމްއެލްއެސް) އިން މިއަހަރު ބޭއްވުމަށް ތާވަލުކޮށްފައި އޮތް ތިން އިވެންޓެއް ކެންސަލް ކޮށްފި އެވެ.

އެމްއެލްއެސް އިން ކެންސަލް ކޮށްފައިވަނީ މިއަހަރުގެ އޯލް-ސްޓާ މެޗާއި، ލީގްސް ކަޕްގެ އިތުރުން ޗެމްޕިއަންސް ކަޕެވެ.

އޯލް-ސްޓާ މެޗަކީ ކޮންމެ އަހަރަކުވެސް އެމެރިކާގެ މޭޖާ ލީގުން ހޮވާލެވޭ ޓީމަކާއި ބައިނަލްއަގުވާމީ ޓިމަކާ ދެމެދު ކުޅޭ މެޗެކެވެ. މިދިޔަ އަހަރު މި މެޗުގައި އެމެރިކާގެ މޭޖާ ލީގުން ހޮވާލެވުނު ޓީމާ ދެކޮޅަށް ކުޅެފައިވަނީ ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑެވެ.

މީގެ އިތުރުން އެމްއެލްއެސް އިން އިންތިޒާމުކުރާ ލީގްސް ކަޕަކީ އެމެރިކާގެ މޭޖާ ލީގުގެ ކްލަބުތަކާއި މެކްސިކޯ ލީގުގެ ކްލަބުތަކާ ދެމެދު އުތުރު އެމެރިކާގައި ބާއްވާ ފުޓްބޯޅަ މުބާރާތެކެވެ. އަދި ޗެމްޕިއަންސް ކަޕަކީ އެމެރިކާގެ މޭޖާ ލީގުގެ ޗެމްޕިއަން ޓީމާއި މެކްސިކޯ ލީގުގެ ޗެމްޕިއަން ޓީމުގެ މެދުގައި ކުޅެވޭ މުބާރާތެކެވެ.

މި ތިން އިވެންޓް ކެންސަލް ކުރަން އެމްއެލްއެސް އިން ނިންމީ ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން މި އިވެންޓުތައް މިއަހަރު ކުރިއަށް ގެންދެވޭނެ ފުރުސަތެއް ނެތުމުންނެވެ. އެމްއެލްއެސް އިން ބުނީ މިއަހަރުގެ އިވެންޓުތައް ކެންސަލް ކުރި ނަމަވެސް، އަންނަ އަހަރު މި އިވެންޓުތައް ބާއްވާނެ ކަމަށެވެ.

މީގެ ކުރިން ކޮވިޑް-19 އާ ގުޅިގެން މާޗު މަހުގެ އަށްވަނަ ދުވަހުން ފެށިގެން އެމެރިކާގެ މޭޖާ ލީގުގެ ކުޅުން ވަނީ މެދުކަނޑާލާފައެވެ. އެމެރިކާގެ މޭޖާ ލީގު އަލުން ފަށާނެ ތާރިޚެއް އަދި ކަނޑައަޅާފައިނުވި ނަމަވެސް، ކުޅުންތެރިން އެކަނި ތަމްރީނުކުރުމުގެ ފުރުސަތު ކްލަބުތަކުން މިހާރު ވަނީ ހުޅުވާލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް