ކ. މާލެ
|
20 މެއި 2020 | ބުދަ 16:34
އަންގާރަ ދުވަހު ޗެލްސީން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގައި ޒުވާން ފޯވާޑް ކަލުމް ހަޑްސަން-އޮޑޯއި ބައިވެރިވަނިކޮށް
އަންގާރަ ދުވަހު ޗެލްސީން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގައި ޒުވާން ފޯވާޑް ކަލުމް ހަޑްސަން-އޮޑޯއި ބައިވެރިވަނިކޮށް
ގެޓީ އިމޭޖަސް
ހަޑްސަން-އޮޑޯއި ފަރިތަކުރުންތަކުގައި ބައިވެރިވުން
ކަފާލާތުގެ ދަށުން މިނިވަންވެ ޗެލްސީގެ ހަޑްސަން-އޮޑޯއި ފަރިތަކުރުންތަކަށް
 
އޭނާ ކަފާލާތުގެ ދަށުން މިނިވަންވީ ޖޫން މަހުގެ މެދާއި ހަމައަށް
 
އާދީއްތަ ދުވަހު ހަޑްސަން-އޮޑޯއި ވަނީ ރޭޕް ކުރިކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި

ރޭޕް ކުރިކަމުގެ ތުހުމަތުގައި އާދީއްތަ ދުވަހު ހައްޔަރު ކުރި ޗެލްސީގެ ޒުވާން ފޯވަރޑް ކަލުމް ހަޑްސަން-އޮޑޯއި ކަފާލާތުގެ ދަށުން މިނިވަންވެ، ޗެލްސީގެ ފަރިތަކުރުންތަކުގައި ބައިވެރިވެއްޖެ އެވެ.

އުމުރުން 19 އަހަރުގެ އިންގްލެންޑުގެ ފޯވަރޑް އާދީއްތަ ދުވަހު ހައްޔަރު ކުރީ އަންހެނަކު ރޭޕް ކުރި ކަމުގެ ތުހުމަތުގައެވެ. ރިޕޯޓުތައް ބުނާ ގޮތުން ހަޑްސަން-އޮޑޯއި ހައްޔަރު ކުރި ގެއިން އަންހެނަކު ވަނީ އެމްބިއުލާންސް ގައި ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

އެކަމަކު އާދީއްތަ ދުވަހު ކަފާލާތުގެ ދަށުން ހަޑްސަން-އޮޑޯއި ވަނީ މިނިވަން ވެފައެވެ. އެގޮތުން ޖޫން މަހުގެ މެދާއި ހަމައަށް ހަޑްސަން-އޮޑޯއި މިނިވަންވީ އިރު، ފުލުހުން މިހާރު އަންނަނީ އެ މައްސަލަ ބަލަމުންނެވެ. މިކަމާ ގުޅޭ ގޮތުން ޗެލްސީ އާއި ހަޑްސަން-އޮޑޯއި ވެސް މީޑިއާގައި އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ކަފާލާތުގެ ދަށުން މިނިވަންވެ ޗެލްސީގެ ފަރިތަކުރުންތަކުގައި އަންގާރަ ދުވަހު ހަޑްސަން-އޮޑޯއި ބައިވެރިވީ ނޮވެލް ކޮރޯނާވައިރަސް (ކޮވިޑް-19) ށް ޓެސްޓު ހެދުމަށްފަހު ނެގެޓިވް ވުމުންނެވެ. އަންގާރަ ދުވަހުން ފެށިގެން ޕްރިމިއަރ ލީގުގެ ކްލަބުތަކަށް ވަނީ ކުދި ގްރޫޕުތައް ހިމެނޭ ގޮތަށް ފަރިތަކުރަން ހުއްދަ ދީފައެވެ.

މީގެ ކުރިން މަރޗު މަހުގެ 13 ވަނަ ދުވަހު ހަޑްސަން-އޮޑޯއި ވަނީ ކޮވިޑް-19 ށް ޕޮޒިޓިވް ވެފައެވެ. އެކަމަކު މރޗު މަހުގެ ފަހުކޮޅު އޭނާ ވަނީ ވައިރަހުން ރަނގަޅުވެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް