ކ. މާލެ
|
20 މެއި 2020 | ބުދަ 15:42
ވަޓްފޯޑުގެ ދަނޑު ބޭރުން: ވަޓްފޯޑުން ތިން މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިި
ވަޓްފޯޑުގެ ދަނޑު ބޭރުން: ވަޓްފޯޑުން ތިން މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިި
ގެޓީ އިމޭޖަސް
ޕްރިމިއާ ލީގުގެ ކުޅުންތެރިން ޕޮޒިޓިވްވުން
ވަޓްފޯޑުގެ ކުޅުންތެރިއަކާއި ބާންލީގެ އެސިސްޓަންޓް ކޯޗު ޕޮޒިޓިވް
 
ވަޓްފޯޑުގެ ކުޅުންތެރިއެއްގެ އިތުރުން އެ ކްލަބުގެ ދެ މުވައްޒަފުން ވަނީ ޕޮޒިޓިވް ވެފައި
 
ޕްރިމިއާ ލީގުގެ ތިން ކްލަބަކުން ހަ މީހަކު ވަނީ ޕޮޒިޓިވް ވެފައި

އިނގިރޭސި ޕްރިމިއާ ލީގުން ކޮރޯނާވައިރަސް (ކޮވިޑް-19) ށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ވަޓްފޯޑުގެ ކުޅުންތެރިއެއްގެ އިތުރުން ބާންލީގެ އެސިސްޓަންޓް ކޯޗު އިއަން ވޯން ހިމެނިއްޖެ އެވެ.

ޕްރިމިއާ ލީގު އަލުން ފަށަން ތައްޔާރުވަމުން އަންނައިރު، އާދީއްތަ ދުވަހާއި ހޯމަ ދުވަހު ވަނީ ގިނަ ކްލަބުތަކެއްގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ކޮވިޑް-19 ށް ޓެސްޓު ކޮށްފައެވެ.

އެގޮތުން މި ދެ ދުވަހު 748 މީހަކު ޓެސްޓު ކުރިއިރު، ތިން ކްލަބަކުން ހަ މީހަކު ވައިރަހަށް ޕޮޒިޓިވް ވެފައިވާ ކަމަށް ޕްރިމިއާ ލީގުން ވަނީ ހާމަކޮށްފައެވެ.

އަންގާރަ ދުވަހުގެ ވަގުތެއްގައި ވަޓްފޯޑުން ވަނީ އެ ކްލަބުގެ ކުޅުންތެރިއެއްގެ އިތުރުން ދެ މުވައްޒަފަކު ވައިރަހަށް ޕޮޒިޓިވް ވިކަން ހާމަކޮށްފައެވެ. އެ ތިން މީހުންގެ ނަން ވަޓްފޯޑުން ހާމަކޮށްފައި ނުވި ނަމަވެސް، އެ ކްލަބުން ބުނީ އެ ތިން މީހުންގެ ހާލު ރަނގަޅު ކަމަށާއި، އެ ތިން މީހުންވެސް މިހާރު 7 ދުވަހުގެ އައިސޮލޭޝަނަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އަންގާރަ ދުވަހު ބާންލީން ނެރުނު ބަޔާނެއްގައި ވަނީ އެ ކްލަބުގެ އެސިސްޓަންޓް ކޯޗު އިއަން ވޯން ވައިރަހަށް ޕޮޒިޓިވް ވިކަން ހާމަކޮށްފައެވެ. އެ ކްލަބުން ބުނީ އިއަން ވޯން ވައިރަހަށް ޕޮޒިޓިވްވި ނަމަވެސް، އޭނާގެ ހަށިގަނޑުން އަދި އެއްވެސް އަލާމާތެއް ފެނިފައިނުވާ ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށް ވެސް ވަނީ ބުނެފައެވެ.

ޕްރިމިއާ ލީގުން ހަ މީހަކު ކޮވިޑް-19 ށް ޕޮޒިޓިވްވި ނަމަވެސް، އަންގާރަ ދުވަހު ކްލަބުތަކުން ވަނީ ކުދި ގްރޫޕްތައް ހިމެނޭ ގޮތަށް ފަރިތަކުރުންތައް ފަށާފައެވެ.

އެކަމަކު ރައްކާތެރިކަމުގެ ގޮތުން ފަރިތަކުރުންތައް ކުރިއަށް ގެންދެވެނީ ހަރުކަށި ފިޔަވަޅުތަކަކާއި އެކުއެވެ. އެގޮތުން ކުދި ގްރޫޕްތައް ހިމެނޭ ގޮތަށް ފަރިތަކުރުންތައް ކުރިއަށް ގެންދަން ޖެހޭއިރު، ޓެކުލް ކުރުމާއި ކުޅުންތެރިން ކޮންޓެކްޓްވުން ވަނީ މަނާ ކޮށްފަ އެވެ.

ކުޅުންތެރިން ކޮންޓެކްޓް ވެވޭ ގޮތަށް ފަރިތަކުރުން ކުރިއަށް ގެންދަން ފުރުސަތު ދޭން ނިންމާފައިވަނީ އަދި ހަފްތާއެއްހާ ދުވަސް ފަހުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޕްރިމިއާ ލީގުގެ މެޗުތައް ސަޕޯޓަރުން ނުވައްދާ ކުޅޭ ގޮތަށް ޖޫން މަހުގެ 12 ވަނަ ދުވަހު ފަށަން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ލީގު ކުރިއަށް ގެންދިޔުމަށް ހުރިހާ ކްލަބުތަކުން މިހާރު ވަނީ އެއްބަސްވެފަ އެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް