ކ. މާލެ
|
20 މެއި 2020 | ބުދަ 13:56
ސްޓިކީ ޗިލީ ޖިންޖަރ ރޯސްޓް ޗިކަން
ސްޓިކީ ޗިލީ ޖިންޖަރ ރޯސްޓް ޗިކަން
މަރިއޮންސް ކިޗެން.ކޮމް
ރޯދަ ބަދިގެ 1441
ސްޓިކީ ޗިލީ ޖިންޖަރ ރޯސްޓް ޗިކަން
 
ކުކުޅުގެ ބާވަތްތައް ކަމުދާ ފަރާތްތަކަށް މިވަރެއް ނެތް

ބޭނުންވާ ތަކެތި

  • 1 ކުކުޅު (ނުކޮށައި)
  • 3 މިރުސް (ތޮޅި ރަތްކުލައިގެ)
  • 2 އިންޗި އިނގުރު
  • 3 ލޮނުމެދެ
  • 3 ޕިކެލްސް ގާލިކް
  • ½ ޖޯޑު ބްރައުން ޝުގަރ
  • 1 ސަމުސާ ވައިޓް ޕެޕަރ
  • 1 ސަމުސާ ވިނިގަރ
  • 3 ސަމުސާ ސޯޔާސޯސް
  • 1 ސަމުސާ ލޮނު
  • 1 ސަމުސާ އޮނިއަން ޕެޕަރ

ތައްޔާރުކުރާނެ ގޮތް

ފުރަތަމަ މިރުސް، އިނގުރު، ލޮނުމެދު، ބްރައުން ޝުގަރ، ވައިޓް ޕެޕަރަ، އޮނިއަން ޕެޕަރ، ވިނިގަރ، ސޯޔާސޯސް، ލޮނު އަޅައިގެން މިކްސަރުން ފުނޑާލާށެވެ. ދެން ޓްރޭއެގައި ކުޅުކުޅު ބޭއްވުމަށް ފަހު، ފުނޑި ސޯސްގެ އެއްބައި ކުކުޅުގައި ހާކާލާށެވެ. ކުކުޅުގެ ތެރެއަށް 4 އިންޗި ހުންނަވަރުގެ އިނގުރު ގަނޑެއްލުމަށް ފަހު ދެ ފައި އައްސާލާށެވެ.

އެއަށްފަހު ޓްރޭގެ ހަތަރު ފަރާތުގައި ލުނބޯ ފަޅިކޮށްފައި، ބާއްވާށެވެ. ދެން އަވަނުގައި 30 މިނެޓް ވަންދެން ފިހެލާށެވެ. ބާކީ ހުރި ސޯސް އުނދުން މަތީގައި ކައްކާލާށެވެ. 30 މިނެޓްވުމުން ކުކުޅު ނަގާފައި ފިއްސަކުން ބާކީ ހުރި ސޯސް ހާކާލާށެވެ. ދެން އަނެއްކާވެސް 30 މިނިޓެ ވަންދެން ކުކުޅު ފިހެލާށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް