ކ. މާލެ
|
20 މެއި 2020 | ބުދަ 12:55
ސްޕައިސީ ގާލިކް ޕްރޯން ސްޕެގެޓީ
ސްޕައިސީ ގާލިކް ޕްރޯން ސްޕެގެޓީ
މަރިއޮންސް ކިޗެން.ކޮމް
ރޯދަ ބަދިގެ 1441
ސްޕައިސީ ގާލިކް ޕްރޯން ސްޕެގެޓީ
 
ބޭނުންނަމަ ގިތެޔޮ މިރުސްވެސް އެޅިދާނެ

ބޭނުންވާ ތަކެތި‪:‬‬‬‬‬‬‬‬‬‬

  • 3 ލޮނުމެދު (ކުދިކޮށް ކޮށާފައި)
  • 1 ޖޯޑު ޕްރޯންސް
  • ސްޕްރިންގ އޮނިއަން
  • އިނގުރު( ކުޑަ އެތިކޮޅެއް ހިމުންކޮށް ކޮށާފައި)
  • 2 ސަމުސާ ތެޔޮ
  • 2 ސަމުސާ ސެސިމީ އޮއިލް
  • 2 ސަމުސާ ސޯޔާ ސޯސް
  • 2 ސަމުސާ އޮއިސްޓަރ ސޯސް
  • 2 ސަމުސާ ޗިލީ ފްލޭކްސް
  • 1 ބޯތަށީގެ ސްޕެގެޓީ
  • ލޮނު (ރަހަލާވަރަށް)
  • ބައި ސަމުސާ އަސޭމިރުސް

ތައްޔާރުކުރާނެ ގޮތް

ސްޕްރިންގ އޮނިއަން އާއި، އިނގުރާއި ލޮނު ބޯތައްޓަކަށް އެޅުމަށްފައި ޗަސްކޮށްލާށެއެވެ. ދެން 2 ސަމުސާ ސެސިމީ އޮއިލް އާއި އާދައިގެ 2 ސަމުސާ ތެޔޮ އެއްކޮށްގެން ހޫނު ކުރުމަށް ފަހު ސްޕްރިންގ އޮނިއަން ތެރެއަށް އަޅާފައި ބަހައްޓާށެވެ.

އެއަށްފަހު ތަވައެއްގެ ތެރެއަށް ތެޔޮ އެޅުމަށް ފަހު، ލޮނުމެދާއި، ޕްރޯންސްއާއި، ޗިލީ ފްލޭކްސް، ސޯޔާސޯސް، އޮއިސްޓަރ ސޯސް، ލޮނު، އަސޭމިރުސް އަޅައިގެން 'ފްރައި' ކޮށްލާށެވެ. ޕްރޯންސްތައް ރޯފިލުމުން، ސްޕެގެޓީ އަޅާލާށެވެ. ސްޕެގެޓީ ފެނު ކައްކާނީ ތެލާއި ލޮނު އަޅައިގެންނެވެ.

ހުރިހާ އެއްޗެއް ރަނގަޅަށް އެއްކުރުމަށް ފަހު، އޭގެ މައްޗަށް ކުރިން ތައްޔާރުކުރި ސްޕްރިންގ އޮނިއަން އަޅާލާށެއެވެ. މިހާރު މިހިރީ ތައްޔާރުކުރެވިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
100%
0%
ކޮމެންޓް