ހޯމަ 21 ސެޕްޓެންބަރ 2020
01 އަތަ
1442 ސަފަރު 03
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:06
އިރުއޮއްސޭ 18:05
އިޝާ 19:16
ރޯދަ ބަދިގެ 1441

ޕާސްތާ ޗިކަން ސެލެޑް

 • މި ސެލެޑަކީ ތައްޔާރު ކޮށްލަން ފަސޭހަ މީރު ސެލެޑެއް!

ކ. މާލެ | 20 މެއި 2020 | ބުދަ 12:52 | 2,398

ޕާސްތާ ޗިކަން ސެލެޑް، ޓޭސްޓް - ގޫގުލް

ޕާސްތާއަކީ ވަރަށް ގިނަ ދިވެހިންގެ ތެރޭގައި މަގުބޫލު ޑިޝް އެކެވެ. މިސެލެޑަށް ޕާސްތާ ބޭނުންކުރުމުން ޑިޝް އިތުރަށް ފުރިހަމަ ވެގެން ދެއެވެ. ކެއުމެއް ތައްޔާރު ކުރާއިރު ސެލެޑެއް ހިމަނާލުމުން އެ ކެއުމެއް އިތުރަށް ފުރިހަމަ ވެގެން ދެއެވެ. އަދި މި ސެލެޑު އެންމެ މީރުވާނީ ތައްޔާރު ކުރާތާ އެއް ދުވަސް ފަހުންނެވެ.

ބޭނުން ވާނެ ތަކެތި:

 • 400 ގުރާމް ޕާސްތާ (ޗަސްނުވާ ވަރަށް ކައްކާފައި)
 • 3 ޖޯޑު ޗެރީ ޓޮމާޓޯ (4 ބަޔަށް ކޮށާފައި)
 • 1 ޖޯޑު މޮޒަރެއްލާ ޗީޒް (ގާނާފައި)
 • 400 ގުރާމް ކުކުޅު ނުވަތަ ސޮސެޖު
 • ބައި ޖޯޑު އޮލިވްސް
 • 1 ބޮޑު ފިޔާ
 • ބައި ޖޯޑު ޕާރސްލީ ފަތް
 • 1/3 ރީނދޫ ބޮޑު މިރުސް
 • 1/3 ރަތް ބޮޑު މިރުސް
 • ބައި ޖޯޑު ޒައިތޫނި ތެޔޮ
 • 1/4 ޖޯޑު ވިނެގަރ
 • 1/4 ޖޯޑު ފެން
 • 1 ސަމްސާ ލޮނު
 • 3 ލޮނުމެދު
 • 1 ސަމްސާ ހަކުރު
 • 2 ސައިސަމްސާ އޮރިގާނޯ އާބްސް
 • 2 ސައިސަމްސާ ހިކި ބޭސިލް
 • 1 ސަމްސާ އަސޭމިރުސް

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ކުކުޅުކޮޅު ނޫނީ ސޮސެޖު ކުދިކޮށް ކޮށާލާފައި ތެލުލާށެވެ.

ދެން ތަރުކާރީ ކޮޅު ތުނިކޮށް، ދިގަށް ނުވަތަ "ޖޫލިއެންކޮށް" ކޮށާލާށެވެ.

ހުރިހާ އެއްޗެއް ބޮޑު ތައްޓަކަށް އަޅާފައި، ރަނގަޅަށް އެއްވަންދެން ހާވާލާށެވެ.

އެންމެ ފަހު ކަމަކަށް ބައި ލުނބޯގެ ހުތްކޮޅު ސެލެޑުގެ މައްޗަށް ފިތާލާށެވެ. މި ޑިޝް މިހާރު މިހިރީ ތައްޔާރު ވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.