ކ. މާލެ
|
20 މެއި 2020 | ބުދަ 12:36
ފްލަފީ ނަޓެއްލާ ބްރެޑް، ސެއިންބަރީސް ރެސިޕީ
ފްލަފީ ނަޓެއްލާ ބްރެޑް، ސެއިންބަރީސް ރެސިޕީ
ގޫގުލް
ރޯދަ ބަދިގެ 1441
ފްލަފީ ނަޓެއްލާ ބްރެޑް
 
ނަޓެއްލާގެ ބަދަލުގައި ކުރަމްޕީ ވެސް ބޭނުން ކުރެވޭނެއެވެ.
 
މިއީ ގޭގައި ހުރި، ނޫނީ ފަސޭހައިން ހޯދޭނެ ތަކެތިން ތައްޔާރު ކޮށްލެވޭނެ، މީރު ޕާނެއް!

މިއީ ގޭގައި ހުރި، އަދި ފަސޭހައިން ހޯދޭނެ ތަކެތިން ތައްޔާރު ކޮށްލެވޭނެ، މީރު ޕާނެކެވެ. މި ޕާން ފިހެލަން ނަޓެއްލާގެ ބަދަލުގައި ކުރަމްޕީ ނޫނީ ކޮންމެ ކަހަލަ ޗޮކްލެޓް ސްޕްރެޑެއް ވެސް ބޭނުން ކުރެވޭނެއެވެ.

ބޭނުން ވާނެ ތަކެތި:

  • ބައި ޖޯޑު ހޫނު ދިޔާ ކިރު (ފުލް ކްރީމް)
  • 1 ސައި ސަމުސާ ހަކުރު
  • 2 ސައި ސަމުސާ ޔީސްޓު
  • 1 ބިސް
  • 1 ޖޯޑު ފުށް
  • 1 އަދި ބައި ސައި ސަމުސާ ބޭކިންގ ޕައުޑަރ
  • 1 އަދި ބައި ސައި ސަމުސާ ލޮނު
  • 100 ގުރާމް އާދައިގެ، ޕްލެއިން ޔޯގަޓު
  • ބައި ޖޯޑު ނަޓެއްލާ

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ފުށްގަނޑު ތައްޔާރު ކޮށްލަން ތައްޓެގައި ކިރު، ޔީސްޓް އަދި ހަކުރު އެއްކޮށްލާފައި 15 މިނެޓް ބަހައްޓާލާށެވެ. އެއަށްފަހު ވަކިން ތައްޓެއްގައި ބިހާއި ޔޯގަޓު އެއްކޮށްލާށެވެ.

ޔީސްޓު އަޅާފައި ހުރި ތަށިން ފޮނުއަރަން ފެށުމުން (އެކްޓިވޭޓް ވުމުން) ޔޯގަޓާއި ބިސް އެއްކޮށްލާފައި ރަނގަޅަށް ގިރާލާށެވެ.

ވަކިން ތައްޓެއްގައި ފުށް، ލޮނު އަދި ބޭކިންގ ޕައުޑަރު އެއްކޮށްފައި، އެއަށް ކުރިން ގިރި މިކްސްޗަރު އަޅާފައި އެއްކޮށްލާށެވެ.

އެއްކޮށް ނިމޭއިރު ފުށްގަނޑު ކުޑަކޮށް ތަތްލަވާނެ އެވެ.

ދެން ވަރަށް މަދުން ފުށްކޮޅެއް އަޅާފައި ރަނގަޅަށް 'ސްމޫތް' ވަންދެން މޮޑެލާށެވެ.

އެއަށްފަހު ފުށްގަނޑު 1 ގަޑި އިރު ވަންދެން ބަހައްޓާލާށެވެ. ތަށީގެ މަތި ރަނގަޅަށް ފޮތިކޮޅަކުން ނިވާ ކޮށްލާށެވެ.

ފުށްގަނޑު ޕްރޫޕްވާފަހުން ދެބަޔަށް ބަހާލާފައި ވަކިން ދަމާލާށެވެ.

ދެން ވަރަށް ތުނިކޮށް ނަޓެއްލާ ހާކާފައި (ކައިރިފަށުން އިންޗިއެއްހާ ތަން ދޫކޮށްފައި) ފުށްގަނޑު އޮޅާލާށެވެ.

ދެން ދެފަޅިއަށް ކަފާލާފައި ފުށްގަނޑުގެ ދެބައި ގަތާލާށެވެ.

އެއަށްފަހު 45 މިނެޓް ވަންދެން ނިވާކޮށްފައި ބަހައްޓާށެވެ.

ދެން ތެޔޮކޮޅެއް ލާފައި ހުރި ޓްރޭއެއްގައި 20 - 25 މިނެޓު ފިހެލާށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
100%
0%
0%
0%
0%
ކޮމެންޓް