ބުރާސްފަތި 04 ޖޫން 2020
02 މިއަހެލި
1441 ޝައްވާލް 12
ފަތިސް 04:34
އިރުއަރާ 05:52
މެންދުރު 12:08
އަސްރު 15:31
އިރުއޮއްސޭ 18:17
އިޝާ 19:34
ފަރްހާން އަޙްތަރު

މުމްބާއިގެ ކަމާ ހޮސްޕިޓަލަށް ފަރްހާން ޕީޕީއި ކިޓް ހަދިޔާ ކޮށްފި

  • ޕީޕީއީ ހަދިޔާކުރި އަދަދެއް ހާމަކޮށްފައެއް ނުވޭ
  • ފަރްހާން މުމްބައި ފުލުހަށްވެސް 1000 ޕީޕީއީ ކިޓް ހަދިޔާކޮށްފައިވޭ

ކ. މާލެ | 20 މެއި 2020 | ބުދަ 06:25 | 830

ފަރްހާން އަޙްތަރު - ގޫގުލް

މުމްބާއީގެ ކަމާ ހޮސްޕިޓަލަށް ބޮލީވުޑްގެ ތަރި ފަރްހާން އަޚްތަރު ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓް (ޕީޕީއީ) ހަދިޔާކޮށްފި އެވެ.

ފަރްހާން މިކަން ހާމަކޮށްފައި ވަނީ އޭނާގެ ޓްވިޓަރގަ އެވެ. ހަދިޔާކުރި ޕީޕީއީ ކިޓްގެ އަދަދު ހާމަ ނުކުރި ނަމަވެސް މި ޓްވީޓްގައި ޕީޕީއީ ހަދިޔާކުރުމަށް އެހީތެރިވި ފަރާތްތަކަށް ވަނީ ޝުކުރު އަދާކޮށްފަ އެވެ.

މީގެ ދުވަސްކޮޅެއް ކުރިން މުމްބާއީގެ ފުލުހުންނަށް ވެސް ފަރްހާން ވަނީ 1000 ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓް (ޕީޕީއީ) ހަދިޔާކޮށްފަ އެވެ. މި ޕީޕީއީ ތައް ހަދިޔާކޮށް ފަރްހާން ވަނީ އެހެން މީހުންވެސް މިފަދަ އެހީތައް ކުރުމަށް ގޮވާލާފަ އެވެ.

ފަރްހާންގެ ފިލްމީ ދާއިރާގެ މަސައްކަތްތަކަށް ބަލާލާއިރު އޭނާ ދެން އެންމެ އަވަހަށް ފެންނާނީ އޯމް ޕްރަކާޝްގެ ފިލްމު ''ޓޫފާން'' އިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.