ބުރާސްފަތި 04 ޖޫން 2020
02 މިއަހެލި
1441 ޝައްވާލް 12
ފަތިސް 04:34
އިރުއަރާ 05:52
މެންދުރު 12:08
އަސްރު 15:31
އިރުއޮއްސޭ 18:17
އިޝާ 19:34
ސިޓީ ސަސްޕެންޑް ކުރި މައްސަލަ

ސިޓީ ސަސްޕެންޑް ކުރި މައްސަލައިގެ އަޑުއެހުން ޖޫން މަހަށް ތާވަލުކޮށްފި

  • ޔުއެފާއިން ވަނީ ކުރިއަށް އޮތް ދެ ސީޒަނަށް ޔޫރަޕްގެ މުބާރާތްތަކުން ސިޓީ ސަސްޕެންޑް ކޮށްފައި
  • އަދި ވަނީ އެ ކްލަބު 30 މިލިއަން ޔޫރޯ އިން ޖޫރިމަނާވެސް ކޮށްފައި
  • ޖޫން 8-10 ށް ސިޓީގެ އިސްތިއުނާފް މައްސަލަ ސީއޭއެސް ގައި ވަނީ ތާވަލުކޮށްފައި

ކ. މާލެ | 20 މެއި 2020 | ބުދަ 01:39 | 2,002

މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ: ސިޓީ ވަނީ ކުރިއަށް އޮތް ދެ ސީޒަނަށް ޔޫރަޕްގެ މުބާރާތްތަކުން ސަސްޕެންޑް ކޮށްފައި - ގެޓީ އިމޭޖާސް

މެންޗެސްޓާ ސިޓީ ސަސްޕެންޑް ކުރި މައްސަލަ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) ގައި ޖޫން 8-10 ށް ތާވަލުކޮށްފި އެވެ.

މިދިޔަ ފެބްރުއަރީ މަހު ޔުއެފާ އިން ވަނީ ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ) ގަވާއިދާ ސިޓީން ޚިލާފުވެފައިވާތީ އެ ކްލަބު ޔޫރަޕްގެ މުބާރާތްތަކުން ސަސްޕެންޑް ކުރަން ނިންމާފައެވެ. ޔުއެފާ އިން ކުރިއަށް އޮތް ދެ ސީޒަނަށް ސިޓީ ސަސްޕެންޑް ކުރުމުން، 2020/2021 އަދި 2021/2022 ވަނަ އަހަރުގެ ސީޒަނުގެ ޔޫރަޕް މުބާރާތްތަކުގައި އެޓީމަށް ނުކުޅެވޭނެ އެވެ. މީގެ އިތުރުން ޔުއެފާ އިން ވަނީ އެޓީމު 30 މިލިއަން ޔޫރޯ އިން ޖޫރިމަނާވެސް ކޮށްފައެވެ.

އެއާއެކު ސިޓީން ވަނީ މި މައްސަލަ ސީއޭއެސް ގައި އިސްތިއުނާފު ކޮށްފައެވެ. ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން މި މައްސަލައިގެ އަޑުއެހުން ބޭއްވުން ލަސްވާނެ ކަމަށް ބެލެވުނު ނަމަވެސް، ސީއޭއެސް އިން މިހާރު ވަނީ މި މައްސަލައިގެ އަޑުއެހުން ޖޫން މަހުގެ 8-10 ށް ތާވަލުކޮށްފައެވެ.

ޔުއެފާ އިން ސިޓީ ސަސްޕެންޑް ކުރި ނަމަވެސް، ސިޓީން ވަނީ އެއްވެސް ގޯހެއް ހަދާފައިނުވާނެ ކަމަށް ތަކުރާރުކޮށް ބުނަމުންނެވެ. އަދި އެ ޓީމަށް ދީފައިވާ އަދަބަކީ އިންސާފުވެރިކޮށް ކޮށްފައިވާ ކަމެއް ނޫން ކަމަށް އެ ޓީމުން ބުނެ އެވެ.

ސިޓީގެ މި މައްސަލައިގައި ޔުއެފާ އިން އަދަބު ދިންއިރު، އިނގިރޭސި އެފްއޭ އިންވެސް އަންނަނީ މި މައްސަލަ ބަލަމުންނެވެ. އަދި އެފްއޭ އިން ކުރާ ތަހުގީގު ސިޓީގެ މައްޗަށް ސާބިތުވެއްޖެނަމަ، އެ ކްލަބުގެ އަތުން 2014 ވަނަ އަހަރުގެ ލީގު ތަށި ނެގުމުގެ ފުރުސަތު އެބައޮތް ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން | ރިވިއު ކުރީ: ހުސައިން ފަރިޔާޒް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.